އޮޅުވާލައިގެން ގެނެސް ޓޫރިސްޓުން މަގުމަތިކުރުމަކީ ހިއުމަން ޓްރެފިކިންގެ އަމަލެއް

ރާއްޖެ އައި ޓޫރިސްޓުންތަކެއް ރޭ މަގުމަތީގައި: އޮޅުވާލައިގެން ގެނެސް މަގުމަތިކުރުމަކީ ހިއުމަން ޓްރެފިކިންގެ އަމަލެއް.

ރާއްޖެ އައި ޓޫރިސްޓުންތަކެއް ރޭ މަގުމަތީގައި: އޮޅުވާލައިގެން ގެނެސް މަގުމަތިކުރުމަކީ ހިއުމަން ޓްރެފިކިންގެ އަމަލެއް.

ހޮޓަލެއްގެ ނަމުގައި ބުކިން ހައްދައިދީ, އޮޅުވާލައިގެން ރާއްޖެއަށް ޓޫރިސްޓުންތަކެއް ގެނެސް އެ މީހުން މަގުމަތިކުރުމަކީ ހިއުމަން ޓްރެފިކިންގެ އަމަލެއް ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު އަހްމަދު މައުސޫމް މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ކޮވިޑުގެ ދަތި އުނދަގޫ ހާލަތަށް ފަހު ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވެ، ގިނަ ޓޫރިސްޓުންތަކެއް ރާއްޖެ އަންނަމުންދާ އިރު މަކަރާއި އޮޅުވާލުމުގެ އަމަލުތަކެއް ދަނީ ހިންގަމުންނެވެ. މިފަދަ މައްސަލައެއް ރޭ މާލޭގައި ފެންމަތިވި އެވެ. ހޮޓަލެއް ކަމަށް ބުނުމުން ފައިސާ ދައްކައި މާލެ އައުމުން ވަންނާނެ ތަނެއް ނުދައްކައި ޓޫރިސްޓުންތަކެއް މަގުމަތިކުރީ އެވެ.

އެނގިފައިވާ ގޮތުގައި އެއީ ޕާކިސްތާނުގެ ބައެކެވެ.

އެ މީހުން އެޑްވާންސްކޮށް ފައިވް ސްޓާ ހޮޓަލަކަށް ފައިސާ ދައްކައި ކުދިން ގޮވައިގެން ރާއްޖެ އައުމުން ދެއްކީ ބަންކް ބެޑް ޖަހާފައި ހުރި ތަނެކެވެ. އެ މީހުން އެތަނުގައި ތިބެން ދެކޮޅު ހެދުމުން އަޅާނުލައި މަގުމަތީގައި ބޭއްތިއްބީ އެވެ.

އެ މީހުންނަށް އެހީވެ މައްސަލަ ޕޮލިހަށް ރިޕޯޓްކޮށްދިނީ އާއްމުންނެވެ. ހުޅުމާލެ ގެސްޓް ހައުސްތައް ހިންގާ މީހުން ވެސް އެހީތެރިކަން ފޯރުކޮށްދޭން އެ ސަރަހައްދަށް ދިޔަ އެވެ.

ގެސްޓް ހައުސްތަކުގެ ނަމުގައި ބުކިން ހައްދައިގެން ބައެއް ރަށްރަށަށް ދާ މީހުންނަށް ވެސް އެކި އުޒުރުތައް ދައްކައި މިފަދަ ކަންކަން ކުރިމަތިވެފައި އެބަހުއްޓެވެ.

މިފަދަ އަމަލުތަަކަކީ، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ހަނދާންކޮށްދެއްވި ގޮތުގައި ރާއްޖޭގެ ގާނޫނުގައި ވެސް ބޮޑެތި އަދަބުތައް ކަނޑައަޅާފައިވާ ހިއުމަން ޓްރެފިކިންގެ އަމަލެކެވެ.

މިނިސްޓަރު ވިދާޅުވީ ހުއްދަ ނެތި އެކި ތަންތަނުގައި ޓޫރިސްޓުން ބޭތިއްބުމަކީ ޓޫރިޒަމެއް ނޫން ކަމަށެވެ. އެއީ އިންސާނީ ވަގުފާރި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ކަމާގުޅޭ އިދާރާތަކުން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވުމަކީ ލިބިވަޑައިގަތް ހިތްހަމަޖެހުމެކެވެ.

ފުލުހުން ބުނިގޮތުގައި ޓޫރިސްޓުންތަކެއް ރާއްޖެ ގެނެސް މަގުމަތިކޮށްލި މައްސަލަ ބަލަމުން އަންނަނީ ކަމާބެހޭ އިދާރާތައް ގުޅިގެންނެވެ.

މާލޭގައި ރޭ މި މައްސަލަ ކުރިމަތިވި އިރު، ރާއްޖެއަށް އަންނަ ބިދޭސީން އެޗްޕީއޭގެ އުސޫލަށް ބެލުމެއް ނެތި ރަށްރަށުގެ ގެސްޓްހައުސްތަކާއި ގޭގައި ބައިތިއްބާ ކަމަށް ބުނެ ބައެއް ކައުންސިލްތަކުން އަންނަނީ ބަޔާން ނެރެމުންނެވެ. ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހޭ މީހުން ވެސް ރަށުތެރެއަށް ނުކުމެ އާއްމުންނަށް ނުރައްކާވާ ގޮތަށް އުޅުމަކީ ކަންބޮޑުވުމެއް ކަމަށް އެ ކައުންސިލްތަކުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox