ސެޓެއް ވެސް ނުގެއްލި އެމާ ސެމީ ފައިނަލަށް

Sep 9, 2021, 2:06 AM
ވިމްބަލްޑަން މެޗުގެ ތެރެެއިން އެމާ.-- ފޮޓޯ: އޭއެފްޕީ

ވިމްބަލްޑަން މެޗުގެ ތެރެެއިން އެމާ.-- ފޮޓޯ: އޭއެފްޕީ

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 9) - އަރަމުން އަންނަ އިނގިރޭސި އަންހެން ޓެނިސް ތަރި އުމުރުން 18 އަހަރުގެ އެމާ ރަޑުކާނީ، އެންމެ ސެޓެއް ވެސް ނުގެއްލި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ދާދި ފަހުން އޭ ލެވަލް ޓެސްޓްތައް ހަދައި ހިސާބާއި އިކޮނޮމިކްސް އިން މަތީ މާކްސް ހޯދި އެމާ ޕްރޮފެޝަނަލް ޓެނިހަށް ފުރަތަމަ ފަހަަރަށް ނުކުމެ ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތެއްގައި އަލަށް ވާދަކޮށް ވިމްބަލްޑަންގައި ތަފާތު ދެއްކި އެވެ. އެކަމަކު، ވިމްބަލްޑަންގެ ގަދަ 16 ކުޅުންތެރިންގެ ބުރުގެ މެޗުގެ ތެރެއިން އެމާ އަށް ނޭވާލާން އުނދަގޫ ވެގެން މެޗު ދޫކޮށްލަން ޖެހުނެވެ. ޕްރެޝަރުގައި އެމާ އަށް ޓެނިސް ކުޅެވިދާނެތޯ ސުވާލު އުފެއްދި މީހުންނަށް އެމާ އަންނަނީ މި ފަހަރު ޔޫއެސް އޯޕަންގައި ޖަވާބު ދެމުންނެވެ.

ޔޫއެސް އޯޕަންގައި މިހާތަނަށް ކުޅުނު ކޮލިފައިން ތިން މެޗާއި މެއިން ޑްރޯގެ ތިން މެޗުން ސެޓެއް ވެސް ގެއްލުވާނުލައި ހުރިހާ މެޗަކުން އެމާ ވަނީ މޮޅުވެފަ އެވެ. ރޭގެ ކުއާޓާ ފައިނަލް މެޗުން އެމާ ވަނީ މިދިޔަ މަހު އޮލިމްޕިކްގެ އަންހެން ސިންގަލްސް އިން ރަން މެޑަލް ހޯދި ސްވިޒަލެންޑްގެ ބެލިންޑާ ބެންޗިޗް ބަލިކޮށްފަ އެވެ. އެމާ ސެޓުތައް ގެންދިޔައީ 6-3 6-4 އިންނެވެ.

މި މޮޅާ އެކު އެމާ އަށް ޓެނިހުގެ ރޭންކިންގެ ގަދަ 50 ގެ ޖާގައެއް ކަށަވަރުވީ އެވެ. އޭނާ މި ފަހަރުގެ ޔޫއެސް އޯޕަން އަށް ނުކުތްއިރު އޮތީ 150 ވަނަ މަގާމުގަ އެވެ. ގަދަ 50 ޖާގަ ލިބުމާ އެކު އެމާ އަކީ އިނގިރޭސި އަންހެން ކުޅުންތެރިންނަށް ބަލާއިރު އެންމެ ރޭންކިން ރަނގަޅު ކުޅުންތެރިޔާ އެވެ.

އަންނަ ބުރާސްފަތި ދުވަހު ކުޅޭ ސެމީ ފައިނަލްގައި އެމާ ބައްދަލުކުރާނީ ޗެކް ރިޕަބްލިކްގެ ކެރޮލީނާ ޕްލިސްކޯވާ ނޫނީ ގްރީސްގެ މާރިއާ ސަކާރީ ތެރެއިން ކުޅުންތެރިއަކާ އެވެ. އެ މެޗުން އެމާ މޮޅުވެއްޖެނަމަ އޭނާ ވެގެންދާނީ ގްރޭންޑް ސްލޭމްގެ ތާރީހުގައި ކޮލިފައިން ބުރުން ގޮސް މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ އަންހެން ކުޅުންތެރިޔާ އަށެވެ.

އެމާ އަކީ 2005 ވަނަ އަހަރަށް ފަހު ޔޫއެސް އޯޕަން ސެމީ ފައިނަލުން ފެންނާނެ އެންމެ ޒުވާން އަންހެން ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ ރަޝިއާގެ ކުޅުންތެރިޔާ މާރިއާ ޝަރަޕޯވާ އަތުގަ އެވެ. ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސްގެ އަނެއް ސެމީގައި ކެނަޑާ އަށް އުފަން 19 އަހަރުގެ ލޭލާ ފެނާންޑޭޒް ބައްދަލުކުރާނީ ބެލަރޫސްގެ އަރީނާ ސަބަލެންކާއާ އެވެ.

މި ފަަހަރުގެ ޔޫއެސް އޯޕަން އެމާ އަށް ކާމިޔާބު ކުރެވިއްޖެނަމަ އެމާ ވެގެންދާނީ 1977 ވަނަ އަހަރަށް ފަހު ގްރޭންޑް ސްލޭމް ތައްޓެއް ކާމިޔާބުކުރާ އިނގިރޭސި ފުރަތަމަ އަންހެން ކުޅުންތެރިޔާ އަށެވެ. އަދި 1968 ވަނަ އަހަރަށް ފަހު ޔޫއެސް އޯޕަން ކާމިޔާބުކުރާ އިނގިރޭސި ފުރަތަމަ އަންހެން ކުޅުންތެރިޔާ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox