އާ ކޯޗާ އެކު ޗެމްޕިއަން އިންޓަ އަށް ވަރުގަދަ ފެށުމެއް

Aug 22, 2021, 4:19 AM
އިންޓަގެ ޒެކޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އިންޓަގެ ޒެކޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (އޮގަސްޓް 22) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން މި ފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން 4-0 އިން ޖެނޯއާ އަތުން ރޭ މޮޅުވެއްޖެ އެވެ.

މިއީ އާ ކޯޗު ސިމޯން އިންޒާގީގެ އިރުޝާދުގެ ދަށުން ލީގުގައި އިންޓަ ކުޅުނު ފުރަތަމަ މެޗެވެ. މިދިޔަ ސީޒަނުގައި އިންޓަ އަށް ލީގު ކާމިޔާބު ކޮށްދިން ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ މަގާމުން ވަކިވެފަ އެވެ. އެއީ އެ ކްލަބްގެ ހަރަދުތައް ކުޑަކުރަން މުހިއްމު ކުޅުންތެރިންތަކެއް ވިއްކާލަން މެނޭޖްމަންޓުން ނިންމުމުންނެވެ.

އިންޓަގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ ހަ ވަނަ މިނިޓްގައި ސްލޮވާކިއާގެ ޑިފެންޑަރު މިލާން ސްކްރީނާ އެވެ. މިއީ މި ސީޒަނުގައި އޭސީ މިލާން ދޫކޮށް އިންޓަ އަށް ބަދަލުވި ތުރުކީގެ ހަކަން ޗަނޮނޮގްލޫ ދިން ބޯޅައަކުން ސްކްރީނާ ބޮލުން ޖެހި ގޯލެކެވެ. މެޗުގެ 14 ވަނަ މިނިޓްގައި ޗަނޮނޮގްލޫ ވަނީ އިންޓަގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ އެޑިން ޒެކޯ ދިން ބޯޅައަކުން ޗަނޮނޮގްލޫ ޖެހި ގޯލެކެވެ.

ޖެނޯއާގެ ފަރާތުން އިންޓަ އަށް މާ ބޮޑު ނުރައްކަލެއް މި މެޗުގައި ކުރިމަތިނުވެ އެވެ. އިންޓަ އިން ފަހު ދެ ގޯލު ޖެހީ މެޗުގެ ފަހު 15 މިނިޓް ތެރޭގަ އެވެ.

އިންޓަގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 75 ވަނަ މިނިޓްގައި ނިކޯލޯ ބަރޭލާ ދިން ބޯޅައަކުން އާޓޫރޯ ވިޑާލް އެވެ. މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި ވިޑާލް ދިން ބޯޅައަކުން އިންޓަގެ ފަހު ގޯލު ޖެހީ ޒެކޯ އެވެ. ޒެކޯ އަކީ އިންޓަ އިން ރޮމެލޫ ލުކާކޫ ވިއްކާލުމަށް ފަހު ކުރިއަށް ކުޅެން ގަތް ކުޅުންތެރިއެކެވެ. ޒެކޯ ކުރިން ކުޅުނީ ރޯމާ އަށެވެ.

އިންޓަގެ ކޯޗު އިންޒާގީ ބުނީ ޕްރީ ސީޒަނުން ފެށިގެން މިހާތަނަށް ކުރެވުނު މަސައްކަތުގެ ޕޮޒިޓިވް ކަންކަން ދަނޑުމަތީގައި ފެނުުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ވަރުގަދަކޮށް ސީޒަން ފެށުމަކީ އިންޓަގެ ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅުވުމުގެ އިތުރުން ސަޕޯޓަރުންނަށް ވެސް ހިތްހަމަޖެހުން ލިބޭނެ ކަމެއް ކަމަށް އިންޒާގީ ވަނީ ބުނެފަ އެވެ.

އިޓާލިއަން ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ހެލަސް ވެރޯނާ ދަނޑުގައި ސަސުއޯލޯ ވަނީ 3-2 އިން މޮޅުވެފަ އެވެ. ޓޮރިނޯ ދަނޑުގައި 2-1 އިން އެޓަލަންޓާ މޮޅުވިއިރު، މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި ލާޒިއޯ ކުޅުނު ފުރަތަމަ މެޗުން ވަނީ އެމްޕޮލީ ދަނޑުގައި 3-1 އިިން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox