މެލޭޝިއާގެ ބޮޑުވަޒީރު ހޯމަ ދުވަހު އިސްތިއުފާ ހުށަހަޅުއްވަނީ

މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން.-- ފޮޓޯ: އޭއެފްޕީ

މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން.-- ފޮޓޯ: އޭއެފްޕީ

ކުއަލަ ލަމްޕޫރް، މެލޭޝިއާ (އޯގަސްޓު 15) - ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައިވާ މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ހޯމަ ދުވަހު ރަސްގެފާނަށް އިސްތިއުފާ ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.

ވެރިކަމުގައި 17 މަސް ހޭދަކުރައްވާފައިވާ ޔާސީންގެ ކޯލިޝަނަށް ޕާލިމެންޓް މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލް ކުރަން އެމަނިކުފާނުގެ ސަރުކާރުން އެޅި ފިޔަވަޅުތަކަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އިސްތިއުފާ އަށް ޕްރެޝަރު ބޮޑުވެފައި ވަނިކޮށް ޔާސީން މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ވެރިކަމުގައި ހުންނެވުމަށް އިދިކޮޅު މެމްބަރުންނަށް ޑީލެއް ހުށަހަޅުއްވާފަ އެވެ. އިދާރަތަކަށް އިސްލާހީ ބަދަލު ގެންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ނަމަވެސް، އިދިކޮޅު މެމްބަރުން އެކަން ބަލައިގެންފައެއް ނުވެ އެވެ.

މިނިސްޓަރު މުހައްމަދު ރެދްޒުއާން ޔޫސުފް އޭއެފްޕީ އަށް ވިދާޅުވީ އާދީއްތަ ދުވަހު އޮތް ޕާޓީގެ ބައްދަލުވުމެއްގައި ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ކަމަށް ޔާސީން އިއުލާން ކުރެއްވި އެވެ.

"އެމަނިކުފާނުގެ އެންމެ ފަހު ކެބިނެޓް ބައްދަލުވުން ހޯމަ ދުވަހު ބޭއްވުމަށް ފަހު، ރިޔާސީ ގަނޑުވަރަށް ވަޑައިގެން އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާނެ،" ބޮޑު ވަޒީރުގެ ޑިޕާޓްމަންޓުގައި އުޅުއްވާ މިނިސްޓަރު ޔޫސުފް ވިދާޅުވި އެވެ.

"އެމަނިކުފާނު އެ މަގާމުގައި މަޑު ކުރައްވާތޯ އަޅުގަނޑުމެން މަސައްކަތް ކުރިން. ނަމަވެސް ވިދާޅުވީ ބޭނުންވާ މިންވަރަށް ޕާލިމެންޓު މެމްބަރުންގެ ތާއީދު ނެތް ކަމަށް".

ޕާޓީ ބައްދަލުވުމުގައި ޔާސީން ވިދާޅުވީ އިސްތިއުފާ ގަބޫލު ކުރެއްވުމާއި ނުކުރެއްވުން އޮންނާނީ ރަސްގެފާނުގެ އަތްޕުޅުގައި ކަމަށެވެ. މީގެ ކުރިން ރަސްގެފާނު ވަނީ ޔާސީންގެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

ޔާސީން އިސްތިއުފާ ދެއްވައިފި ނަމަ އާ ސަރުކާރެއް އެކުލަވާލާނީ އިންތިހާބަކާ ނުލައި ކަމަށް އަޑުތައް ފެތުރިފައިވެ އެވެ. އެއީ އިންތިހާބެއް ބާއްވައިފި ނަމަ ކޮވިޑްގެ ހާލަތު ގޯސްވެދާނެތީ އެވެ.

އާ ބޮޑު ވަޒީރަކަށް ވަޑައިގަންނަވާނެ ބޭފުޅަކު ސާފު ނުވާއިރު، ސަރުކާރެއް ހިންގޭ ވަރުގެ ކޯލިޝަނެއް އުފެއްދުމަށް ޕާލިމެންޓު މެމްބަރުންގެ މެދުގައި ދުވަސްތަކެއް ވަންދެން ވާދަވެރިކަން އޮންނާނެ ކަމަށް ބެލެވެ އެވެ.

މެލޭޝިއާގެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ޕާލިމެންޓުގެ ތާއީދު އޮތް ކަމަށް ބެލެވޭ ބޭފުޅަކު ބޮޑުވަޒީރު ކަމަށް އިހްތިޔާރު ކުރެއްވުމުގެ ބާރު ރަސްގެފާނަށް ލިބިވަޑައިގަންނަވަ އެވެ.

ޔާސީން ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗް މަހު، އިންތިހާބަކާ ނުލަ އެވެ. އޭގެ ކުރިން އެ މަގާމުގައި ހުންނެވި މަހާތީރް މުހައްމަދުގެ ސަރުކާރަށް ވެސް ވަނީ އެދެވޭ ބަދަލުތައް ނުގެނެވި، މެޖޯރިޓީ ގެއްލިފަ އެވެ.

މުހްޔިއްދީންގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޕާލިމެންޓުގެ ތާއީދު ކުޑަ އެވެ. އެ ސަރުކާރުގެ ގާނޫނީ ސައްހަކަމާ މެދު ޕާލިމެންޓު މެމްބަރުން ސުވާލު އުފެއްދި އިރު، އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމްގެ ފަރާތުން ގިނަ ގޮންޖެހުންތައް ދިމާވި އެވެ.

ޔާސީންގެ ސަރުކާރަށް ތާއީދު ކުރި އެންމެ ބޮޑު ޕާޓީ، ޔުނައިޓެޑް މެލޭޒް ނެޝެނަލް އޯގަނައިޒޭޝަމް (އުމްނޯ) އަށް ނިސްބަތްވާ ޕާލިމެންޓު ބައެއް މެމްބަރުން، ބޮޑުވަޒީރަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވުމުން އިސްތިއުފާ އަށް ޕްރެޝަރު ބޮޑު ވާން ފެށި އެވެ.

އިސްތިއުފާ ދެއްވަން ނިންމެވުމުގެ ކުރިން ޔާސީން މަސައްކަތް ކުރެއްވީ އިތުބާރު އޮތްތޯ ބެލުމުގެ ވޯޓެއް ސެޕްޓެމްބަރު މަހު ޕާލިމެންޓުގައި ބޭއްވުމަށެވެ. ބެލެވޭ ގޮތުގައި އިސްތިއުފާ ދޭން ނިންމެވީ އެ ވޯޓުން ކުރި ހޯދޭނެ ވަރަށް މެމްބަރުންގެ ތާއީދު ލިބިވަޑައިނުގެންނެވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox