އަނިޔާގެ ސަބަބުން އިބްރަހިމޮވިޗަށް ލިވަޕޫލް މެޗު ގެއްލޭނެ

Sep 14, 2021, 3:44 PM
އަނިޔާގެ ސަބަބުން އިބްރަހިމޮވިޗަށް ލިވަޕޫލް މެޗު ގެއްލޭނެ

މިލާން (ސެޕްޓެމްބަރު 14) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މާދަމާ ރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގައި އޭސީ މިލާންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗް ވަނީ މި ހަފްތާގައި މިލާނުން 2-0 އިން ލާޒިއޯ ބަލިކުރި މެޗުގައި ގޯލު ޖަހައިފަ އެވެ. މި ގޯލާ އެކު އިބްރަހިމޮވިޗް ވަނީ ފާއިތުވި 24 އަހަރު އޭނާ ކުޅުނު ކޮންމެ ކްލަބެއް ވާދަކުރާ ލީގުގައި ގޯލެއް ޖަހައިފަ އެވެ. އިބްރަހިމޮވިޗަށް ލިވަޕޫލް ދަނޑުގައި ކުޅޭ މެޗު ގެއްލުނީ ފައިގެ ފުއްނާބަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.

"އެ މެޗު (ލާޒިއޯ މެޗަށް) ފަހު އިބްރަހިމޮވިޗް ފަޔަށް ކޮންމެ ވެސް ވަރެއްގެ އަނިޔާއެއްވި. އަހަރެމެން ހީކުރީ މި މެޗަށް (ލިވަޕޫލް މެޗަށް) ރަނގަޅުވާނެ ކަމަށް. އެކަމަކު އަދިވެސް އިބްރަހިމޮވިޗް އުޅެނީ ތަދުވާތީ. އެހެންވެ އޭނާ ރިސްކު ނުކުރަން މެޗުގައި ނުކުޅުވަން ނިންމީ،" އޭސީ މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނެފި އެވެ.

Advertisement

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ އިބްރަހިމޮވިޗަށް ތައުރީފްކޮށް ވާހަަކަ ދައްކައިފަ އެވެ.

ޔޫރަޕްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިލާނުން މި ފަހަރު ޗެމްޕިއަންސް ލީގުގައި މި ވާދަކުރަނީ 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ. މި ފަހަރުގެ ސީޒަނުގައި އިޓާލިއަން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މިލާން އޮތީ މޮޅުވެފަ އެވެ.

ކްލޮޕް ބުނީ އޭނާގެ ޓީމުން މި ފަހަރު މި ނުކުންނަން ޖެހެނީ ފާއިތުވި އަހަރުތަކަށް ބަލާއިރު މިލާނުގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކަމަށެވެ. އަދި ލިވަޕޫލާއި މިލާނަކީ ޗެމްޕިއަންސް ލީގުގައި ވަރަށް ރަނގަޅު ތާރީހެއް އޮތް ދެ ކްލަބް ކަމަށްވާއިރު، ގިނަ ބަޔެއްގެ ޝައުގުވެރިކަން މި މެޗަށް ހުއްޓޭނެ ކަމަށް ކްލޮޕް ބުނެފައިވެ އެވެ.

"ޗެމްޕިއަންސް ލީގުގައި މި ފަހަރު ވަރަށް ރަނގަޅު މެޗުތަކެއް ގްރޫޕް ސްޓޭޖުގައި ވެސް އެބައޮތް. އޭގެއިން އެއް މެޗު މިއީ (ލިވަޕޫލާއި މިލާން)ގެ މެޗަކީ،" ކްލޮޕް ބުންޏެވެ.

ލިވަޕޫލާއި މިލާންގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި ޕޯޗުގަލްގެ ޕޯޓޯ އެވެ.

ކްލޮޕް ބުނީ ލިވަޕޫލަށް މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖާ ހަމައިން ވެސް އޮތީ އާންމުކޮށް ނޮކައުޓް ބުރުގައި ޖެހޭ ލެވަލްގެ މެޗުތަކެއް ކަމަށާއި އެހެން ކަމުން އެއްވެސް މެޗެއްގެ އެއްވެސް ވަގުތެއްގައި ގޯހެއް ހެދިގެން ނުވާނެ ކަމަށެެވެ.

ލިވަޕޫލާއި މިލާން ކުޅޭ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox