ގައުމީ ޓީމުން ގަތަރުގެ ދެ ކްލަބަކާ ދެކޮޅަށް ކުޅެނީ

Sep 20, 2021, 8:23 AM
ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ގައުމީ ޓީމުގެ ސަމުއްޓެ (މ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަދަދު

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ގައުމީ ޓީމުގެ ސަމުއްޓެ (މ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަދަދު

އަންނަ މަހު 1-16 އަށް މާލޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން މިހާރު ގަތަރުގައި ޓްރެއިިނިން ކޭމްޕެއް ފުރިހަމަ ކުރަމުން އަންނަ ގައުމީ ޓީމުން ގަތަރުގެ ދެ ކްލަބަކާ ދެކޮޅަށް މެޗު ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ މިހާރު ގަތަރުގެ ދެ ކްލަބާ ދެކޮޅަށް މެޗު ކުޅެވޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

މާދަމާގެ މެޗުގައި ރާއްޖޭން ނުކުންނާނީ ގަތަރުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ލުސައިލް އެފްސީއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި މި މަހު 25 ވަނަ ދުވަހު ބައްދަލުކުރާނީ ގަތަރުގެ އާމީ ނެޝަނަލް ޓީމާ އެވެ.

ގައުމީ ޓީމުން މި މަހު 10 ވަނަ ދުވަހު ގަތަރު ޓްރެއިނިން ކޭމްޕަށް އައިއިރު، ސްރީލަންކާއާ ދެކޮޅަށް މެޗެއް ކުޅެން ރޭވި އެވެ. އެކަމަކު، އެ މެޗު ކުޅެން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވީ ލަންކާގެ ކޮވިޑް-19 ހާލަތުގެ ސަަބަބުން އެ ޓީމަށް ގަތަރުގެ ވިސާ ހަމަނުޖެހުމުންނެވެ. ގަތަރަށް އާދެވޭ ގޮތް ނުވުމުން ލަންކާ އިން މިހާރު ވަނީ ސައުދީ އަރަބިއްޔާ އަށް ގޮސްފަ އެވެ. އެއީ ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުން ހަމަޖައްސައިދިން ކޭމްޕެކެވެ.

މާދަމާ ކުޅޭ މެޗުގައި ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ ނަގާނީ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) އެވެ. ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ މި ވަގުތު ހުރީ ރާއްޖޭގަ އެވެ. އެކަމަކު، ކޮވިޑުން ރަނގަޅުވެ ވަރަށް އަވަހަށް ސުޒޭން ގައުމީ ޓީމާ ގުޅޭނެ އެވެ.

ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ރާއްޖޭން ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރީ ހަމަ މި ފަހަރެކޭ އެއްގޮތަށް ގަތަރުގަ އެވެ. އެ ފަަހަރު މަހެއްހާ ދުވަހު ގަތަރުގައި ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރިއިރު، ކުޅެވުނީ އެންމެ މެޗެކެވެ. އެއީ އޭރު ގަތަރުގެ ދެ ވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އަލް-މަރްޚިޔާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ރާއްޖެ 4-3 އިން މޮޅުވި އެވެ. އެ ފަހަރު ޕާކިސްތާނާ ދެކޮޅަށް މެޗު ކުޅެން ރޭވި ނަމަވެސް ފަހު ވަގުތު ކެންސަލްވީ އެވެ.

މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީލަންކާ އެވެ. އިންޑިއާ އާއި ނޭޕާލުން ވަނީ ސާފަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ ކުރީކޮޅުގައި ދެ މެޗެއް ކުޅެފަ އެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާ އެވެ.

ފަސް ގައުމުގެ މެދުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅޭނީ ފުރަތަމަ ލީގު ބުރެކެވެ. އެއީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox