ބެންގަލޯގެ ކެޕްޓަންކަން ވިރާތު ކޯލީ ދޫކޮށްލަނީ

Sep 20, 2021, 11:29 AM
ބެންގަލޯގެ ކެޕްޓަންކަން ވިރާތު ކޯލީ ދޫކޮށްލަނީ

ބެންގަލޫރު (20 ސެޕްޓެމްބަރު) - މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ސީޒަނަށް ފަހު، ރޯޔަލް ޗެލެންޖާސް ބެންގަލޯގެ (އާރްސީބީ)ގެ ކެޕްޓަންކަމުން ވަކިވާނެ ކަމަށް މަޝްހޫރު ބެޓްސްމަން ވިރާތު ކޯލީ ބުނެފި އެވެ.

އާރްސީބީގެ ކެޕްޓަންކަމުން ވަކިވާން ވިރާތު ނިންމިއިރު، އޭނާ ވަނީ މީގެ އިންޑިއާގެ ޓީ20 ޓީމުގެ ކެޕްޓަންކަމުން ވެސް ވަކިވާނެ ކަމަށް ބުނެފަ އެވެ. އިންޑިއާގެ ޓީ20 ކެޕްޓަންކަމުން ކޯލީ ވަކިވާނީ އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޓީ20 ވޯލްޑް ކަޕަށް ފަހު އެވެ.

Advertisement

އާރްސީބީގެ ކެޕްޓަންކަމުން ވިރާތު ވަކިވާނީ މިހާރު ކުރިއަށްދާ އައިޕީއެލްގެ ސީޒަން ނިމުމުންނެވެ. އައިޕީއެލް އަލުން ފެށީ އާދިއްތަ ދުވަހު އެވެ. އިންޑިއާގެ ކޮވިޑް ހާލަތު ގޯސްވާތީ އައިޕީއެލް ހުއްޓާލީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ

އާރްސީބީ އާއި އިންޑިއާގެ ޓީ20 ޓީމުގެ ކެޕްޓަންކަމުން ވަކިވިޔަސް، އިންޑިއާގެ ވަންޑޭ އަދި ޓެސްޓް ޓީމުގެ ކެޕްޓަންގެ ގޮތުގައި ވިރާތު ދެމިހުންނާނެ އެވެ.

އިންޑިއާގެ އެންމެ މަގްބޫލު އެއް ކުޅުންތެރިޔާ ކަމަށްވާ ވިރާތު ،32، އާރްސީބީއާ ގުޅުނީ 2008 ވަނަ އަހަރެވެ. އަދި އޭނާ އަށް ކެޕްޓަންކަން ދިނީ 2013 ވަނަ އަހަރެވެ. އައިޕީއެލްގައި އާރްސީބީ ނޫން އެހެން ޓީމަކަށް ވިރާތު ނުކުޅެ އެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox