ސިންގަޕޫރު ބޮޑު ވަޒީރުގެ އަބުރާ ބެހުމުން ބަދަލުގެ ގޮތުގައި 275،000 ޑޮލަރު

ސިންގަޕޫރުގެ ބޮޑު ވަޒީރު ލީ ސިއެން ލޫންގް.-- ފޮޓޯ: އޭއެފްޕީ

ސިންގަޕޫރުގެ ބޮޑު ވަޒީރު ލީ ސިއެން ލޫންގް.-- ފޮޓޯ: އޭއެފްޕީ

ސިންގަޕޫރު (ސެޕްޓެމްބަރު 1) - ނޫސް ވެބްސައިޓެއްގެ އެޑިޓަރާއި ލިޔުންތެރިޔަކާ ދެކޮޅަށް އަބުރުގެ ދައުވާކޮށްގެން ސިންގަޕޫރުގެ ބޮޑު ވަޒީރަށް ބަދަލުގެ ގޮތުގައި 275،000 ޑޮލަރު ނަގައިދޭން އަންގައިފި އެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެފަދަ އަބުރުގެ ދައުވާތަކަކީ އިދިކޮޅު އަޑު ކަނޑުވާލުމަށް ސިންގަޕޫރުން ގެންގުޅޭ އުކުޅެކެވެ.

އޮންލައިން ސިޓިޒެން އޭޝިއާ ނޫހުގެ އެޑިޓަރު ޓެރީ ޒޫ އާއި އެ ނޫހުގެ ލިޔުންތެރިޔަކާ ދެކޮޅަށް އަބުރުގެ ދައުވާއާ ގުޅޭ ތަފާތު ދެ ޝަރީއަތެއް ކުރިއަށް ގެންދިޔަ އެވެ.

ލިޔުންތެރިޔާ ރުބާޝިނީ ޝުންމުގަނަތަން 2019 ވަނަ އަހަރު ލިޔުނު އާޓިކަލެއްގައި ބުނެފައި ވަނީ ބޮޑު ވަޒީރުގެ އާއިލާ ތެރޭގައި ބޮޑު ހަމަނުޖެހުންތަކެއް ހިނގަމުންދާ ކަމަށެވެ.

ފުރަތަމަ މައްސަލާގައި ސިންގަޕޫރުގެ ހައި ކޯޓުން އެޑިޓަރަށް އެންގީ ބަދަލުގެ ގޮތުގައި 156،000 ޑޮލަރު ދިނުމަށެވެ. ދެ ވަނަ މައްސަލާގައި ލިޔުންތެރިޔާ އަށް އެންގީ ބަދަލުގެ ގޮތުގައި 119،000 ޑޮލަރު ދިނުމަށެވެ.

ސްޓްރެއިޓްސް ޓައިމްސް ނޫހުން ބުނީ ބަދަލުގެ ގޮތުގައި ބޮޑު ވަޒީރަށް ލިބިވަޑައިގަންނަވާ ފައިސާ ހަދިޔާ ކުރާނީ ޗެރިޓީ އަށެވެ.

ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ހޯދުމަށް އެޑިޓަރު ޒޫ ވަނީ ކްރައުޑް ފަންޑިން ކެމްޕެއިނެއް ފަށާފަ އެވެ. އޭނާގެ ނޫހަކީ ސިންގަޕޫރުގެ މެއިންސްޓްރީމް މީޑިއާއާ ހިލާފަށް ސަރުކާރަށް ފާޑުކިޔާ ނޫހެކެވެ.

މިދިޔަ މާޗް މަހު ބްލޮގަރު ލިއޮންގް ސްޒޭ ހިއާން ފޭސްބުކްގައި ހިއްސާކުރި ލިޔުމެއްގައި ބޮޑު ވަޒީރާ ގުޅޭ ކޮރަޕްޝަންގެ ވާހަކަތަކެއް ހިމެނުމުން، ބަދަލުގެ ގޮތުގައި 100،000 ޑޮލަރު ދޭން އޭނާ އަށް އެންގި އެވެ.

އޭނާ ވެސް އެ ފައިސާ އަނބުރާ ދެއްކީ ކްރައުޑް ފަންޑިން މެދުވެރިކޮށް، މަދު ދުވަސްތަކެއްގެ ތެރޭގައި ފައިސާ ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox