ބޮކްސިން ތަރި ޕެކްމޭން ފިލިޕީންސްގެ ރައީސް ކަމަށް ވާދަކުރަނީ

ބޮކްސިން ތަރި މެނީ ޕަކިޔާއޫ (ޕެކްމޭން).-- ފޮޓޯ: އޭއެފްޕީ

ބޮކްސިން ތަރި މެނީ ޕަކިޔާއޫ (ޕެކްމޭން).-- ފޮޓޯ: އޭއެފްޕީ

މެނީލާ، ފިލިޕީންސް (ސެޕްޓެމްބަރު 19) - އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފިލިޕީންސްގެ ބޮކްސިން ތަރި މެނީ ޕަކިޔާއޫ 'ޕެކްމޭން' ވާދަކުރާނެކަން އިއުލާނުކޮށްފި އެވެ.

"ވަގުތު އައިސް ޖެހިއްޖެ. ލީޑާޝިޕްގެ ގޮންޖެހުމާ ކުރިމަތިލާން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،" ރައީސް ރޮޑްރިގޯ ޑުޓާޓޭއާ ވާދަވެރި ފެކްޝަންގެ ރިޔާސީ ކެންޑިޑޭޓުކަން ލިބުމުން ޕަކިޔާއޫ ވިދާޅުވި އެވެ.

ދުނިޔޭގެ އަށް ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވާ ޕަކިޔާއޫ އަކީ ފިލިޕީންސްގެ ރައްޔިތުންގެ މެދުގައި ގައުމީ ބަތަލެކެވެ. އޭނާ ސިޔާސީ ދާއިރާގެ މަސައްކަތް ފެއްޓެވީ 2010 ގައި ކޮންގްރެސް އިންނެވެ.

އެއަށްފަހު މިހާރު ފުރުއްވަމުން ގެންދަވަނީ ސެނެޓުގެ ގޮނޑި އެކެވެ. އުމުރުން 42 އަހަރުގެ ޕަކިޔާއޫ ފިލިޕީންސްގައި މަގްބޫލުވެފައި ވަނީ ދީލަތި ބޭފުޅެއްގެ ގޮތުގަ އެވެ.

ކުޑައިރު އުޅެން ޖެހުނު ފަގީރުކަމުގެ ތެރެއިން އަރައިގަނެ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބޮކްސިން ލެޖެންޑުގެ ގޮތުގައި ޕަކިޔާއޫ މަޝްހޫރުވެފައި ވާތީ އޭނާއާ މެދު ރައްޔިތުން ފަހުރުވެރިވެ އެވެ.

ބެލެވޭ ގޮތުގައި ޕަކިޔާއޫގެ ރިޔާސީ ކެމްޕޭނުގެ މައިގަނޑު ވައުދުތަކުގެ ތެރޭގައި ހިމެނޭނީ ފަގީރުކަމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމެވެ.

"އަޅުގަނޑު މި މަގާމަށް ޝަރުތުހަމަވޭތޯ ސުވާލު ކުރާ މީހުންގެ ކިބައިން އަހާލަން ބޭނުން. ދުވަހަކު ވެސް ކާ އެއްޗެއް ނުލިބި ބަނޑުހައި ހޫނުކަން އިހުސާސް ކުރަން ޖެހުނުތަ؟،" އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި އޭނާ ވިދާޅުވި އެވެ.

"ކާ އެއްޗެއް ނެތި ހުންނަން ޖެހުން، އަވައްޓެރިންގެ އަތުން ފައިސާއަށް ސަލާން ޖަހަން ޖެހުން، ކާ އެއްޗެހި ވިއްކާ ތަނެއްގައި ވާކީވާ އެތިކޮޅު ލިބޭނެކަމުގެ އިންތިޒާރު ކުރުން، މި ކަންކަން ދުވަހަކު ވެސް އިހްސާސް ކުރިންތަ؟ މިއަދު މިތަނުގައި މި ފެންނަ މެނީ ޕަކިޔާއޫ އަކީ ފަގީރުކަމުގެ ތެރެއިން ބައްޓަންވެފައި ހުރި މީހެއް."

ތަރިއެއްގެ ގޮތުގައި ޕަކިޔާއޫގެ މަގްބޫލުކަމާ ހެދި ރިޔާސީ ރޭހުގައި ކުރި ހޯދަން ފަސޭހަވާނެ އެވެ. ނަމަވސް ތަޖުރިބާކާރުން ބުނާ ގޮތުގައި ޕަކިޔާއޫ އަށް ވުރެ ބޮޑު މަގްބޫލްކަމެއް ރައީސް ޑުޓާޓޭ އަށް ރައްޔިތުންގެ މެދުގައި އޮވެ އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ފިލިޕީންސްގެ ރައީސް އަށް މަގާމުގައި ހުރެވޭނީ އެންމެ ދައުރެކެވެ. އެހެންވެ، ޑުޓާޓޭ ވަނީ އަންނަ އަހަރުގެ އިންތިހާބުގައި ނައިބު ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ. މި ވަގުތު ޑުޓާޓޭގެ ގާތް އެކުވެރި، ސެނެޓަރު ކްރިސްޓޮފާ ލޯރެންސް ގޯ ރައީސްކަމަށް ގެނައުމަށް ބައެއް ފެކްޝަންތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރައީސް ޑުޓާޓޭ އަދި ދަރިކަނބަލުން ސާރާ.
ރައީސް ޑުޓާޓޭ އަދި ދަރިކަނބަލުން ސާރާ.

ރައީސް ޑުޓާޓޭ އަދި ދަރިކަނބަލުން ސާރާ.

އޭގެ އިތުރުން ޑުޓާޓޭގެ ދަރިކަނބަލުން ސާރާ، ރައީސްކަމަށް ވާދަކުރެއްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ސާރާއަކީ މި ވަގުތު ޑަވާއޯ ސިޓީގެ މޭޔަރެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބެލެވޭ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ބޮޑު މަގްބޫލުކަމެއް އޮތީ ސާރާ އަށެވެ.

އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް އެކަން ހުށަހެޅުމަށް އޮތް ސުންގަޑިއަކީ އޮކްޓޯބަރު 8 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox