އައްޑޫގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި މީހާ ފަރުވާއަށް މާލެ ގެންނަނީ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް. ފޮޓޯ: ފޭސްބުކް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް. ފޮޓޯ: ފޭސްބުކް

އައްޑޫ ސިޓީގައި މިއަދު މެންދުރުގެ ވަގުތެއްގައި ވަޅިން ހަމަލާދީ ޒަހަމް ކޮށްލި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފި އެވެ.

އެ މީހާއަށް ހަމަލާ ދީފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި، އައްޑޫ ސިޓީގެ ފްލެޓެއްގެ ތެރޭގަ އެވެ. އެ ހަމަލާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 12:08 ހާއިރު އެވެ. ހަމަލާގައި ޒަހަމްވެފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެ އެވެ.

އެ މީހާ މާލެ ބަދަލުކުރުމަށް ހަމަޖެހިފައިވާކަން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވަނީ ޔަގީންކޮށްދީފަ އެވެ. އެހެންނަމަވެސް, އެ މީހާ މާލެ ބަދަލުކުރަނީ ހާލު ސީރިއަސް ވެގެން ނޫން ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

"އެއީ އިންޓާނަލް ބްލީޑިން ހުރެގެން ބަދަލުކުރަނީ. މިރޭގެ ވަގުތެއްގައި ވެސް ފަހަރެއްގަ ބަދަލުކުރެވިދާނެ. މޯލްޑިވިއަން އިން އަދި ވަގުތެއް ހަމަނުޖެހި އޮތީމަ ބަދަލު ނުކުރެވެނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެ މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ހޮސްޕިޓަލުން މީގެ ކުރިން ބުނީ އެމީހާގެ ބޮލަށް ގިނަ ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.

އައްޑޫގައި މިއަދު އިތުރު މާރާމާރީއެއް ވެސް ވަނީ ހިނގައިފަ އެވެ. އެ މާރާމާރީގައި އަންހެނަކާއި ފިރިހެނަކަށް ވަނީ އަނިޔާވެފަ އެވެ. ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އެ މާރާމާރީގައި ފިރިހެން މީހާގެ ކޮނޑަށް އަދި އަންހެން މީހާގެ އަތަށް ވަނީ ޒަހަމްތަކެއް ލިބިފަ އެވެ.

އައްޑޫގައި ހިނގި ދެ މާރާމާރީގެ އިތުރުން މިރޭ މާލޭގެ މުލިއާގެ ކައިރިންވެސް ވަނީ މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. އެ ހަމަލާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ވަނީ ފަރުވާ ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox