ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝަށް ކޯޗުކޮށްދޭން އޮސްކާއާ ހަވާލުކޮށްފި

އޮސްކާ ގަލޮޅު ދަނޑުގައި ބަޝުންދުރާއާ ކޯޗުކޮށްދެނީ. --ފޮޓޯ: އޭއެފްސީ

އޮސްކާ ގަލޮޅު ދަނޑުގައި ބަޝުންދުރާއާ ކޯޗުކޮށްދެނީ. --ފޮޓޯ: އޭއެފްސީ

ސާފް ޗެމްޕިއަންޝިޕް ބޯމަތީގައި އޮއްވާ ބަންގްލަދޭޝް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ޖެމީ ޑޭ ވަގުތީ ގޮތުން ދުރުކޮށް އެ ގައުމުގެ ބަންޝުންދުރާ ކިންގްސްގެ ކޯޗު އަދި ދިވެހި ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ސްޕެއިނުގެ އޮސްކާ ބްރުޒޮންއާ ޓީމު ހަވާލުކޮށްފި އެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުން ބުނި ގޮތުގައި މި ނިންމުން ނިންމީ މިއަދު ބޭއްވި ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ގައުމީ ޓީމު ކޮމިޓީންނެވެ. ޑޭގެ ކޮންޓްރެކްޓުގައި ބާކީ އަހަރެއް އޮތްއިރު، އޭނާ ވަކިނުކޮށް ފެޑެރޭޝަނުން ނިންމީ އޭނާ ދެ މަސް ދުވަހަށް ގައުމީ ޓީމުގެ ޒިންމާ އިން ވީއްލާށެވެ.

އިންގްލެންޑުގެ އާސެނަލްގެ ޔޫތު ޓީމަށާއި އެ ގައުމުގެ ޔޫތު ގައުމީ ޓީމުތަކަށް ކުޅެފައިވާ ޑޭ، ބަންގްލަދޭޝްގެ ސީނިއާ ޓީމާއި 23 އަހަރުން ދަށުގެ ޓީމާ ހަވާލުވީ 2018 ވަނަ އަހަރު އެވެ. އޭނާގެ ކޯޗުކަމުގައި ބަންގްލަދޭޝް އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކޮށް ގްރޫޕް ސްޓޭޖުން ކެޓީ އެއް ވަނަ ހޯދި ނޭޕާލާއި ދެ ވަނަ ހޯދި ޕާކިސްތާނަށް ވުރެ ފައިދާ ލަނޑު މަދުވުމުންނެވެ.

އޭނާގެ ކޯޗުކަމުގައި ހަމަ އެ އަހަރު ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމު ވަނީ އޭޝިއަން ގޭމްސްގައި ގަތަރު ބަލިކޮށް ތައިލެންޑާ އެއްވަރުކޮށް ފުރަތަމަ ފަހަރަށް ދެ ވަނަ ބުރަށް ގޮސްފަ އެވެ. އެ ބުރުން ކެޓީ އުތުރު ކޮރެއާ އަތުންނެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުން ބުނަނީ ޓީމު ގޮވައިގެން ޑޭ ތަޖުރިބާތައްކުރާތީ ފެޑެރޭޝަނުން ހިތްހަމަނުޖެހުނީ ކަމަށެވެ. އޮސްކާ އަކީ އިންޑިއާ އާއި ރާއްޖޭގައި މަސައްކަތްކޮށް ދެކުނު އޭޝިއާގެ ފުޓްބޯޅައަށް ފަރިތަ އަދި ކާމިޔާބު ވެސް ހޯދާފައިވާ ކޯޗަކަށްވާތީ އޭނާއާ އެކު ނުކުމެ ކާމިޔާބު ހޯދޭނެ ކަމަށް ފެޑެރޭޝަނުން ގަބޫލުކުރެ އެވެ.

ބަންގްލަދޭޝްގެ އާ ކޯޗު އޮސްކާ އަކީ ރާއްޖޭގެ ނިއު ރޭޑިއަންޓަށް 2017-2018 އަށް ކޯޗުކޮށްދީ ކާމިޔާބު ހޯދާފައިވާ ދިވެހި ފުޓްބޯޅައަށް ވަރަށް ފަރިތަ ކޯޗެކެވެ. އޭނާ ވަނީ ނިއު އަށް 2017 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި 2018 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި 2018 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެކަމަކު ފަހު މެޗުން ހައިރާންކުރުވަނިވި ގޮތަކަށް ބަލިވެ ކެޓީ އެވެ.

އޮސްކާ ވަނީ އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު އުމެއިރާއި އަލީ ފާސިރު (ސެންޓޭ) އާއި އިމްރާން މުހައްމަދު އަދި އަކްރަމް އަބްދުލްގަނީ ހިމެނުނު ނިއުގެ އެ ޓީމު ލައްވާ ރީތި ޕާސިން ގޭމެއް ކުޅުވައިފަ އެވެ. އޭނާ ވަނީ 2017 ވަނަ އަހަރުގެ "މިހާރު" އެވޯޑްސްގެ އެންމެ މޮޅު ކޯޗުގެ މަގާމް ވެސް ހޯދައިފަ އެވެ. އޮސްކާ އެ އަހަރުގެ ވަކި ހިސާބަކުން ނިއު ދޫކޮށްލީ ބަންގްލަދޭޝްގެ ބަޝުންދުރާ އިން ބޮޑު އޮފާއެއް ލިބުމުންނެވެ. އޭރު ނިއު ވެސް އޮތީ މާލީ ގޮތުން ބަލިކަށިވެފަ އެވެ. އޮސްކާ ވަނީ ބަޝުންދުރާއަށް އެ ގައުމުގެ ލީގާއި ފެޑެރޭޝަން ކަޕް ކާމިޔާބުކޮށްދީފަ އެވެ.

ނިއުއާ ހަވާލުވުމުގެ ކުރިން އޮސްކާ ވަނީ ސްޕެނިޝް ލީގުގެ ސެލްޓާ ވީގޯގެ ޔޫތު ޓީމުގެ ކޯޗުކަމާއި ސްޕެނިޝް ދެ ވަނަ ޑިވިޝަނުގެ މަޔޯކާގެ އެސިސްޓަންޓް ކޯޗުކުކަންކޮށްފަ އެވެ. އަދި އިންޑިއާގެ އައި ލީގުގެ ސްޕޯޓިން ކްލަބް ޑި ގޯއާގެ ކޯޗުކަމާއި އިންޑިއަން ސުޕަ ލީގުގެ މުމްބާއީ ސިޓީ އެފްސީގެ އެސިސްޓަންޓް ކޯޗުކަންކުރި އެވެ. އޭރު އެ ޓީމުގެ ކޯޗަކީ ފްރާންސުގެ ކުރީގެ މަޝްހޫރު ފޯވާޑް ނިކްލަސް އަނެލްކާ އެވެ.

އޮސްކާ ވަނީ ދާދި ފަހުން އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި ކުޅެން ބަޝުންދުރާ ގޮވައިގެން ރާއްޖެ އައިސްފަ އެވެ. އެ ޓީމު ދިޔައީ ތިން ވަނަ އަށެވެ.

އަންނަ މަހު 1 ވަނަ ދުވަހު މާލޭގައި ފަށާ މުބާރާތުގައި ވާދަކުރަނީ ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން އިންޑިއާ އާއި ނޭޕާލާއި ސްރީ ލަންކާ އެވެ. ބަންގްލަދޭޝް އިން ވަނީ މުބާރާތް އެއް ފަހަރު ހޯދައިފަ އެވެ. އެއީ އަމިއްލަ ގައުމުގައި 2003 ގައި ބޭއްވި މުބާރާތުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox