އިންތިހާބާ ދިމާކޮށް ޕޫޓިން ފައިސާ ބަހަނީ

ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން.

ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން.

މޮސްކޯ، ރަޝިއާ (އޯގަސްޓު 25) - އަންނަ މަހު އޮންނަ ރަޝިއާގެ މަޖިލިސް އިންތިހާބާ ދިމާކޮށް ސަޕޯޓު ހޯދުމުގެ ގޮތުން ޕެންޝަނަރުންނަށް އިތުރު 135 ޑޮލަރު ދިނުމަށް ރައީސް ލެޑިމިއަ ޕޫޓިން އަންގަވައިފި އެވެ.

ތަކެތީގެ އަގު ބޮޑުވާއިރު އެއާ އެއް ވަރަށް އާއްމުންގެ އާމްދަނީ އިތުރު ނުވާތީ ސެޕްޓެމްބަރުގެ އިންތިހާބުގައި ޕޫޓިންގެ ޔުނައިޓެޑް ރަޝިއާ ޕާޓީ އަށް ތާއީދު ކުޑަ ވާނެ ކަމަށް ބެލެވެ އެވެ.

ކެމްޕެއިނާ ދިމާކޮށް އިޖުތިމާއީ ދާއިރާތަކަށް ކުރާ ހޭދަ ޕޫޓިން ވަނީ އިތުރު ކުރައްވާފަ އެވެ. ޕެންޝަން ފައިސާގެ ގޮތުގައި ލިބޭ މިންވަރުގެ ތެރެއަށް އަންނަ މަހު 135 ޑޮލަރު އިތުރު ކުރުމަށް ވަނީ އަންގާފަ އެވެ.

އާއްމުކޮށް ޕެންޝަންގެ ގޮތުގައި މަހަކު ލިބެނީ ވެސް 135 ޑޮލަރެވެ. އެހެންކަމުން ސެޕްޓެމްބަރު މަހު ޕެންޝަންގެ ގޮތުގައި ޖުމްލަ ލިބޭނީ އޭގެ ދެ ގުނަ އެވެ.

ޕާޓީ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު ޕޫޓިން ވިދާޅުވީ އިންފްލޭޝަންގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ޕެންޝަނަރުންނަށް ކަމަށެވެ.

މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިންފްލޭޝަން ވަނީ 6.5 ޕަސެންޓަށް އަރާފަ އެވެ. ބޭންކުގެ އިންޓްރެސްޓް ރޭޓު ވެސް ޖޫން މަހު ވަނީ އެ މިންވަރުން މަތިކޮށްފަ އެވެ.

ޕެންޝަނަށް ލިބޭ މިންވަރު އިތުރު ކުރުމަށް ފަހު އަސްކަރީ މުވައްޒަފުންނަށް 200 ޑޮލަރުގެ ބޯނަސް ދިނުމަށް ވެސް ޕޫޓިން އެންގެވި އެވެ.

މިދިޔަ ޖޫން މަހު ޕޫޓިން ވައުދުވެވަޑައިގެންނެވީ މަގުތަކާއި އާއްމު ދަތުރު ފަތުރު ވަރުގަދަކޮށް، އިންފްރާސްޓްރަކްޗާ އާއި ސިއްހީ ފަރުވާ ބިނާކުރަން އެތައް ބިލިއަން ޑޮލަރު ހޭދަ ކުރައްވާނެ ކަމަށެވެ.

ޔުނައިޓެޑް ރަޝިއާ އަށް އޮތް ތާއީދު ދަށްވާން ފެށީ 2018 ވަނަ އަހަރު ސަރުކާރުން ޕެންޝަނަށް ގެނައި އިސްލާހުގެ ދަށުން ރިޓަޔާ ކުރާ އުމުރު މަތި ކުރުމުންނެވެ.

ޕޯލްތަކުން ދައްކާ ގޮތުގައި އަންނަ މަހުގެ އިންތިހާބުގައި އެ ޕާޓީ އަށް ލިބޭނެ ކަމަށް ބެލެވެނީ 30 ޕަސެންޓު ވޯޓެވެ. އެއީ 2016 ވަނަ އަހަރުގެ އިންތިހާބާ އަޅާ ބަލާއިރު 10 ޕޮއިންޓުގެ ވެއްޓުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox