އިމްތިހާނަކާ ނުލައި ލައިސެންސް ދޭ ލިސްޓަށް ބަންގްލަދޭޝް އިތުރުކޮށްފި

މަގުގެ ޓްރެފިކް ބެލެހެއްޓުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރި ވަނީ: އިމްތިހާނަކާ ނުލައި 26 ގައުމެއްގެ ލައިސެންސްއަށް ރާއްޖޭގެ ލައިސެންސް ދޫ ކުރަން ވަނީ ނިންމައިފައި-- ފޮޓޯ: އަދަދު

މަގުގެ ޓްރެފިކް ބެލެހެއްޓުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރި ވަނީ: އިމްތިހާނަކާ ނުލައި 26 ގައުމެއްގެ ލައިސެންސްއަށް ރާއްޖޭގެ ލައިސެންސް ދޫ ކުރަން ވަނީ ނިންމައިފައި-- ފޮޓޯ: އަދަދު

އިމްތިހާނަކާ ނުލައި ރާއްޖޭގައި އުޅަނދު ދުއްވުމަށް ލައިސެންސް ދޭ ގައުމުތަކުގެ ތެރޭގައި ބަންލަދޭޝްއިން ނަގާ ލައިސެންސްތައް ވެސް ހިމަނަން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

މިދިޔަ މަހު ޓްރާންސްޕޯޓުން އިއުލާން ކުރި ލިސްޓުގައި ހިމެނީ 25 ގައުމެކެވެ. ނަމަވެސް މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރި ލިސްޓަށް ވަނީ ބަންގްލަދޭޝް އިތުރު ކޮށްފަ އެވެ.

އެ ހުއްދައާއެކު އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި، ނުވަދިހަ ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވޭނެ އެވެ.

ދެން އެ ލިސްޓްގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ބޫޓާން، އިންޑިޔާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބްރުނާއީ، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ޕިލިޕީސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ޖަޕާން، އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޔުނައިޓެޑް އެރެބް އެމިރެޓްސް، ސްވިޒަލޭންޑް، ސައުދީ އަރަބިއްޔާ، ބެލްޖިއަމް، އަދި ޖާމަނީ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox