އަލިފުށީ ރައްޔިތުންނަށް އެއާޕޯޓް ވާނީ އިގުތިސޯދީ ޖަވާހިރަކަށް

އަލިފުށީ ރައްޔިތުންތަކެއް: އެއާޕޯޓްގެ މަޝްރޫއުއާއެކު އެ ރަށުގެ އިގްތިސޯދު ހުޅުވިގެން ދާނެ ކަމަށް ރައްޔިތުން ގަބޫލު ކުރޭ - ފޮޓޯ: އަލިފުށި ލައިވް

އަލިފުށީ ރައްޔިތުންތަކެއް: އެއާޕޯޓްގެ މަޝްރޫއުއާއެކު އެ ރަށުގެ އިގްތިސޯދު ހުޅުވިގެން ދާނެ ކަމަށް ރައްޔިތުން ގަބޫލު ކުރޭ - ފޮޓޯ: އަލިފުށި ލައިވް

ބޯޓު ބަނުމަށް، ޔޮޓު އުފެއްދުމަށް، ރ. އަލިފުއްޓަށް އުފަންވާ ކުދިންގެ ގުދުރަތީ ހުނަރެއް ހުންނަ ކަމަށް ބައެއް ފަހަރު ހީވާ ކަހަލަ އެވެ. އެންމެ 3000 މީހުން ވެސް ހަމަނުވާ މި ކުޑަކުޑަ އާބާދީ އޮންނަ ރަށުގައި ކޮންމެ އަހަރަކު 20 ނުވަތަ 25 ޔޮޓު ބަނދެ އެވެ.

އަލިފުށީ ރައްޔިތުން ގަބޫލު ކުރަނީ، އެއީ އަދި ކުޑަ މިންވަރެއް ކަމަށެވެ. އެއަށްވުރެ ގިނަ ބޯޓު ރަށުގައި ބަނދެވިދާނެ ކަމަށް އެމީހުން ގަބޫލު ކުރެ އެވެ. އެއަށްވުރެ މާ ގިނަ އިންވެސްޓްމެންޓުތައް ހޯދިދާނެ ކަމަށް އަލިފުށީ މީހުން ދެކެ އެވެ. އެކަމަށް ހުރަހެއް ނެތް ނަމަ އެވެ.

އެކަމަކު އަލިފުށީ ރައްޔިތުންގެ ހުވަފެންތަކާއި އެ ހުވަފެންތައް ހަގީގަތަކަށްވުމާ ދެމެދު އޮތީ ކަނޑެކެވެ. ބިޔަ، ބޮޑު، ރުޅިގަދަ ކާށިދޫ ކަނޑެވެ.

"އަޅުގަނޑުމެންނަކީ ވެސް އަދި އެ އިންވެސްޓަރުންނަކީ ވެސް ހަމަ އިންސާނުން އިނގޭތޯ، މާލެއިން ނުވަތަ އެހެން ރަށަކުން ވެސް އަލިފުއްޓަށް އަންނަން ނަމަ މި ޖެހެނީ ކާށިދޫ ކަހަލަ ބޮޑެތި ގަދަ ކަނޑުތައް ހުރަސް ކުރަން. ވަރަށް ދަތި ބުރަ އުނދަގޫ ކަމެއް އެއީ. އަޅުގަނޑުމެން އެގޮތަށް އުޅެން ޖެހިފައިވާތާ މިދަނީ އުމުރު ދުވަސް އެއްކޮށް،" މުޅި ރާއްޖެއަށް ވެސް މަޝްހޫރު، އަލިފުށީ އަލީ ހަސަން (ވަޑި ހަސަން) ކިޔައިދިނެވެ.

ވަޑި ހަސަން ގަބޫލު ކުރާ ގޮތުގައި އަލިފުށީގައި އަޅަން ނިންމާފައިވާ އެއާޕޯޓު ވެގެންދާނީ ރަށުގެ އިގްތިސާދު ބާރު ސްޕީޑުގައި ކުރިއަށްގެންދާނެ މެޝިނަކަށެވެ. އެއިރުން ދިވެހިރާއްޖެއިން ބޭރުން އަންނަ އިންވެސްޓަރުންނަށް ވެސް ރަށަށް އަރައި، ފޭބުމަށް ހުރި އުނދަގޫތައް ނެތިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

"އަލިފުއްޓަކީ ހަމަ އެންމެ ކުރީގަ އުޅޭ ރަށެއް، ބޯޓު ބިލްޑިން ސިނާއަތުގަ ރާއްޖޭގަ، އެ ބަނދެލަނީ އެންމެ ކޮލިޓީ ފެންވަރުގެ ބޮޑެތި، ލަގްޒަރީ ޔޮޓުތައް ސްކްރެޗުން،" އެއާޕޯޓާއެކު ރަށަށް އިންވެސްޓަރުން އަންނާނެ ކަމުގެ ޔަގީންކަމުގައި ހުރި ވަޑި ހަސަން ބުންޏެވެ.

އަލިފުށީ ބޯޓްޔާޑް: މިއީ އެ ރަށުގެ އިގުތިސޯދު ގުޅިފައިވާ ސިނާއަތް - ފޮޓޯ: ވީއޭ ބޯޓް ޔާޑް ޕޭޖް
އަލިފުށީ ބޯޓްޔާޑް: މިއީ އެ ރަށުގެ އިގުތިސޯދު ގުޅިފައިވާ ސިނާއަތް - ފޮޓޯ: ވީއޭ ބޯޓް ޔާޑް ޕޭޖް

އަލިފުށީ ބޯޓްޔާޑް: މިއީ އެ ރަށުގެ އިގުތިސޯދު ގުޅިފައިވާ ސިނާއަތް - ފޮޓޯ: ވީއޭ ބޯޓް ޔާޑް ޕޭޖް

އަލީ ހަސަންގެ ބަހަށް އިތުރު ދެ ތިން ޖުމްލަ އެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޒަހީން އިތުރުކޮށްލެއްވި އެވެ.

"އެންމެ ކުޑަ ބޮއްކުރާ ގަނޑަކުން ފެށިގެން 12-15 މިލިއަން ޑޮލަރަށް އަރާ ވަރުގެ ދުނިޔޭގެ ފެންވަރުގެ ޔޮޓުތައް ވެސް އެބަ ބަނދޭ ހަމަ މި ރަށުގަ. އެއީ ހަމަ ސުމަކުން ފަށައިގެން 100 އަށް އިނގޭތޯ. މި ރަށުގެ ވަޑިންގެ ވާހަކަ އެއީ، ސްކޫލު ފޮތްތަކުގައި ވެސް ކިޔައިދީފަ ހުރި ވާހަކަތަކެއް،" އޭނާ ވިދާޅުވި އެވެ.

އަލިފުށީގައި އެއާޕޯޓެއް އަޅަން ސަރުކާރުން ބަޔަކާ ހަވާލުކޮށްފައި ވަނީ މީގެ ހަފްތާއެއް ކުރިންނެވެ. ވަޑި ހަސަންގެ އިތުރުން، މުޅި ރަށުގެ ރައްޔިތުންގެ ވެސް ހެޔޮ ހިތުން އެ ހަބަރު ބަލައިގަތްއިރު، ކިއްސަރު ވަޑާމާއި ތެދުއިވަޑާމުގެ މަސައްކަތް ކުރާ މީހުން ވެސް ދެކެނީ މިއީ އިންޑަސްޓްރީއަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

"އަލިފުއްޓަކީ މި ދެންނެވި ގޮތަށް ވަޑާމާއި ބޯޓުގެ މަސައްކަތަށް ދެވަނައެއް ނެތް ވަރުގެ ރަށެއް. ރަށަށް ހަގީގަތުގައި އެއާޕޯޓެއް ބޭނުންވާނެ މައިގަނޑު ސަބަބަކީ ވެސް އެއީ. މިހާރު ރަށަށް އިންވެސްޓަރުން އެކަހަލަ މަސައްކަތްތަކަށް އައުމަށް ކުރިމަތިވާ ދަތިތަކާ ހެދި އެތައް ގެއްލުމެއް ވޭ،" ތަޖުރިބާގެ އަލީގައި ހަސަން އޭނާގެ ހިޔާލު ހިއްސާ ކުރި އެވެ.

އެއާޕޯޓާއެކު އަލިފުށި ރައްޔިތުންގެ ބޭނުންވަނީ ބޯޓެއް ބަނުމުގެ އެއްވެސް މަސައްކަތެއް ކުރަން ބޭނުންވާ ބަޔަކު ތިބި ނަމަ އަވަހަށް އަލިފުއްޓަށް ފުރުމަށެވެ. ބޯޓު ބިލްޑިން އިންޑަސްޓްރީގެ މައި ހަބަކަށް އަލިފުށި ހެދޭނީ އެންމެންގެ އެއްބާރުލުން ވެސް ލިބިގެން ކަމަށް ރަށުގެ ރައްޔިތުން ގަބޫލުކުރެ އެވެ.

ހަސަން އަދި ރަށުގެ ގިނަ ބަޔަކު ދެކޭ ގޮތުގައި އަލިފުއްޓަކީ ރާއްޖޭގައި އެރަށަކަށް ދަތުރު ކުރުމަށް އެންމެ އުނދަގޫ އެއް ރަށެވެ. އެހެންވެ، ރަށުގެ ތަރައްގީ އާއި ކުރިއެރުން ވެސް އޮތީ ވަރަށް ބޮޑަށް ފަހަތު ފަޔަށް ޖެހިފައި ކަމަށް އޭނާ ދެކެ އެވެ. އެހެންނަމަވެސް އެއާޕޯޓަކާއެކު އެ ހުރިހާ ކަމެއް ވެސް ބަދަލުވާނެ ކަމަށް އަލިފުށީ މީހުން އުއްމީދު ކުރެ އެވެ.

އަލިފުށީގައި އެއާޕޯޓެއް އެޅުމަކީ "ބޭކާރު އަދި ބޯހަމަނުޖެހޭ" ސިޔާސަތެއްކަމަށް ދެކޭ ފަރާތްތަކަށް، އަލިފުށި ރައްޔިތުން ގޮވާލަނީ އެ ރަށަށް ލިބޭ ތަރައްގީގެ ކުރިއެރުމަށްޓަކައި އުފާކުރުމަށެވެ.

"ހަމަ ރާއްޖޭގެ ޖީޑީޕީއަށްވެސް ފައިދާކުރުމުގެ ފުރުސަތެއް އޮތް ވަރުގެ ސިނާއަތެއް މިއީ. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ގައުމީ ފެންވަރުގައި އަލިފުށީގައި މި އޮތް ވަރުގަދަ ސިނާއަތް ތަރައްގީ ކުރަން. އެކަން ކުރުމުގެ ފުރުސަތު އެބަ އޮތް އެއާޕޯޓާއެކު،" ޔަގީންކަމާއެކު އަލީ ހަސަން ބުނެލި އެވެ.

އަލިފުށި: ރަށުގައި އެއާޕޯޓް އަޅަން ވަނީ ހަވާލުކޮށްފައި
އަލިފުށި: ރަށުގައި އެއާޕޯޓް އަޅަން ވަނީ ހަވާލުކޮށްފައި

އަލިފުށި: ރަށުގައި އެއާޕޯޓް އަޅަން ވަނީ ހަވާލުކޮށްފައި

އަލިފުށީގެ އިތުރުން އެ ރަށު ކައިރި ރަށްރަށުގައި ދިރިއުޅޭ 7،000 ރައްޔިތުންނަށް ވެސް އެއާޕޯޓުގެ ފައިދާ ކުރާނެ ކަމަށް ރަށު މީހުން ގަބޫލު ކުރެ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުހިންމު އިގްތިސޯދީ ނިންމުމެއް މިއީ ސަރުކާރުގެ. އިންޑަސްޓްރިއަލް ގޮތުން އަލިފުށީގެ އެއާޕޯޓުން އިގްތިސޯދަށް ބޮޑެތި ފައިދާތަކެއް ކުރާނެ،" ޒަހީން އޭނާގެ ވިސްނުން ހިއްސާކުރި އެވެ.

އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް އެޅުމުގެ މަޝްރޫއުއަކީ އެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސީން މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކާއިރު، އޭގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް ހާއްސަކުރާ ބިމެކެވެ. ބާކީ އޮތް 40.5 ހެކްޓަރަކީ 1200 މީޓަރުގެ ރަންވޭއެއް އޮންނަ އެއާޕޯޓަށް ހާއްސަ ސަރަހައްދެކެވެ. ހަތަރު ސަތޭކަ ފަންސާސް މިލިއަން ރުފިޔާގެ މި މަޝްރޫއު 750 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

އެއާޕޯޓަކީ ބޭކާރު، އަދި ވަކި މަގުސަދެއްގައި ހިންގާ ޕްރޮޖެކްޓެއް ކަމަށް ބުނެ، އެއާޕޯޓަށް ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރިއިރު، އެގޮތަށް އިހުސާސްވާ ފަރާތްތަކަށް އަލިފުށީގެ ރައްޔިތުން ބުނަނީ އެ އެއާޕޯޓަކީ ރާއްޖޭގެ މުޅި އިގްތިސޯދު ސިންދަފާތުކުރުމަށް އެޅެން އޮތް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެކަމުގެ ފުރުސަތު ލިބިގެންދާތީވެ އުފާކުރުމަށެވެ. ގައުމީ ކަމެއްގެ ގޮތުގައި އެކަން ދެކުމަށެވެ.

"އެހެންވެ މި އެދެނީ އެއްވެސް ރަށެއްގެ ތަރައްގީ ކުރިމަރާ ނުލަން، އަޅުގަނޑުމެންވެސް ނޭދެން ހަމަ އެހެން އެއްވެސް ހާލެއްގަ އެގޮތަކަށް އެއްވެސް ރަށަކަށް،" ފޯނު ބާއްވަމުން ކައުންސިލުގެ ނައިބު ރައީސް ޒަހީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox