އަފްގާން ޖަލުން މިނިވަން ވިޔަސް އާދެވޭނެ ގޮތެއް ނެތް: އާއިލާ

ޖަލުގައި ހުރި ޝާފިއު: އޭނާ އާއި އާއިލާ ވަނީ މިނިވަން ކޮށްފައި.

ޖަލުގައި ހުރި ޝާފިއު: އޭނާ އާއި އާއިލާ ވަނީ މިނިވަން ކޮށްފައި.

އަފްގާނިސްތާނުގެ ޖަލުގައި ތިބި ދިވެހި ދެމަފިރިންނާއި އެ މީހުންގެ ހަތަރު ދަރިން މިދިޔަ ހަފްތާގެ ތެރޭގައި ޖަލުން މިނިވަން ވިނަމަވެސް ރާއްޖެ ގެނެވޭނެ ގޮތެއް އަދި ނެތް ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

އަފްގާނިސްތާނު ޖަލުން މިނިވަންވީ ހ. މޫންލައިޓްވެލީ، އަލީ ޝާފިއު، 32، އާއި އޭނާގެ އަނބިމީހާ ގދ. ގައްދޫ، މާލިލީގޭ، ޝަހުދާ ހަމީދު، 33، އާއި އެމީހުންގެ ހަތަރު ކުދިންނެވެ.

މީގެ ތިން އަހަރު ކުރިން ނޮވެމްބަރު 11، 2018 ގައި އަފްގާނިސްތާނުގެ އަންގަރްހާރު ޕްރޮވިންސުން އެމީހުން ހައްޔަރުކޮށް އެ ގައުމުގެ ކޯޓަކުން ހުކުމްކުރީ 21 އަހަރަށް ޖަލަށްލުމަށެވެ. އެކަމަކު ތާލިބާނުން ވެރިކަމާ ހަވާލުވުމަށް ފަހު އެ މީހުން މައްސަލަ އަނބުރާ ބެލުމަށް ފަހު ކުށް ސާބިތު ނުވާ ކަމަށް ނިންމައި މިދިޔަ ހަފްތާގެ ތެރޭގައި އެ އާއިލާ މިނިވަންކުރީ އެވެ.

އަފްގާނިސްތާންގެ ބޯޑަރު ބަންދު ކޮށްފައި އޮތުމުގެ ސަބަބުން އަމިއްލައަށް އެގައުމުން ބޭރު ވުމަކީ މިހާރު ދަތި ކަމެކެވެ.

ޝާފިއުގެ އާއިލާ މެމްބަރަކު މިއަދު "އަދަދު" އަށް ބުނިގޮތުގައި ތާލިބާނުން އަންގާފައި ވަނީ ދިވެހި ސަރުކާރުން އެދެފި ނަމަ އެ އާއިލާ ރާއްޖެ ފޮނުވައި ދޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކަމުގެ ހަބަރެއް ނުދޭ ކަމަށް އޭނާ ބުންޏެވެ.

"ޝާފިއުގެ އާއިލާ ބޭނުންވޭ ރާއްޖެ އަންނަން. އެކަމަކު ސަރުކާރުގެ އެއްވެސް ތާކުން ހަބަރެއް ނުވޭ،" އޭނާ ބުންޏެވެ.

ޝާފިއުގެ އާއިލާ އަފްގާނިސްތާންގައި ތިބިއިރު ފައިސާގެ ދަތިކަމުގެ ސަބަބުން އެ މީހުންނަށް ރާއްޖޭގެ އާއިލާއާ ގުޅެނީ ވެސް ވަރަށް މަދުން ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ މައްސަލައާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ދިވެހި ސަރުކާރުގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފަ އެވެ.

ޝާފިއުއަށް ގިނަ ތުހުމަތުތަކެއް

ޝާފިއު އޮކްޓޯބަރު، 2018، ގައި އަފްގާނިސްތާނަށް އެތެރެވީ ސްރީ ލަންކާ މަގުން ޕާކިސްތާނަށް ގޮސް އެ ގައުމުންނެވެ. ޝާފިއު ހައްޔަރުކޮށް އޭނާގެ މައްޗަށް ހުކުމް އިއްވީ އޭނާ އަފްގާނިސްތާނަށް ދަތުރު ކުރީ ޓެރަރިސްޓު ޖަމާއަތް އިސްލާމިކް ސްޓޭޓުގެ ގޮތްޕެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް ހޮރިސާން ޕްރޮވިންސް" އާ ގުޅުމަށް ކަމަށް ތުހުމަތުކޮށެވެ.

އޭގެ ކުރިން 2015 ވަނަ ޖިހާދު ކުރަން ދާން ކަމަށް ބުނެ އަނބިމީހާ އާއި ދަރިއަކު ގޮވައިގެން ސީރިއާ ފުރަން އުޅޭ ކަމުގެ ތުހުމަތަށް ރާއްޖޭގެ އެއާޕޯޓުން ވެސް ޝާފިއު ހިފަހައްޓައިފައިވެ އެވެ.

އޭގެ އިތުރުން، ޝާފިއުއަކީ 2015 ވަނަ އަހަރު ބ. ހިބަޅިދޫ ފަޅުތެރެއިން ފެނުނު ސިފައިންގެ އިން ވަގަށް ނަގާފައިވާ ހަތިޔާރާއި ގޮވާތަކެއްޗާ ގުޅުން ހުރި ބައެއް ތަކެތި އޭނާގެ އަތުން ފެނުނު ކަމުގެ ތުހުމަތަށް ވެސް ހައްޔަރު ކުރި މީހެކެވެ. އެ މައްސަލައިގައި ހެކި ނެތިގެން ހަތަރު މަސް ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox