އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް މުޅިން އަލަށް ތައާރަފްކޮށްފައިވާ 5ޖީ ހޯމް ބްރޯޑްބޭންޑް، އެއާފައިބާ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
އެ ކުންފުނީގެ ކަސްޓަމަރުންނަށް ވީހާވެސް ހެޔޮ އަގުގައި ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އުރީދުން އަބަދުވެސް މަސައްކަތްކުރެ އެވެ.
އެގޮތުން އެކުންފުނީގެ 5ޖީ ހޯމް ބްރޯޑްބޭންޑް، އެއަފައިބާ ޕްލޭންތަކަށް މިގެނައި ބަދަލުތަކާއެކު ކަސްޓަމަރުންނަށް ކުރިއަށްވުރެ ހަލުވި ސްޕީޑް އަދި އިތުރު ޑޭޓާ ލިބިގެންދާނެ އެވެ.
އުރީދޫ 5ޖީ އެއަރފައިބާ ޕްލޭންތަކުން ލިބޭ ޑޭޓާ އެލަވަންސް އަދި ސްޕީޑް

އުރީދޫ 5ޖީ އެއާފައިބާ ޕެކޭޖުތައް
މި ޕްލޭންތަކަށް ގެނެވުނު ބަދަލާ އެކު ހައި އިންޓަނެޓް ސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައް އެތައްގުނައަކަށް ކުޑަވެގެން ދާނެކަމަށް އުރީދޫން ބުނެ އެވެ.
ދުރު ރަށްރަށާއި ގޭގައި ތިބެގެން މަސައްކަތް ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 5ޖީ އެއާފައިބާގެ ހިދުމަތް މިހާރު ފަސޭހަކަމާއެކު ހޯދޭނެ ކަމަށް އުރީދޫން ބުނެ އެވެ. އެގޮތުން 12 މަހުގެ ކޮންޓްރެކްޓަކާއެކު ޑިވައިސް ޕްލޭންއެއް އެކުންފުނިން މިހާރު ފޯރުކޮށްދޭނެ އެވެ.
މީގެ އިތުރުން މުޅިން އަލަށް 5ޖީ އެއާފައިބަރގެ ހިދުމަތް ހޯދަންބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑިވައިސްނެގޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ހާއްސަ އޮފާއަކާ އެކު 5ޖީ ގެ ހަލުވި ސްޕީޑްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު އެކުންފުނިން ވަނީ ހުޅުވާލާފަ އެވެ.
އުރީދޫން ބުނީ އެކުންފުނިން ފޯރުކޮށްދޭ 5ޖީ ގެ ހިދުމަތުގެ ސަބަބުން ގޭގައި ތިއްބެގެން އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އަދި މަގުބޫލް ފިލްމުތަކާއި ޝޯތައް ސިކުންތުކޮޅެއްގެ ތެރޭގައި ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ. މީގެ އިތުރުން ހައިސްޕީޑް އިންޓަނެޓާއި ލޯ ލޭޓެންސީގެ ސަބަބުން ގޭމް ކުޅުންތެރިންނަށްބުރޫ އެރުމެއްނެތި ގޭމް ސެޝަންތައް ނިންމާލެވޭނެކަމަށް ވެސް އުރީދޫން ފާހަގަކުރެ އެވެ.










