އަފްގާނުގެ ހާލަތުން ރާއްޖެއަށް ނުރައްކަލެއް އޮތްތޯ ބަލަން މަޖިލީހުން އިސްނަގައިފި

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ހެދި ޕާލިމަންޓް އިންކުޔަރީގެ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކުރެވެނުއިރު، އެ ކޮމިޓީގެ މުގައްރިރު އަރިހުގައި އީވާ (ވ). --ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ހެދި ޕާލިމަންޓް އިންކުޔަރީގެ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކުރެވެނުއިރު، އެ ކޮމިޓީގެ މުގައްރިރު އަރިހުގައި އީވާ (ވ). --ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

އަފްގާނިސްތާނުގެ ގާނޫނީ ސަރުކާރު ވެއްޓި ހަނގުރާމަވެރި ތާލިބަނުންގެ އަތްމައްޗަށް އެ ގައުމު ގޮސް ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތަށް އެއްވެސް ނުރައްކަލެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުން އިސްނެގުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް ފަހު، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ އީވާ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީއަށް ފޮނުއްވި ސިޓީގެ ކޮޕީ "އަދަދު" އަށް ވަނީ ލިބިފަ އެވެ.

އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް މިދިޔަ ހޯމަ ދުވަހު ފޮނުއްވި ސިޓީގައި އީވާ ވަނީ އަފްގާނިސްތާނު ވެއްޓިފައިވާ ހާލަތުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތްތޯ ބެލުމަށްޓަކައި ކަމާގުޅޭ އިދާރާތަކުން ހަދާފައިވާ ރިސްކު އެސެސްމަންޓް ދެނެގަތުމަށް ނުވަތަ އެފަދަ ރިސްކް އެސެސްމަންޓެއް ހެދުމަށް ހުށަހަޅުއްވައިފަ އެވެ.

އޭގެ އިތުރުން، އެހީއަށް ބޭނުންވެފައިވާ އަފްގާނިސްތާނުގެ ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ވެސް އީވާ ވަނީ 241 ކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ.

ލޭ އޮހޮރުވުމަށް ފުރުސަތު ނުދޭން ކަމަށް ވިދާޅުވެ އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ގައުމު ދޫކޮށް ވަޑައިގެންނެވުމާއެކު، 20 އަހަރުވީ ދިގު ހަނގުރާމައިން މޮޅުވެ، އަފްގާނިސްތާނުގެ ފުރިހަމަ ކޮންޓްރޯލް ތާލިބާނުންނަށް ވަނީ ލިބިފަ އެވެ.

އެންމެ 10 ދުވަސް ތެރޭގައި ތާލިބާނުން ވަނީ އަފްގާނިސްތާނުގެ ހުރިހާ ބޮޑެތި ސިޓީތަކެއް ހިފައިފަ އެވެ. އެމެރިކާ ސިފައިންގެ އެހީތެރިކަން ނެތި، އަފްގާނިސްތާނުގެ ސިފައިން ވަނީ ހަތިޔާރު ބަހައްޓައި އަމާން ދީފަ އެވެ.

ތާލިބާނުން ބުނީ ބޭނުންވަނީ "ސުލްހަވެރިކަމާ އެކު ވެރިކަމުގެ ބާރުތައް ބަދަލު ކުރަން" ކަމަށެވެ. ނަވާރަ ސަތޭކަ ނުވަދިހަ ހަޔަކުން ފެށިގެން އޮތް ތާލިބާނު ވެރިކަން ވެއްޓުނީ ސެޕްޓެމްބަރު 11، 2001 ގެ ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން އެމެރިކާ އިން އަފްގާނިސްތާނުގެ ފަސްގަނޑަށް އެރުމުންނެވެ.

ތާލިބާނުގެ އަތްމައްޗަށް ދިޔުމުން، އަފްގާނިސްތާނު އަނެއްކާވެސް ޓެރަރިސްޓުންގެ ހާއްޔަކަށްވެ، ދީނީ ހައްދުފަހަނައެޅުމުގެ ފިކުރު އެ ގައުމުގެ ތެރެއިން ފެތުރުމުގެ ކަންބޮޑުވުން އެހެން ގައުމުތަކުން ވެސް ވަނީ ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox