ރެއާލްގެ ސަޕޯޓަރު އަލްކަރާޒް ޓެނިހުގެ ދުނިޔޭގައި ވިދަނީ

Sep 7, 2021, 7:51 AM
ޔޫއެސް އޯޕަން މެޗެއްގެ ތެރެއިން އަލްކަރާޒް.-- ފޮޓޯ: އޭއެފްޕީ

ޔޫއެސް އޯޕަން މެޗެއްގެ ތެރެއިން އަލްކަރާޒް.-- ފޮޓޯ: އޭއެފްޕީ

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 7) - މި ފަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި އާދަޔާހިލާފު ނަތީޖާތަކެއް ނުކުންނައިރު، މި ވަގުތު އެންމެ ވަރުގަދަ އަށް ދެކެވެނީ ސްޕެއިނުގެ 18 އަހަރުގެ ކުޅުންތެރިޔާ ކާލޯސް އަލްކަރާޒްގެ ވާހަކަ އެވެ.

އޭނާ އަކީ 1989 ވަނަ އަހަރަށް ފަހު ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތެއްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. މާނަ އަކީ އޭނާ ހާސިލް އެކުރި ކަމަކީ އެކާވީސް ވަނަ ގަރުނުގައި ޓެނިހުގެ ރަސްކަން ކުރަމުން އަންނަ ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އާއި ސްޕެއިނުގެ ރަފައެލް ނަޑާލް އަދި ސާބިއާގެ ނޮވަކް ޖޮކޮވިޗަށް ނުވެ އޮތް ކަމެކެވެ.

ނަޑާލް، 35، އާއި ފެޑެރާ، 40، އަށް ތަކުރާރުކޮށް ކުރިމަތިވަމުން އަންނަ އަނިޔާގެ މައްސަލަތަކާ ހުރެ މިދިޔަ ދެ އަހަރެއްހާ ދުވަހު ވެސް ގިނަ މުބާރާތްތަކެއް ވަނީ ގެއްލިފަ އެވެ. ޖޮކޮވިޗް، 34، ވެސް ކެރިއަރުގެ އެންމެ ޕީކުގައި ދެން ގިނަ އަހަރުތަކެއް ވަންދެން ކުޅެވިދާނެތޯ ޓެނިހުގެ ތަޖުރިބާކާރުން ސުވާލު އުފައްދަ އެވެ. ޓެނިހުގައި ކުރިއަރާނެ އާ ކުޅުންތެރިންތަކެއް ކައިރި މުސްތަގުބަލެއްގައި ފެންނާނެ ކަމަށް ބަލައިގެން ހުއްޓައި އަލްކަރާޒް މި ވަނީ އުއްމީދެއް ހޯދައިދީފަ އެވެ.

ޔޫއެސް އޯޕަން މެޗެއްގެ ތެރެއިން އަލްކަރާޒް.-- ފޮޓޯ: އޭއެފްޕީ

ޔޫއެސް އޯޕަންގެ ކުއާޓާ ފައިނަލުން އަލްކަރާޒް ފުރުސަތު ހޯދީ ގަދަ 16 ކުޅުންތެރިންގެ ބުރުގައި ފަހަތުން އަރައި ޖަރުމަނުގެ ޕީޓާ ގޮޔޯވްޗިކް އަތުން މޮޅުވެގެންނެވެ. އެ މެޗަށް ފަހު އަލްކަރާޒަށް ތައުރީފުކުރި އެކަކަކީ ޓެނިހުގެ ލެޖެންޑް މެޓް ވިލަންޑާ އެވެ. ވިލަންޑާ ބުނީ އަލްކަރާޒްގެ ފަރާތުން ފެނުނު ކަމަކީ ޒުވާން އުމުރުގައި ނަޑާލްގެ ފަރާތުން ފެނުނު ކޮލިޓީ ކަމަށެވެ.

ނަޑާލާއި އަލްކަރާޒް ވަނީ ދާދި ފަހުން މެޑްރިޑް އޯޕަންގައި ވާދަކޮށްފަ އެވެ. އެ މެޗަށް ފަހު ނަޑާލް ވަނީ އަލްކަރާޒަށް ތައުރީފުކޮށްފަ އެވެ. އަދި އަލްކަރާޒަކީ މޮޅު ކުޅުންތެރިއަކަށް ވާނެ ފެންވަރު ހުރި ކުޅުންތެރިއެއް ކަން ފާހަގަކޮށް، ނަޑާލް ބުނީ ޓެނިހުގައި ސްޕެއިނަށް ނިސްބަތްވާ ކުޅުންތެރިއަކު އަނެއްކާ ވެސް ވިދާލާނެތީ ވަރަށް އުފަލުން ހުރި ކަމަށެވެ.

އަލްކަރާޒަކީ ނަޑާލެކޭ އެއްގޮތަށް ރެއާލް މެޑްރިޑްގެ ސަޕޯޓަރެކެވެ. ރެއާލުން ވަނީ އަލްކަރާޒް އެންމެ ފަހުން ކުޅުނު މެޗުގެ ކުރިން ރެއާލްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އަލްކަރާޒަށް ހިތްވަރުގެ މެސެޖެއް ޕޯސްޓްކޮށްފަ އެވެ.

އަލްކަރާޒަށް ކަމުދަނީ ފެޑެރާގެ ސްޓައިލް؟

ނަޑާލާ އެއްގޮތް ކަންތައްތަކެއް އަލްކަރާޒްގެ ދިރިއުޅުމުގައި ހުރި ކަމުގައި ވިޔަސް ކުޅުމުގެ ސްޓައިލަށް ބަލާއިރު އަލްކަރާޒާ ވައްތަރު ގޮތެއް ހުރީ ފެޑެރާގެ އެވެ.

މެޑްރިޑް އޯޕަން މެޗެއްގެ ތެރެއިން ނަޑާލް (ކ) އާއި އަލްކަރާޒް ފޮޓޯ އަކަށް ހުއްޓިގެން.

އަލްކަރާޒް ބުނީ އެއްވެސް ކުޅުންތެރިއަކު ކޮޕީނުކުރާ ކަމަށެވެ. އެކަމަކު، ކުޅުން އެއްގޮތް ކުޅުންތެރިއަކު ހުރިތޯ ކުރާ ސުވާލަށް ޖަވާބެއް ދޭނަމަ ބުނެވޭނީ ފެޑެރާއާ ވައްތަރު ގޮތްތަކެއް ހުރެދާނެ ކަމަށެވެ.

"ހަގީގަތަށް ބުނާނަމަ އަހަރެން އެއްވެސް ކުޅުންތެރިއަކު ކޮޕީއެއް ނުކުރަން. އަހަރެން އަމިއްލަ ގޭމެއް ކުޅެން ބޭނުމީ. އެކަމަކު، އަހަންނާ ކުޅުން އެއްގޮތް ކަންތައްތަކެއް ހުންނަ ކަމަށް ކުޅުންތެރިއަކު ބުނާނަމަ އަހަންނަށް ފެންނަނީ އެއީ ފެޑެރާ ކަމަށް،" އަލްކަރާޒް ބުންޏެވެ.

އަހަރެން ވަރަށް ގިނައިން ފެޑެރާގެ ކަންކަން ދަސްކުރަން މަސައްކަތް ކުރަން - އަލްކަރާޒް

ފާއިތުވި އަހަރުތަކުގައި ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ކޮލިފައިން ބުރު ފަހަނައަޅައި ދިއުން ވެސް އަލްކަރާޒަށް ވީ ޗެލެންޖަކަށެެވެ. ބުރަ މަސައްކަތުން އެކަމުން ކުރިހޯދައި މިހާރު އޭނާ ކުރިމަތިލައިގެން ހުރީ ތަފާތު ޗެލެންޖަކަށެވެ. ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރާ އެންމެ ޒުވާން ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދާށެވެ. އޭނާ މިރޭ ކުޅޭ ޔޫއެސް އޯޕަންގެ ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ކެނަޑާގެ ފެލިކްސް އޯގާ-އެލިއަސީމޭއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox