މާޒިޔާ މެޗުން ލިބުނީ ފިލާވަޅެއް، އީގަލްސްގެ މާ ގިނަ މައުލޫމާތެއް ނެތް: ޗެތުރީ

ބެންގަލޫރުގެ ކެޕްޓަން ޗެތުރީ: ސުޕަ ލީގުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ބެންގަލޫރު

ބެންގަލޫރުގެ ކެޕްޓަން ޗެތުރީ: ސުޕަ ލީގުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ބެންގަލޫރު

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ރާއްޖޭގެ މާޒިޔާ އަތުން ބަލިވެ ލިބުނީ ފިލާވަޅެއް ކަމަށް ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފި އެވެ.

މިދިޔަ އަހަރުގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި މާޒިޔާ އިން ވަނީ މާލޭގައި 2-1 އިން ބެންގަލޫރު ބަލިކޮށްފަ އެވެ. އިންޑިއާގައި ކުޅުނު މެޗުން ބެންގަލޫރު އިތުރު ވަގުތުގެ ދެ ހާފް ނިމުނުއިރު، 3-2 އިން މޮޅުވެ، އެގްރިގޭޓުން ބަލާއިރު 3-3 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖެހި އެވެ. ޕެނަލްޓީ ޖަހައިގެން މާޒިޔާ އަތުން ބަލިވެ، ބެންގަލޫރަށް ގްރޫޕް ސްޓޭޖުން ފުރުސަތު ނުލިބި ކެޓީ އެވެ.

މި ފަހަރުގެ އޭޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން މާދަމާރޭ ގަލޮޅު ދަނޑުގައި ބެންގަލޫރު ކުޅޭނީ ރާއްޖޭގެ އީގަލްސްއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެތުރީ ވަނީ މާޒިޔާ މެޗާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"މާޒިޔާ އަތުން އަމިއްލަ ދަނޑުގައި ބަލިވުމުން އަސަރުކުރި. ވަރަށް ކުރަން ބޭނުންނުވާ އިހުސާސެއް ކުރެވުނީ. އެ އަށް ފަހު އަހަރެމެން އޭޓީކޭ މޯހަން ބަގާން އަތުން ވެސް އޭރު ވީ ބަލި. އެ ކަންކަން މިހާރު ގޮސްފި. އެ ކަމުން އަހަރެމެންނަށް ފިލާވަޅެއް ވެސް ލިބުނު. މި ފަހަރުގެ މުބާރާތަށް ކުރިއަށް އޮތް މެޗަށް އޭގެއިން ކުރާނެ އަސަރެއް ނެތް. އެއީ މިހާރު މި އޮތީ އާ ކޯޗެއް އާ ޓީމެއް،" ޗެތުރީ ބުންޏެވެ.

އޭއެފްސީ ކަޕަށް އަމާޒުކޮށް އީގަލްސް އިން ގައުމީ ޓީމުގެ ސީނިއާ ކުޅުންތެރިންތަކެއް ގެނެސްފައިވާއިރު، ބެންގަލޫރުން ވެސް އާ ކުޅުންތެރިންތަކެއް ވަނީ ސޮއިކޮށްފަ އެވެ. މިހާރު އޮތްގޮތުން އީގަލްސް އާއި ބެންގަލޫރުގެ ތެރެއިން މޮޅުވުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތީ ހަމަހަމަކޮށްތޯ ސުވާލުކުރުމުން ޗެތުރީ ބުނީ އީގަލްސްއާ ބެހޭ އެހާ ގިނަ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

"އަހަންނަށް އީގަލްސްއާ ބެހޭ މާގިނަ މައުލޫމާތެއް އެ މީހުން ސޮއިކުރި ކުޅުންތެރިންނެއް ނޭނގޭ. އަހަރެމެންނަށް ލިބިފައި އޮތީ އެ ޓީމުގެ ވީޑިއޯތަކެއް. އަހަރެމެން މި ފޯކަސް ކުރަނީ އަމިއްލަ ޓީމަށް. މި ޓީމުގެ ފުރަތަމަ އެގާރަ އަށް އެރޭނެ ގޮތަކާ މެދު ވިސްނުން މި ވަގުތު ބޭނުމީ،" ޗެތުރީ ބުންޏެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޗެތުރީ.-

އޭއެފްސީ ކަޕްގައި ވާދަކުރަން ފެށި ފަހުން ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް އެންމެ ފުރަތަމަ ކުޅުނު ހަތް މެޗުން ވެސް ބެންގަލޫރު ވަނީ މޮޅުވެފަ އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓް އަތުންނާއި މިދިޔަ އަހަރުގެ މުބާރާތުގެ ކޮލިފައިން ޕްލޭއޮފްގެ ދެ ލެގުން މާޒިޔާ އަތުންނެވެ.

ޗެތުރީ ބުނީ ކުރިން ކުޅުނު މެޗުތަކުން ނުކުމެފައި ހުރި ނަތީޖާތަކުން އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ކުރާނެ އެއްވެސް އަސަރެއް ނެތް ކަމަށެވެ.

"އަހަރެމެން ފުރަތަމަ ހަތް މެޗުން މޮޅުވި ވިސްނުމުގައި ވާހަކަ ދައްކާނަމަ އަށް ވަނަ މެޗުން ބަލިވާނެ ކަމަށް އުއްމީދެއް ނުކުރާނެ. އެކަމަކު އެހެންވީ. ދެން އީގަލްސް އާއި މާޒިޔާ އަކީ ކޮންމެ ހަފްތާ އަކު ކަހަލަ ގޮތަކަށް އަހަރެމެން ކުޅޭ ޓީމުތަކެއް ނޫން. އެހެންވީމަ ކުރިން ވެފައި ހުރި ގޮތެއް ބަލައިގެން ވަކިކަމެއް ވާނެއެކޭ ބުނަން އުނދަގޫވާނެ. މިއީ މުޅިން އާ މެޗެއް،" ޗެތުރީ ބުންޏެވެ.

ބެންގަލޫރު ވަނީ އޭއެފްސީ ކަޕްގެ ފައިނަލުގައި 2016 ވަަނަ އަހަރު ވާދަކޮށްފަ އެވެ. އެކަަމަކު އޭގެ ފަހުން އެ ލެވެލްގެ ކުޅުމެއް އެ ޓީމަށް ނުދެއްކެ އެވެ.

ޗެތުރީ ބުނީ އޭއެފްސީ ކަޕަށް ބެންގަލޫރުން ދޭ އަހައްމިއްޔަތުކަން ކުޑައެއްނުވާ ކަަމަށާއި މީގެ ދިމާވާ މައްސަލަ އަކީ ބެންގަލޫރުން ކުރިން ދައްކަމުން އައި ރަނގަޅު ކުޅުން ތަކުރާރު ނުކުރެވުން ކަމަށެވެ.

"އަހަންނަށް ނުބުނެވޭނެ މި ފަހަރުގެ އޭއެފްސީ ކަޕް ފައިނަލްގައި އަހަރެމެން ކުޅޭނަމެކޭ. އެކަމަކު ޔަގީނުން ވެސް އަހަރެމެން އީގަލްސް މެޗު ފެށިގެން މޮޅުވާން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން،" ޗެތުރީ ބުންޏެވެ.

ބެންގަލޫރާއި އީގަލްސް ކުޅޭ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox