ކްރިކެޓްގެ އަހަރީ އާންމު ޖަލްސާ މާދަމާ ބާއްވަނީ

Sep 17, 2021, 10:41 AM
ސައުތު އޭޝިއަން ގޭމްސްގެ މެޗެއްގައި ގައުމީ ޓީމު ވާދަކުރަނީ.

ސައުތު އޭޝިއަން ގޭމްސްގެ މެޗެއްގައި ގައުމީ ޓީމު ވާދަކުރަނީ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ އަހަރީ އާންމު ޖަލްސާ މާދަމާ ބާއްވަން ނިންމާފައިވާ ކަމަށް އެ ބޯޑުން ބުނެފި އެވެ.

ސީބީއެމް އިން ބުނީ އަހަރީ އާންމު ޖަލްސާ ތާވަލުކޮށްފައިވަނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ސޯޝަލް ސެންޓަރު ސެމީނާ ރޫމުގައި ކުރިއަށްގެންދާ ގޮތަށެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް އާންމު ޖަލްސާގައި ކުރިއަށްދާނީ އަހަރީ ބަޖެޓް ފާސްކުރުމާއި ކަލަންޑަރު ފާސްކުރުމުގެ އިތުރުން އެސޯސިއޭޝަންގެ ރިޕޯޓް މެމްބަރު ކްލަބްތަކަށް އިއްވުމުގެ އިތުރުން ދެން އެސޯސިއޭޝަނުގެ ހިންގުމުގެ ކަންތައްތަކާ ބެހޭ ނިންމުންތަކެވެ.

ކްރިކެޓް ބޯޑުގެ ލީޑަޝިޕްގައި މިހާރު ހުންނެވީ ކުރިން އެ ބޯޑްގެ ނައިބް ރައީސްކަމާއި ޖެނެރަލް ސެކްރެޓަރީކަން ކުރެއްވި މުހައްމަދު ފައިސަލް އެވެ. ފައިސަލް ރައީސަކަށް އިންތިހާބުވެވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އެވެ.

ފައިސަލްގެ ލީޑަޝިޕުން ދުރުރާސްތާ އާއި ކައިރި މުސްތަގުބަލުގައި ހާސިލްކުރަން ބޭނުންވާ ކަންތައްތައް ކުރަން ވަނީ ޕްލޭނެއް އެކުލަވާލައިފަ އެވެ. އޭގެ ތެރެއިން އެއް މަސައްކަތެއްގެ ގޮތުގައި ބޯޑުގެ ގިނަ ކަންކަން ޑިޖިޓަލްކޮށް ކުރިއަށް ގެންދިއުމުގެ ގޮތުން "މޯލްޑިވްސް ކްރިކެޓް އެޕް" ވަނީ ލޯންޗްކޮށްފަ އެވެ.

މިދިޔަ އަހަރެއްހާ ދުވަހު ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގިނަ އެސޯސިއޭޝަންތަކެއްގެ ހަރަކާތްތައް ހުއްޓިފައިވާއިރު، ކްރިކެޓަށް ވެސް އޭގެ ދަތިތައް ވަނީ ކުރިމަތިވެފަ އެވެ. އެކަމަކު، ފަހަކަށް އައިސް ކްރިކެޓްގެ ހަރަކާތްތައް ކޮންމެ ވެސް ވަރަކަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކްރިކެޓުގެ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ކުޅޭ މެޗުތަކަށް ތައްޔާރުވާން ގައުމީ ކްރިކެޓް ޓީމުން އަންނަނީ ޕްރެކްޓިސް ކުރަމުންނެވެ.

ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ކްރިކެޓް ޓީމުން އިންޑިއާގެ ކްލަބަކާ ދެކޮޅަށް މެޗުތަކެއް ކުޅެން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކޮލިފައިންގައި ރާއްޖެ ކުޅެން ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާ، ގަތަރު، ބަހްރެއިން އަދި ކުވެއިތާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox