ކިއުބާގައި ދެ އަހަރުގެ ކުދިންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފި

ކިއުބާގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް ކޮވިޑް ވެކްސިން ދެނީ.-- ފޮޓޯ: އޭއެފްޕީ

ކިއުބާގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް ކޮވިޑް ވެކްސިން ދެނީ.-- ފޮޓޯ: އޭއެފްޕީ

ހަވާނާ، ކިއުބާ (ސެޕްޓެމްބަރު 7) - ކިއުބާގައި އުމުރުން ދެ އަހަރުން ފެށިގެން ކުޑަކުދިންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފި އެވެ.

ކިއުބާގައި ދެމުން އަންނަނީ އެ ގައުމުގައި އުފައްދާފައިވާ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ހުއްދަ ލިބިފައި ނުވާ ވެކްސިނެކެވެ. ނަމަވެސް އެ ގައުމު ވެފައި މި ވަނީ ދެ އަހަރުން ފެށިގެން ކުޑަކުދިންނަށް ވެކްސިން ދޭން ފެށި ފުރަތަމަ ގައުމަށެވެ.

ކިއުބާގެ ލަނޑުދަނޑިއަކީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ބަންދުކޮށްފައި ހުރި ސްކޫލުތައް އަލުން ހުޅުވަން ވާއިރަށް އެ ގައުމުގެ 11.2 މިލިއަން މީހުންގެ ވެކްސިން ފުރިހަމަ ކުރުމެވެ.

އާ ދިރާސީ އަހަރު ހޯމަ ދުވަހު ފެށި ނަމަވެސް މި ވަގުތު ކްލާސްތައް ކުރިއަށް ގެންދަނީ ގޭގައި ތިބެގެން ޓީވީ ޕްރޮގްރާމްތައް މަދުވެރިކޮށެވެ. ކިއުބާގެ ގިނަ ގެތަކުގައި އިންޓަނެޓުގެ ހިދުމަތެއް ނުހުރެ އެވެ.

ކިއުބާގައި އުފެއްދި އަބްޑަލާ އަދި ސޮބެރަނާ ކޮވިޑް ވެކްސިންގެ ޓެސްޓުތައް ނިންމުމަށް ފަހު ކިއުބާގައި ކުޑަކުދިންނަށް ވެކްސިން ދޭން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. އެންމެ ފުރަތަމަ ދޭން ފެށީ 12 އަހަރުން މަތީގެ ކުދިންނަށެވެ.

އޭގެ ފަހުން ހޯމަ ދުވަހުން ފެށިގެން އުމުރުން ދެ އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެސް ވަނީ ވެކްސިން ދޭން ފަށާފަ އެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް 12 އަހަރުން މަތީގެ ކުދިންނަށް އަންނަނީ ވެކްސިން ދެމުންނެވެ. އަދި އެއަށްވުރެ ހަގު ކުދިންގެ މެދުގައި ވެކްސިންގެ ޓެސްޓުތައް ދަނީ ހިންގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox