އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ދެއްވި ޔަގީންކަން: "އެމްޑީޕީ ހަލާކުވިޔަ ނުދޭނަން"

ރައީސް ތިމަރަފުށީގައި އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ތިމަރަފުށީގައި އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީގެ މަސައްކަތް ބައިބައިވެ ދެ ފެކްޝަނަކާ އެކު ހިޔާލުތަފާތުވުން ބޮޑުވެފައި އޮތަސް "ޕާޓީ ހަލާކުވިޔަ ނުދެއްވާނެ" ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ދެއްވައިފި އެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން އެ ޕާޓީގެ މެމްބަރުންނާ ތ. ތިމަރަފުށީގައި ބައްދަލުކުރައްވަ އެވެ.

ރައީސްގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި ދެއްކެވި މުހިއްމު ވާހަކަފުޅުގެ ތެރޭގައި އެމަނިކުފާނުު އެމްޑީޕީ ދޫކޮށްނުލައްވާނެ ކަމަށާއި ހުންނަވާނީ އެމްޑީޕީގައި ކަމަށް ވިދާޅުވި އެވެ.

ޕާޓީގެ ކުރިއެރުމަށް ހަރަކާތްތައް އިތުރުކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށާއި ޕާޓީ އޮފީސް ހެދުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ދެމިހުންނަވާނީ އެމްޑީޕީގައި ކަމަށް ރައީސް ތިމަރަފުށީގައި މި ތަކުރާރުކުރެއްވީ، އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުން ހައްލުނުވެ ދެމިގެން ގޮސް، އަލަށް އުފައްދާ ސިޔާސީ ޕާޓީ، އެމްއެންޕީއާ ގުޅިވަޑައިގެންފާނެ ކަމަށް ވާހަކަ ފަތުރަމުން ދަނިކޮށެވެ.

އެމަނިކުފާނުގެ ދަތުރުތަކާއި ބައްދަލުވުންތަކުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށް މީގެ ކުރިން ބެނާ ދަމާފައި ނުވިޔަސް ތިމަރަފުށީގައި ރައްޔިތުންނާ ބައްދަލުކުރެއްވީ އެ ހައިސިއްޔަތާ އެކުގަ އެވެ.

އެމްޑީޕީގެ މެމްބަރުންނާ ރައީސް ވާހަކަ ދައްކަވަނީ: ޕާޓީ އިތުރަށް ވަރުގަދަކުރަން ޖެހޭ ކަމަށް ވިދާޅުވި.

އެމަނިކުފާނަކީ އެމްޑީޕީގެ އިސް ލީޑަރުކަން އަމިއްލަފުޅަށް މިދިޔަ ހަފުތާގައި ހާމަކުރެއްވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އެކި ކަންކަމުގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފައި ވަނިކޮށެވެ. ރައީސް ސޯލިހާ އެކު ސިޔާސީ މަސައްކަތް ކުރައްވަން ބޭނުން ނުވާ ކަން ވެސް ނަޝީދު އޮތީ މުޅި ދުނިޔެއަށް އިއުލާންކުރައްވައިފަ އެވެ.

އެމްޑީޕީން ބޭނުން ވަނީ އިދިކޮޅު ޕީޕީއެމާ އެކު އިއްތިހާދުވެ ސަރުކާރެއް އެކުލަވާލަން ކަަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު، ޕީޕީއެމަށް މި ދެއްވި ދައުވަތާ ދެކޮޅު ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އެއީ ސިޔާސީ ނިޒާމް ރޫޅިދާނެ ކަމެއް ކަމަށާއި އެފަދަ ކަމަކަށް އެމްޑީޕީގެ މެމްބަރުން ތާއީދު ނުކުރަން ރައީސް އެދިވަޑައިގަތެވެ.

ރައީސް ސޯލިހާއި ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވީ ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ނަޝީދު އެދިވަޑައިގެން ތަކުރާރުކޮށް އެ ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ. ބަރުލަމާނީ ނިޒާމަކަށް ނަޝީދު މަސައްކަތް ކުރެއްވިޔަސް ރައީސް ވިދާޅުވަނީ އެކަން އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ.

ނަޝީދު ބޭނުންފުޅު ވަނީ 2023 ގެ ރިޔާސީ އިންތިހާބު ނުބާއްވައި، ބަރުލަމާނީ ނިޒާމަކަށް ބަދަލުވާށެވެ. އެކަމަކު މި ފަހުން ރައީސް ސޯލިހް ވަނީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ބަންދުނުވާ ކަމަށް ވިދާޅުވެ، އިންތިހާބުގައި ވާދަކުރައްވަފާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

މިކަންކަމާ ހެދި ދެ ރައީސުންގެ ދެމެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުން ނައްތާލައި ސުލްހަކުރެއްވުމެގެ މަސައްކަތް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ފައްޓަވައިފަ އެވެ. އެކަމަކު ދެ ރައީސުންގެ ފަރާތްޕުޅުން މިހާތަނަށް އެކަމަކަށް އެއްބާރުލުން ލިބިވަޑައިގަތް ކަމެއް ހަސަން މިހާތަނަށް ވިދާޅުވެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox