ތިން އަހަރަށް ފަހު އަޑޭ އަލުން ގައުމީ ޓީމަށް

Aug 23, 2021, 5:23 PM
ވޯލްޑް ކަޕް ކޮލިފައިންގައި 2015 ވަނަ އަހަރު ގަތަރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އަޑޭ (ވ) ބޯޅަ ހިފައިގެން.-- ފޮޓޯ: މޯލްޑިވްސްސޮކާ

ވޯލްޑް ކަޕް ކޮލިފައިންގައި 2015 ވަނަ އަހަރު ގަތަރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އަޑޭ (ވ) ބޯޅަ ހިފައިގެން.-- ފޮޓޯ: މޯލްޑިވްސްސޮކާ

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ކްލަބް އީގަލްސްގެ މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) އަށް ޖާގަ ދީފި އެވެ.

ކާމިޔާބު ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭން ވަނީ މިއަދު އެ މުބާރާތަށް 31 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އިއުލާނުކޮށްފަ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި 2018 ވަނަ އަހަރުގެ މާޗް 27 ވަނަ ދުވަހުގެރޭ ބޫޓާނާ ދެކޮޅަށް ކުޅެން އޮތް މެޗު އޮއްވައި އަޑޭ ކުއްލިގޮތަކަށް ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނުކުރީ ޓްވީޓަކުންނެވެ. އޭނާ އޭރު ހުރީ ގައުމީ ޓީމުގެ ވައިސް ކެޕްޓަންގެ މަގާމުގަ އެވެ. އެ ފަހަރު އަޑޭ ކުއްލި ގޮތަކަށް ޓީމާ ވަކިވާން ނިންމީ ކޯޗު ޕީޓަ ސެގާޓާ މައްސަލަ ޖެހިގެންކަން އަޑުފެތުރުނެވެ.

އީގަލްސްގެ ޕްރެކްޓިހެއްގެ ތެރެއިން އަޑޭ: އޭނާ އަށް ވަނީ އަލުން ގައުމީ ޓީމުން ފުރުސަތު ލިބިފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ގައުމީ ޓީމަށް އެންމެ ފަހުން އިރުޝާދުދިން ނެދަލެންޑްސްގެ މާޓިން ކޫޕްމަން ނެގި ސްކޮޑުން އަޑޭ އަށް ފުރުސަތު ނުދިނީ އޭރު އޭނާ އެއްވެސް ޓީމެއްގައި ނެތުމުންނެވެ. އޭރު އަޑޭ ހުރީ ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.

އުމުރުން 34 އަހަރުގެ އަޑޭ އީގަލްސްއާ ގުޅުނީ މިދިޔަ މާޗް މަހުގަ އެވެ. އެއީ އޭއެފްސީ ކަޕާ ދިމާކޮށެވެ. އޭނާ ކުޅުމަށް އެނބުރި އައީ އަނިޔާއެއްގެ ސަބަބުން ދޮޅު އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރެފަ އެވެ. އީގަލްސް އަށް ބަދަލުވުމަށް ފަހު އަޑޭ ވަނީ ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކުގެ އިތުރުން އޭއެފްސީ ކަޕްގެ ކޮލިފައިންގައި އީގަލްސް އިން ބޫޓާންގެ ތިމްޕޫ ބަލިކުރި މެޗާއި ދާދި ފަހުން އީގަލްސް އިން ޕްލޭއޮފްގައި ބެންގަލޫރު އަތުން ބަލިވި މެޗުގައި ކުޅެފަ އެވެ.

ގައުމީ ޓީމުން 2007 ވަނަ އަހަރު ޖާގަ ހޯދި އަޑޭ އަކީ މަސައްކަތުގެ ރޭޓް މަތީ އަދި މެދުތެރެއަށާއި އެންމެ ކުރިއަށް ވެސް ކުޅެވޭ ކުުޅުންތެރިއެކެވެ. ވިކްޓަރީ، ވީބީ، ބީޖީ ސްޕޯޓްސް، މާޒިޔާ އަދި ނިއު ރޭޑިއަންޓަށް ވެސް ކުޅެފައިވާ އަޑޭ އަކީ ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމުގައި މަގާމު ދެމެހެއްޓި ކުޅުންތެރިއެކެވެ.

އަޑޭ ވަނީ ރާއްޖޭން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ހޯދިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ހާއްސަކޮށް އެ މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި އަފްގާނިސްތާން އަތުން ޕެނަލްޓީ ޖަހައިގެން ރާއްޖެ މޮޅުވި މެޗުގައި އޭނާ ތަފާތު ގޮތަކަށް ޖެހި ޕެނަލްޓީ އަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ. އެ ޕެނަލްޓީ އަކީ ސޯޝަލް މީޑިއާގައި މޮޅު ޕެނަލްޓީތަކުގެ ތެރޭގައި އަދިވެސް ޓްރެެންޑްވާ ވީޑިއޯ އެކެވެ.

މިދިޔަ ފަހަރު ލީގު މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ޔާމްބެ އުފާފާޅުކުރަނީ.-- ފޮޓޯ: މާޒިޔާ

ގައުމީ ޓީމުން ދެން އަލުން ފުރުސަތު ހޯދި ކުޅުންތެރިއަކީ މާޒިޔާގައި މިދިޔަ އަހަރުތަކުގައި މޮޅު ކުޅުމެއް ދެއްކި މޫސާ ޔާމީން (ޔާމްބެ) އެވެ. ކުރިން ގައުމީ ޓީމަށް ކުޅުނު ޔާމްބެ އެންމެ ފަހުން ގައުމީ ޓީމަށް ސްކޮޑަށް އަރާފައިވަނީ 2015 ވަނަ އަހަރު އެވެ. ޑިފެންސްގެ ދެ ފަޅިންނާއި މެދުތެރެއަށް ވެސް ކުޅޭ ޔާމްބެ އަކީ ގައުމީ ޓީމުގެ ޖާގައެއް ހައްގުވި ނަމަވެސް މިދިޔަ އަހަރުތަކުގައި ފުރުސަތު ނުލިބި ހުރި ކުޅުންތެރިއެކެވެ. ޔާމްބެ އަށް އެންމެ ފަހުން ގައުމީ ޓީމުން ފުރުސަތު ދިނީ ނިއު ޒީލެންޑްގެ ކޯޗު ރިކީ ހާބަޓް ހުރިއިރު އެވެ.

ގައުމީ ޓީމުން ޖޫން މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގައި އެކި ސަބަބުތަކާ ހުރެ ނުކުޅެވުނު ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި އަމިއްލަ ސަބަބެއްގައި ޓީމާ ދުރުގައި ހުރި ނާއިޒު ހަސަން (ދާދު) އާއި ކޮވިޑަށް ޕޮޒިޓިވްވެގެން ފުރުސަތު ގެއްލުނު ޔަސްފާދު ހަބީބު (މުލަކޭ)، ހަސަން ރާއިފް (ހަންނަ)، އިސްމާއިލް އީސާ (މެސީ) ހިމެނެ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ޔޫއޭއީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑު

އީގަލްސް: ހަސަން ރާއިފް އަހުމަދު (ހަންނަ)، ހައިޝަމް ހަސަން (ބިޑި)، ހުސެއިން ޝިފާއު (ކުރޯ)، މުހައްމަދު ނާއިމް، އަސްހަދު އަލީ (އަޑޭ)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ނޫމާން (ހެލްމެޓް)

މާޒިޔާ: ހުސެއިން ޝަރީފް (ހުސެން)، މޫސާ ޔާމީން (ޔާމްބެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، ސަމޫހު އަލީ، ހުސެއިން ނިހާން (ނިހާޓް)، ނާއިޒު ހަސަން (ދާދު)، އަސަދުﷲ އަބްދުﷲ (އަސަކޮ)

ވެލެންސިއާ: އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު ފައިސަލް، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ޝަފީއު (ޗެކް)

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ): މުހައްމަދު އާރިފް (ބަކާ)، އިސްމާއިލް އީސާ (މެސީ)، އަލީ ނާޖިހު

ގްރީން ސްޓްރީޓްސް: ހަސަން ނަޒީމް (ޗޯޓު)، މުހައްމަދު ސާއިފު

ޓީސީ: އަލީ ޝާމިސް (ތޮއްޕޭ)، މުހައްމަދު އަޖުފާން

ދަ ގްރާންޑޭ: ޔަސްފާދު ހަބީބު (މުލަކޭ)

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox