ސާފް ޗެމްޕިއަންޝިޕްގައި "ގޯލްއާރް" ގެ ފޯރި ވެސް ގަދަވާނެ

Oct 1, 2021, 4:05 AM
ސާފް ޗެމްޕިއަންޝިޕްގައި "ގޯލްއާރް" ގެ ފޯރި ވެސް ގަދަވާނެ

މިއަދު ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް "އަދަދު" ނޫހުގެ ފަރާތުން ވަނީ "ގޯލްއާރް"އާ އެކު މުބާރާތުގެ ފޯރިގަދަ ކުރުމުގެ ގޮތުން ސްކޯ ދިމާކުރުމުގެ ޕްރޮމޯޝަނެއް ފަށައިފަ އެވެ.

ބޮޑެތި މުބާރާތްތަކުގައި ސްކޯ ދިމާކުރުމުގެ މުބާރާތްތައް ފޯރިގަދަވެފައި ވާއިރު، "ގޯލްއާރް" އެޕްލިކޭޝަނަކީ ހަގީގަތުގައި މި ފަދަ ކަންކަމަށް ވަރަށް ފުރިހަމަ އަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.

"ގޯލްއާރް" މެދުވެރުކޮށް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ 11 މެޗުގެ ސްކޯ ދިމާކޮށްގެން އެއް ވަަަނަ އަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ލޮޓަސް ބައިކް ޝޮޕުން ހަދިޔާކޮށްފައިވާ އިލެކްޓްރިކް ސްކޫޓަރެއް ލިބޭނެ އެވެ. މީގެ އިތުރަށް ސާފް ޗެޖެންޖުގައި ބައިވެރިވާ ފަރާތްތަށް ވެސް ގޯލާއާރްގެ ފަރާތުން ހާއްސަ އިނާމުތައް ހުށަހަޅާފައިވެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކަންކަމުގައި "ގޯލްއާރް" އިން "އަދަދު" ނޫހާ އެކު ކުރިއަށްދާން ނިންމި އެންމެ ބޮޑު ސަބަބަކީ "އަދަދު" ނޫހަކީ ސާފް ޗެމްޕިއަންޝިޕްގެ އޮންލައިން އެންޑް ޕީއާރް ޕާޓްނަރަށް ވުމެވެ. އަދި މީގެ އިތުރުން ކުރު މުއްދަތެއްގެ ތެރޭގައި މީޑިއާގައި "އަދަދު" އިން ހޯދަމުން އަންނަ ކުރިއެރުމަށް ބެލުމަށް ފަހު އެވެ.

"ގޯލްއާރް" އަކީ ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ފަށާފައިވާ ޝައުގުވެރި މަސައްކަތެކެވެ. "ގޯލްއާރް" ވުޖޫދުވީ މިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިންނެވެ. އެ މުބާރާތުގައި ރާއްޖޭގެ ގިނަ އޮފީސްތަކުން މުވައްޒަފުންގެ މެދުގައި "ގޯލްއާރް" މެދުވެރިކޮށް ޕްރައިވެޓް ލީގުތައް ވެސް ވަނީ ބާއްވައިފަ އެވެ. އެ މުބާރާތުގައި "ގޯލްއާރް" އަށް ލިބުނު ތަރުހީބު ބޮޑެވެ.

"މިއީ މި ފަދަ ގޮތަކަށް ރާއްޖޭގެ ބަޔަކު ލޯކަލް އާއި އިންޓަނޭޝަނަލް ހިމެނޭގޮތަށް ހެދި ފުރަތަމަ އެޕް. މީގެ ތަފާތު ފީޗާސްތައް ހުންނާނެ. މިއީ ފުޓްބޯޅަ ސަޕޯޓަރުން ވަރަށް ގަޔާވާގޮތަށް ހެދިފައިވާ އެޕެއް،" ގޯލްއާރް އިން ބުންޏެވެ.

ޕްރައިވެޓް ލީގަކީ ދުނިޔޭގެ ފުޓްބޯޅައިގައި މި ވަގުތު ވަރަށް ބޮޑު ޓްރެންޑެކެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުން ފެށި "ގޯލްއާރް" އެޕްގައި މިހާރު ވެސް އެކްޓިވްކޮށް ގިނަ ބަޔަކު ޕްރައިވެޓް ލީގުތައް ހަދައިގެން ކުޅެ އެވެ.

ދުނިޔޭގެ ނަން މަޝްހޫރު ލީގުތައް ވެސް މިހާރު "ގޯލްއާރް" އެޕްގައި ޕްރިޑިކްޓް ދަ ސްކޯ އާއި ޕްރައިވެޓް ލީގު ފަކްޝަން ކުރެވެން ހުރެ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް "ގޯލްއާރް" އިން ޕްރައިވެޓް ލީގުތަކާއި އެހެނިހެން ސްކޯ ދިމާކުރުމުގެ ކަންކަން ފެށިއިރު، މިއި ހަގީގަތުގައި ދިވެހި އިތުރު މުބާރާތްތަކުގައި ވެސް މި ފަދަ ކަންކަން ކުރުމުގެ ފެށުމެކެވެ. ކުރިއަށް އޮތްތަނުގައި މި ފަދަ އިތުރު މުބާރާތްތަކުގައި ވެސް "ގޯލްއާރް" ފެންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox