މެލޭޝިއާގެ ސިޔާސީ ވެރިން އެއްބައިވާން ރަސްގެފާނު ގޮވާލައްވައިފި

މެލޭޝިއާގެ ރަސްގެފާނު ސުލްތާން އަބްދުﷲ ސުލްތާން އަހްމަދު ޝާހް.-- ފޮޓޯ: އަނަދޮލޫ އެޖެންސީ

މެލޭޝިއާގެ ރަސްގެފާނު ސުލްތާން އަބްދުﷲ ސުލްތާން އަހްމަދު ޝާހް.-- ފޮޓޯ: އަނަދޮލޫ އެޖެންސީ

ކުއަލަ ލަމްޕޫރް، މެލޭޝިއާ (އޯގަސްޓު 17) - މެލޭޝިއާގެ އާ ބޮޑުވަޒީރު އައްޔަނުކުރުމުގެ މަސައްކަތް އަންގާރަ ދުވަހު ފެށުމާއެކު، ކޮވިޑްގެ ހާލަތު ކޮންޓްރޯލް ކުރުމަށް ވާދަވެރި ސިޔާސީ ވެރިން އެއްބައިވާން ރަސްގެފާނު ގޮވާލައްވައިފި އެވެ.

ބޮޑުވަޒީރު އައްޔަނުކުރުމުގެ ބާރު ލިބިވަޑައިގަންނަވަނީ ރަސްގެފާނަށެވެ. އެނެލިސްޓުން ބުނީ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ހޯމަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ރަސްގެފާނު މަސައްކަތް ކުރައްވަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ކަމަށެވެ.

ބޮޑުވަޒީރުކަން ސަތާރަ މަސް ދުވަހު ކުރެއްވުމަށް ފަހު ޔާސީން އިސްތިއުފާ ދެއްވީ ޕާލިމެންޓުގެ މެޖޯރިޓީ ގެއްލުމުންނެވެ. އޭނާ ވެރިކަމުގައި ހޭދަކުރެއްވި ކުރު މުއްދަތުގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއިރު، އެންމެ ބޮޑަށް ފާޑުކިޔާފައި ވަނީ ކޮވިޑާ ގުޅިގެން އަޅާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

ކޮވިޑާ ގުޅިގެން އިންތިހާބެއް ބާއްވާނެ ޖާގައެއް ނެތް ކަމަށް ރަސްގެފާން ސުލްތާން އަބްދުﷲ ސުލްތާން އަހްމަދު ޝާހް ވަނީ ކަނޑައަޅުއްވާފަ އެވެ. އެހެންކަމުން ތާއީދު އޮތް ކެންޑިޑޭޓެއް ބެއްލެވުމަށް ފަހު ބޮޑު ވަޒީރުގެ މަގާމަށް އެ ބޭފުޅަކު އައްޔަނު ކުރައްވާނީ ރަސްގެފާނު އަމިއްލަފުޅަށެވެ.

ނަމަވެސް އުމުރުން 74 އަހަރުގެ ޔާސީނަށް ފަހު ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއް ކަމެއް މިހާތަނަކަށް ސާފެއް ނުވެ އެވެ. ޕާޓީތަކުގެ މެދުގައި ހަދާފައިވާ އެއްވެސް ކޯލިޝަނަކަށް ޕާލިމެންޓުގެ މެޖޯރިޓީއެއް ނުލިބެ އެވެ.

އިދިކޮޅު ޕާޓީތަކެއް ގުޅިގެން މަސައްކަތް ކުރަނީ އަންވަރް އިބްރާހިމް ބޮޑުވަޒީރު ކަމަށް ގެނައުމަށެވެ. ޔާސީންގެ ސަރުކާރުގެ ބައެއް ބޭފުޅުން ވެސް ކޯލިޝަނެއް އުފެއްދޭތޯ ބަލަމުން ދާއިރު، ކޮވިޑް ކޮންޓްރޯލް ކުރެވެންދެން ހުރިހާ ޕާޓީތަކެއް ހިމެނޭ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކުރަން އެހެން ޕާޓީތަކުން ވަނީ ގޮވާލާފަ އެވެ.

ޕާޓީތަކުގެ ވެރިންނާއެކު ރަސްގެފާނުގެ ގަނޑުވަރުގައި އޮތް ބައްދަލުވުމަށް ފަހު އިދިކޮޅު ލީޑަރު އަންވަރު ވިދާޅުވީ "ގައުމަށް ސިޔާސީ އަދި ދުސްތޫރީ ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް" ރަސްގެފާނު ވިދާޅުވި ކަމަށެވެ.

"އެހެންވެ، ޕާޓީތައް އެއްބައިވެ ކޮވިޑާ ދެކޮޅަށް މަސައްކަތްކޮށް، އިގްތިސާދު ހަމައަކަށް އަޅުވަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި،"

"ފެންނަ ފެނުމަށް ހީވަނީ ހުރިހާ ޕާޓީތަކަށް ވެސް އެއްބަސްވުމަކަށް އާދެވިއްޖެހެން... އެއީ މުސްކުޅި ސިޔާސީ ގޮތް ދޫކޮށްލަން... އަދި ގައުމުގެ ތަރައްގީއަށް އަމާޒު ހިފަން."

ރަސްގެފާނު ސިޔާސީ ޕާޓީތަކުގެ ވެރިންނާ ބައްދަލުކުރެއްވި އިރު، ރަސްގެފާނުގެ ނައިބު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ސިންގަޕޯ އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް އެފެއާޒްގެ އެނެލިސްޓު އޯ އެއި ސުން ވިދާޅުވީ އެކަމުން ދައްކުވައިދެނީ މެލޭޝިއާގެ ޝާހީ އާއިލާތަކުގެ މެދުގައި އެއްބައިވަންތަކަމުގެ ސަރުކާރެއް ގެނައުމަށް ނިންމާފައިވާ ކަމެވެ.

ބޮޑުވަޒީރުގެ މަގާމަށް ފެންނަ ބޭފުޅުންގެ ނަން ބުދަ ދުވަހުގެ މެންދުރުގެ ކުރިން ރަސްގެފާނަށް ހުށަހަޅުއްވަން ޕާލިމެންޓު މެމްބަރުންނަށް ވަނީ އަންގަވާފަ އެވެ. ބެލެވޭ ގޮތުގައި އާ ބޮޑުވަޒީރަކު އައްޔަނު ކުރުމަށް ފަހު އިއުލާނު ކުރަން ދުވަސްތަކެއް ހޭދަވާނެ އެވެ.

ބޮޑު ވަޒީރުގެ މަގާމަށް އަންނަ ބޭފުޅަކަށް ޕާލިމެންޓުގެ ތިރިގޭގެ 222 މެމްބަރުންގެ ތެރެއިން މަދުވެގެން 111 މެމްބަރުންގެ ތާއީދު ބޭނުންވާނެ އެވެ.

މެލޭޝިއާގެ ސިޔާސީ މަޝްރަހު ހަލަބޮލިވީ 60 އަހަރު ވެރިކަމުގައި އޮތް ކޯލިޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވުމަށް ފަހު، 2018 ގެ އިންތިހާބުން ބަލިވުމުންނެވެ. އެ އިންތިހާބަށް ފަހު ވެރިކަމަށް އައީ އިސްލާހީ ބަދަލު ހުށަހެޅި ކޯލިޝަނެކެވެ.

ނަމަވެސް އެ ސަރުކާރަށް ވެސް ޕާލިމެންޓުގެ ތާއީދު ނުލިބި، ޔާސީން ވެރިކަމަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗް މަހު އިންތިހާބަކާ ނުލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox