ފުރަތަމަ ރޮވުނީ، ދެން ހިތި ތަޖުރިބާ، އެއަށް ފަހު ރަން ކާމިޔާބީ!

"އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ކަވަރޭޖަށް އައްސަދު ދިން ވީޑިއޯ އިންޓަވިއު.

"އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ކަވަރޭޖަށް އައްސަދު ދިން ވީޑިއޯ އިންޓަވިއު.

އޭޕްރިލް 30، 2008 ގައި އޭއެފްސީ ކަޕުގައި މެލޭޝިއާގެ ޕެރާކް އަތުން ރާއްޖޭގެ ނިއު ރޭޑިއަންޓް 3-0 އިން ބަލިވި މެޗުގެ ފުރަތަމަ ހާފުގައި ދިވެހިންނަށް ލިބުނީ ހިތްދަތި ހަބަރެކެވެ. އަމިއްލަ ގައުމުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް މަހެއްހާ ދުވަހަށް ވެފައި އޮއްވާ ކެޕްޓަން އަދި އިތުބާރު ޑިފެންޑަރު އައްސަދު އަބްދުލްގަނީގެ އަތް ބިންދައިގެން ދިޔައީ އެވެ. އޭނާ އަށް މުބާރާތުގައި ކުޅުމުގެ ފުރުސަތު ގާތްގަނޑަކަށް ގެއްލުނީ އެވެ.

އައްސަދު ފަރުވާ އަށް ސްރީ ލަންކާ އަށް ދިއުމުން ޑޮކްޓަރު ބުނީ ބޯލްޓް ލައްވައިގެން އޮޕަރޭޝަންކޮށްފި އެ މުބާރާތް އޭނާ އަށް ގެއްލޭނެ ކަމަށެވެ. އެކަމަކު އެ މުބާރާތުގައި ކުޅެން ކުރު މަގަކުން ގޮސްފި ނަމަ، އެއީ އަތަށް އެކަށީގެންވާ ފަރުވާއަކަށް ނުވެ މުސްތަގުބަލުގައި އެކަމުގެ އަސަރުކޮށްފާނެ ކަމަކަށްވާތީ އައްސަދު ނިންމީ ބޯލްޓް ލައްވާށެވެ.

"ބޭރަށް ނުކުމެ ގާތްގަނޑަކަށް 10 ވަރަކަށް 15 މިނެޓު ވަންދެން ހަމަ އިނދެގެން ރޮވުނީ،" "އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ކަވަރޭޖަށް ދިން އިންޓަވިއުއެއްގައި އައްސަދު ހަނދާންތައް އާކުރި އެވެ.

ގައުމީ ޓީމުގެ ކެޕްޓަންކަމުގެ ޒިންމާ ނަގާތާ އޭރު ހަތަރު އަހަރުވީ އައްސަދުގެ ކެޕްޓަންކަމުގައި 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ކެޓީ ސެމީ ފައިނަލުން އިންޑިއާ އަތުން 1-0 އިން ބަލިވެގެންނެވެ. އެހެންވެ ތަށި ހޯދަން އަލުން ލިބުނު ފުރުސަތުގައި ބައިވެރިނުވެވޭނެކަން އެނގުމުން އައްސަދުގެ ބަޑި ފަޅައިގެންދިޔައީ އެވެ.

އެކަމަކު ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫނެވެ! އޮޕަރޭޝަނަށް ފަހު އައްސަދު ހޭއެރުމާ އެކު ކަންފަތް ދޮށުގައި ޑޮކްޓަރު ބުނީ ނިމުނީ ކުޅެވޭ ގޮތަށް ކަމަށެވެ. އައްސަދަށް ލިބުނީ ކުއްލި ސިހުމެކެވެ. އެހީތެރިޔަކަށް ގޮސް ހުރި ނިއުގެ އޮފިޝަލް ޖައްލޭ ގާތު ތަފްސީލަށް އެހުމުން ޑޮކްޓަރާ ހަވާލާދީ އޭނާ ބުނީ، ބިންދައިގެން ގޮސްފައި ހުރި ކަށިކޮޅު ފުނފުނޑުވެފައި ހުރުމުން ބޯލްޓްކުރެވޭ ގޮތްނުވީ ކަމަށާއި އެހެންވެ އެ ކަށިކޮޅު އެތެރެއަށް ދޫކޮށްލީ ކަމަށެވެ.

"ވަރަށް އުފާވި. އައި ގޮތަށް އައިސް ރޮދި ވެސް ނުކޮށާ އަޅުގަނޑު ޕްރެކްޓިހަށް ޖޮއިންކުރީ،" އައްސަދު ބުންޏެވެ.

އޭރު ޓީމުގެ ތެރޭގައި މައްސަލަތައް ގިނަ އެވެ. ބައިބައިވުން ބޮޑެވެ. އައްސަދަށް ނުކުޅެވޭނެ ނަމަ ކެޕްޓަން ބޭންޑް އަޅާނެ ކުޅުންތެރިއެއްގެ ވާދަވެރިކަން ވެސް އޮތީ ބޮޑުވެފަ އެވެ. ކޯޗު ޔޯސެފް ޔަންކޭ އަށް ވެސް މީޑިއާ ތެރެއިންނާއި ބައެއް ދިވެހި ކޯޗުންގެ ފަރާތުން އޮތީ ފާޑުކިޔުމާއި ފުރައްސާރަ ކުރިމަތިވެފަ އެވެ. އެހެންވެ އޭނާ ޓީމު ދޫކޮށް ފުރައިގެން ދާން ވެސް ވިސްނި އެވެ. އައްސަދު ޕްރެކްޓިހަށް ނުކުތް ފުރަތަމަ ދުވަހު ވެސް ކަންފަތުގައި ޖެހުނީ މައްސަލަތައް ހައްލުކުރަން މެނޭޖްމަންޓުން ދައްކަމުން ދިޔަ ވާހަކަތަކެވެ.

"ވަރަށް ހާސްކަން ބޮޑުވި މައްސަލައެއް އެއީ،" އައްސަދު ބުންޏެވެ.

އައްސަދު 2008 ގައި ތަށި ހިފައިގެން ބޯޓުން ނުކުންނަނީ.
އައްސަދު 2008 ގައި ތަށި ހިފައިގެން ބޯޓުން ނުކުންނަނީ.

އައްސަދު 2008 ގައި ތަށި ހިފައިގެން ބޯޓުން ނުކުންނަނީ.

އެކަމަކު އެކަމާ އޭނާ ކުރިމަތިލީ ވިސްނުންތެރިކަމާ އެކު އެވެ. ކޯޗިން ސްޓާފުންނާ މަޝްވަރާކޮށް ވަކިވަކި ކުޅުންތެރިންނާ ވާހަކަ ދައްކައި މައްސަލަ ހައްލުކުރަން އޭނާ ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. ފަހުން އެކަން ހައްލުވި އެވެ. އައްސަދު ބުނި ގޮތުގައި، ފަހުން ހުރިހާ ކުޅުންތެރިން ވެސް ބޭނުންވީ ގޮތްދޫކޮށް، މައްސަލަތައް އެއް ފަރާތްކުރުމަށް ފަހު ކާމިޔާބީ ހޯދަން އެކުގައި ނުކުންނާށެވެ.

"ފަހުން އެ ޓީމު ވެގެންދިޔައީ އެންމެ އެކުވެރިކޮށް އޮވެގެން މުބާރާތަކަށް ނުކުތް ޓީމަށް. ކާމިޔާބީގެ އަސްލަކީ އެއީ،" ޔޫތު ސްޕޯޓްސް ކްލަބުން ކެރިއަރު ފަށައި ކްލަބް ވެލެންސިއާ އާއި ނިއުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ އައްސަދު ބުންޏެވެ

."ފުރަތަމަ ކުރަން ޖެހުނީ ޓީމެއްގެ ތެރޭގައި މިހާތަނަށް ކުރަން ޖެހުނު އެންމެ ހިތި ތަޖުރިބާ. އެކަމަކު ފަހުން އުފާވެރި ތަޖުރިބާއަކަށްވީ. ސާފް ޗެމްޕިއަންޝިޕް ލިބުނު ދުވަސް އެއީ އެންމެ އުފާވި ދުވަސް."

އެ ކާމިޔާބީ ހޯދިއިރު އައްސަދު ކުޅުނީ އޭނާގެ އަސްލު މަގާމަކަށް ނޫނެވެ. އާއްމުކޮށް ސެންޓްރަލް ޑިފެންސަށް، ސްވީޕަރަކަށް ނުވަތަ ޑިފެންސިވް މިޑްފީލްޑަށް ކުޅޭ އައްސަދު އެ ފަހަރު ކުޅުނީ ވާތު ބެކަށެވެ. އޭރު ވާހަކަ ދެކެވުނު ގޮތުގައި، އައްސަދު އެ މަގާމަށް ކުޅުވީ، ސެންޓްރަލް ޑިފެންސަށް އޭރު ކުޅުނު މުހައްމަދު ޖަމީލާއި ސޮބާހު މުހައްމަދު އިބްރާހިމް ތަފާތު މޮޅު ކުޅުމެއް ދައްކާތީ އެ ދެ ކުޅުންތެރިންގެ ބަދަލުގައި އައްސަދު މެދަށް ލެވޭނެ ނެތުމުންނެވެ. އަނެއްކޮޅުން ޑިފެންސިވް މިޑްފީލްޑަރެއްގެ މަގާމަށް މުހައްމަދު ސިފާން (ކުޑައްޓޭ) މޮޅަށް ކުޅޭތީ އެތަނަށް ވެސް އައްސަދު ލެވޭނެ ގޮތެއް ނެތެވެ. އެކަމަކު އޭރުގެ އެސިސްޓަންޓް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ އައްސަދު އާއްމު ނޫން މަގާމަކަށްލީ ފަޅިން ޑިފެންސަށް ކުޅެން އޭރު ތިބި އަކްރަމް އަބްދުލްގަނީ އާއި މުހައްމަދު އެމެއިރުގެ ތަޖުރިބާ މަދުވުމުން އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ ކަމަށެވެ.

"ފަހު ހަފުތާގައި އައްސަދު އެ މަގާމަށް ފިޓްކުރީ،" މޯހަން ބުންޏެވެ.

ކަންދިމާކުރި ގޮތުން ފަހުން 2018 ވަނަ އަހަރު ރާއްޖޭން މުބާރާތް ކާމިޔާބުކުރިއިރު ޓީމު ލީޑުކުރީ އައްސަދުގެ ކޮއްކޮ އަކްރަމް އެވެ. އަދި އެ ފަހަރު ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި އައްސަދު ބަންގްލަދޭޝަށް ގޮސް އިންތިޒާމުތައް ހަމަޖެއްސުމުގައި މަސައްކަތްކުރި އެވެ. އައްސަދު ބުނީ 2008 ގައި ހުރި ކަހަލަ މައްސަލަތަކެއް 2018 ގައި ވެސް ފާހަގަވި ކަމަށާއި އެކަމަކު ކުޅުންތެރިން އެކައްޗެއް ކިޔައި ތަށި ހޯދީ ކަމަށެވެ.

އައްސަދު (ކ) އާއި އޭނާގެ ކޮއްކޮ އަކްރަމް. --ފޮޓޯ: އިބްރާހިމް ފާއިދު (ޑޯޑީ)/ އެފްއޭއެމް
އައްސަދު (ކ) އާއި އޭނާގެ ކޮއްކޮ އަކްރަމް. --ފޮޓޯ: އިބްރާހިމް ފާއިދު (ޑޯޑީ)/ އެފްއޭއެމް

އައްސަދު (ކ) އާއި އޭނާގެ ކޮއްކޮ އަކްރަމް. --ފޮޓޯ: އިބްރާހިމް ފާއިދު (ޑޯޑީ)/ އެފްއޭއެމް

އައްސަދު ބުނި ގޮތުގައި މި ފަހަރު ވެސް ތަށި ހޯދަން ބޭނުން ނަމަ ކުޅުންތެރިން ކުރަންވީ ކަމަކީ އިތުބާރާ އެކު ނުކުތުން ކަމަށެވެ. އޭނާ ބުނީ 2008 ގެ މުބާރާތުގެ ތެރޭގައި ޓީމު ކޭމްޕްކޮށްފައި ތިބި ހޮޓަލުން ނުކުމެގެން މެޗު ކުޅެން ސްޓޭޑިއަމަށް ދާއިރު އެއްވެސް ކުޅުންތެރިއެއްގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރެއް ނުފެންނަ ކަމަށެވެ.

"އެހާވަރުގެ ޔަގީންކަމެއް އޮވެގެން ނުކުތް ފަހަރެއް އެ ނޫނީ ގައުމީ ޓީމުގައި ހޭދަނުކުރަން،" އައްސަދު ބުންޏެވެ. "އިތުބާރާ އެކު ނުކުތުން އެއީ އެ ފަހަރުގެ ކާމިޔާބީގެ ސިއްރެއް."

އެ އިތުބާރު އެ ކުޅުންތެރިންނަށް ލިބުނީ އެ ޖީލުގެ ކުޅުންތެރިން ނެރެފައިވާ ވަރުގަދަ ނަތީޖާތަކާ އެކު ވެސް މެ އެވެ. އޭގެ ތެރޭގައި އައްސަދު ހިމެނިގެން، 2004 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ގަދަފަދަ ދެކުނު ކޮރެއާއާ 0-0 އިން އެއްވަރުކުރި ކުރި ކުރުން ހިމެނެ އެވެ. އެ މެޗުގައި ނުސީދާ ހިލޭ ޖެހުމަކުން އައްސަދު ގޯލެއް ޖެހުމާ ގާތަށް ވެސް ދިޔަ އެވެ.

"ކޮރެއާ އަކީ އޭރު (2002) ގެ ވޯލްޑް ކަޕުގެ ހަތަރު ވަނަ ޓީމު. އެވަރުގެ ޓީމަކާ ދެކޮޅަށް އެވަރުގެ ނަތީޖާއެއް ނެރުމުގެ ސިއްރަކީ ބުރަ މަސައްކަތް. އެއީ ހަޔާތުގައި ފުޓްބޯޅައިން ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ،" އައްސަދު ބުންޏެވެ.

އައްސަދު ގަބޫލުކުރާ ގޮތުގައި މިހާރު ވެސް އެހާ ހުނަރުވެރި ކުޅުންތެރިން އެބަތިއްބެވެ. އެކަމަކު އޭނާ ބުނި ގޮތުގައި މިހާރު ތަފާތަކީ ރާއްޖޭގެ މާހައުލާއި ކަންކަމަށް އައި ބަދަލުތަކާ އެކު، ގައުމީ ޓީމުގެ ޖާޒީ ލުމުގައި ކުޅުންތެރިންގެ ވިސްނުމާ ހިޔާލާ ފިކުރަށް އައިސްފައިވާ ބަދަލެވެ. ގައުމީ ޖާޒީ ލުމަކީ ކިހާވަރެއްގެ ޒިންމާއެއް ކަމާއި ކިހާ ވަރެއްގެ ޝަރަފެއްކަން އެނގިގެން މަސައްކަތްކޮށްފި ނަމަ ކާމިޔާބުވާނެ ކަމަށް އޭނާ ދެކެ އެވެ. އަދި އެއާ އެކު ސަޕޯޓަރުންގެ އެހީ ވެސް ބޭނުންވާނެ ކަމަށް އައްސަދު ގަބޫލުކުރެ އެވެ.

"އޭރު ވެސް ބުނަމުން ދިޔަ އެއް ވާހަކަ އަކީ 2008 ގައި ތަށި ހިފައިގެން ރާއްޖެ އަންނަ ލިބުނު އިތުރު ހިތްވަރަކީ ރާއްޖޭގެ ސަޕޯޓަރުންނޭ. ގްރޫޕް ސްޓެޖުގައި އިންޑިއާ އަތުން ބަލިވެގެން ހޮޓަލަށް ދިޔަ ދުވަހު ވެސް ސަޕޯޓަރުންގެ މޫނުމަތިން އެއްވެސް ކަހަލަ މާޔޫސްކަމެއް ނުފެނޭ. ބުރަކަށީގައި ފިރުމާލާފައި ބުނަނީ ބަރާބަރަށޭ ދިޔައީ،" އައްސަދު ބުންޏެވެ.

އެ ހިތްވަރާ އެކު ނުކުމެ، ގަދަފަދަ އިންޑިއާ 1-0 އިން ބަލިކޮށް ރާއްޖެ ތަށި ހޯދުން ވެގެންދިޔައީ ނުކުޅެވިދާނެހެން ހީވި މުބާރާތުން އައްސަދަށް ލިބުނު ރަން ކާމިޔާބަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox