2018 ސާފް ޗެމްޕިއަންޝިޕް: ޒުވާން ގައުމީ ޓީމުގެ ބޮޑު ކާމިޔާބީގެ ފަހަތުގައި ހުރި ޒުވާން ކޯޗުގެ ވާހަކަ

Sep 24, 2021, 4:27 AM
2018 ސާފް ޗެމްޕިއަންޝިޕް: ޒުވާން ގައުމީ ޓީމުގެ ބޮޑު ކާމިޔާބީގެ ފަހަތުގައި ހުރި ޒުވާން ކޯޗުގެ ވާހަކަ

ގައުމީ ޓީމުގެ ކޯޗަކަށް 2018 ވަނަ އަހަރުގެ މާޗް މަހު ކްރޮއޭޝިއާގެ ކޯޗު ޕީޓަ ސެގާޓް ހަމަޖެއްސުމަށް ފަހު އޭނާ އަށް އެހީތެރިވެ، ޓީމުގެ އެސިސްޓަންޓް ކޯޗުގެ ރޯލު ހަވާލުކުރީ ރާއްޖޭގެ ފުޓްބޯޅައިގައި ޔޫތު މުބާރާތްތަކުގައި އެންމެ ކާމިޔާބު ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އާ އެވެ. ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންކަން ހޯދިއިރު، އެ ކާމިޔާބީގައި ޝާކިއްޓެ އިސް ރޯލެއް ކުޅުނެވެ.

އެފްއޭއެމް އިން "ޓުވާޑްސް ފިއުޗާ" ބެނާގެ ދަށުން މުސްތަގުބަލަށް ފެންވަރު ރަނގަޅު ގައުމީ ޓީމުތަކެއް ބިނާކުރުމުގެ މަސައްކަތް ފެށިއިރު، ގައުމީ ސީނިއާ ޓީމު ވެސް ދިޔައީ ޒުވާން ވަމުންނެވެ. ސާފް ޗެމްޕިއަންޝިޕް ޗެމްޕިއަންކަން 2018 ވަނަ އަހަރު ހޯދި ޓީމުގެ އެވްރެޖް އުމުރަކީ ވެސް 24 އަހަރެވެ. އެހެން ކަމުން އެ ފަހަރު ޗެމްޕިއަންކަން ހޯދި ގައުމީ ޓީމަކީ ވެސް ނިސްބަތުން ޅަ، މުސްތަގުބަލު އޮތް ޓީމެކެވެ.

ގައުމީ ޓީމުން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވިއިރު، ގަތަރުގައި 25 އަކަށް ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރި އެވެ. ޝާކިއްޓެ ސިފަކުރާގޮތުގައި އެ ޓްރެއިނިން ކޭމްޕަކީ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުވުމުގެ އެންމެ ބޮޑު ސިއްރެވެ.

"ކޮންމެ ގަޑިއެއްގައި ޕްރެކްޓިސް ކޮށްލަން ރަނގަޅު ފެންވަރުގެ ދަނޑު އަޅުގަނޑުމެންނަށް ހަމަޖެހިފައި ހުރޭ. އޭގެ އިތުރުން އަޅުގަނޑުމެންގެ ފިޓްނަސް އަށް މަަސައްކަތް ކުރަން ވެއްޖެނަަމަ ކޮންމެ ގަޑިއަކު ބޭނުން ކޮށްލަން ޖިމް ހަމަޖެހިފައި ހުރޭ ހަމައެއާ އެކު ރިކަވަރީ އަށް މަސައްކަތް ކުރަން ވެއްޖެނަމަ ބޭނުން ކޮންމެ ގަޑިއަކު ޕޫލް, ޔަކޫޒީ, ސައުނާ އެ ހުރިހާ އެއްޗެއް ހަމަޖެހިފައި ހުރި،" ޝާކިއްޓެ ބުންޏެވެ.

ޝާކިއްޓެ "އަދަދު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: އަދަދު

ހަގީގަތުގައި ޓްރެއިނިން ކޭމްޕްގެ އެންމެ އިސް މަގުސަދަކީ ޓީމު އެންމެން އެއްކޮށް އެހެން ގޮސް ދިރިއުޅުމުގެ އެހެން ކަންތައްތަކާ ދުރަށް ޖެހިލާ ހަމައެކަނި ފުޓްބޯޅަ އަށް ހުސްވެލުމެވެ. ޝާކިއްޓެ ދެކޭގޮތުގައި އެހެން ގިނަ ދުވަސްތަކެއް ވަންދެން ފުޓްބޯޅަ އަށް ހުސްވެލައިގެން ޓީމު އެއްކޮށް އުޅުމުގެ ފައިދާ މުބާރާތުގެ ތެރޭގައި ޓީމުގެ ކޮމްބިނޭޝަނުން ފެނުނު ކަމަށެެވެ.

ޓްރެއިނިން ކޭމްޕްގެ ހުރިހާ ކަމެއް ރަނގަޅަށް ދިޔަ ނަމަވެސް ބޭނުންވިޔަސް އެއް ކަމެއް ދިޔައީ ފުރިހަމަ ނުވެ އެވެ. އެއީ އެކަށީގެންވާ ވަރަށް މެޗު ނުކުޅެވުމެވެ. ގަތަރުގެ ކްލަބަކާ އެއް މެޗު ކުޅުނު ނަމަވެސް ޕާކިސްތާން ގައުމީ ޓީމާ ކުޅެން ރޭވި މެޗު ފަހު ވަގުތު ކެންސަލްވީ އެވެ. ޝާކިއްޓެ ބުނީ މެޗު ނުކުޅެ މުބާރާތަށް ދިއުމުން ފުރަތަމަ މެޗުތަކުގެ ނަތީޖާ އަށް އަސަރުކުރި ކަމަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ސްރީ ލަންކާއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުން އިންޑިއާ އަތުން 2-0 އިން ބަލިވިއިރު، ލަންކާ އާއި ރާއްޖެ ހުރިހާ ގޮތަކުން އެއްވަރުވެ، ޖެހުނީ ގުރުއަތުލައިގެން ސެމީ ފައިނަލަށް ދާ ޓީމެއް ހޮވާށެެވެ. ރާއްޖެ އަށް ގުރު ކާމިޔާބު ކުރެވުމުން އެއީ މުބާރާތުގައި ރާއްޖެ އަށް ކުރިއަށްދާން ހިތްވަރު ލިބުނު ހިސާބުކަން ޝާކިއްޓެ ފާހަގަކުރި އެވެ.

"(ގުރުލި) އެ ވަގުތު އެ ގުރު ދިމާވުމުން އެންމެން އަތްވައްޓާލާފައި މާޒީގައި ވެދިޔަތަން ދިޔައީއޭ ކޮންމެ ކޮންމެ ފަހަރަކު ދެ ވަނަ ފުރުސަތެއް ނުލިބޭނެއޭ ބުނީ. މި ފުރުސަތު ބޭކާރުކޮށްނުލައި ހިނގާށޭ ހުރިހާ އެންމެން އެކީ އެކައްޗަށް ވެގެން ތަށި ނަގަން. އެ ހިސާބުން ފެނިގެން ދިޔައީ ހުރިހާ އެންމެން ފަރާތުން ތަފާތު ޖޯޝެއް،" ޝާކިއްޓެ ބުންޏެވެ.

ސެމީ ފައިނަލުގައި ނޭޕާލް އަތުން 3-0 އިން މޮޅުވި މެޗާއި ފައިނަލްގައި އިންޑިއާ އަތުން 2-1 އިން މޮޅުވި މެޗަށް ރާއްޖޭން ނުކުތީ ވަރަށް ރަނގަޅު ރޭވުންތަކަކާ އެކީ އެވެ. އެ ދެ މެޗަށް ވެސް ޓީމު ޓެކްޓިކަލީ ތައްޔާރުވީ ވަރަށް ރަނގަޅަށް މެޗުތައް ދިރާސާކޮށްގެންނެވެ. ޝާކިއްޓެ ބުނީ ދެ މެޗުން މޮޅުވެ ތަށި ހޯދުނީ ކޯޗިން ޓީމު ތަކުރާރުކޮށް މެޗުތަކެއް ބަލައިގެން ހެދި އެނަލައިސިސްތަކެއްގެ ސަބަބުން ކަމަށެވެ.

2018 ވަނަ އަހަރުގެ ގައުމީ ޓީމުގެ ކޯޗިން ސްޓާފުން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އުމެއިރު ފަދަ ކުޅުންތެރިން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ނެތެވެ. ގައުމީ ޓީމުގެ ސިލެކްޝަނަށް އެހެންވެ، ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

ޝާކިއްޓެ ބުނި ގޮތުގައި ސިލެކްޝަނަށް ފާޑުކިޔުން އަމާޒުވި ގިނަ ސަބަބުތަކެއް އެބަހުރި ކަމަށާއި ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކޯޗަަކު ޓީމަކަށް ސިލެކްޝަނެއް ހަދާނީ އެ ކޯޗަކު ބޭނުންވާ ޕްލޭނަކަށް ފެތޭ ކުޅުންތެރިން ކަމަށެވެ. އެ ގޮތުން 2018 ވަނަ އަހަރުގެ ސިލެކްޝަނުގެ އެންމެ ބޮޑު ގޮންޖެހުމަކީ މެޗުތަކެއް ނުކުޅެ ކުޅުންތެރިން ނަގަން ޖެހުން ކަމަށް އޭނާ ބުންޏެވެ.

ސިލެކްޝަނާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ނުލިބުނީ ރާއްޖޭން ގޮސް 10 އަހަރު ފަހުން ދެ ވަނަ ފަހަރަށް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދުމުންނެވެ. މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލްގައި ގައުމީ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

ޝާކިއްޓެ ވަނީ ފައިނަލް މެޗުގެ އެ ކާމިޔާބީ އާއި ތައްޔާރީތަކުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ.

"ވަރަށް އެހެން ކަހަލަ އިހުސާސެއް އާދޭ މިހާރު ތި ވާހަކަ ދައްކާއިރު ވެސް. އެ މެޗުގައި ހަގީގަތުގައި ވަރަށް ރަނގަޅު ދިރާސާތަކެއް ކޮށްގެން ނުކުތް ދެ މެޗެއް،" ޖަރުމަނުގެ ލައިޕްޒިގުން ކޯޗިންގެ ކޯހެއް ފުރިހަމަކޮށްފައިވާ ޝާކިއްޓެ ބުންޏެވެ.

ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ގައުމީ ޓީމު ތައްޔާރުކުރުމުގެ ޒިންމާ ހެޑްކޯޗު ޕީޓާ ސެގާޓުގެ ބެލުމުގެ ދަށުން އުފުލި ޓީމަށް އެކަމުގެ ކްރެޑިޓް ހައްގުވެ އެވެ.

ބިދޭސީ ދެ އެހީތެރިންނާއި އެސިސްޓަންޓް ޝާކިއްޓެގެ ނަން ވަކިން ފާހަގަކުރަން ޖެހެ އެވެ. މުހިއްމު ވަގުތުތަކުގައި ޓީމު ބަދަހިކުރުމާއި ރަނގަޅު ނިންމުންތައް ނިންމުމުގައި ދިން އެހީތެރިކަމެވެ. އަދި މެޗުގެ އެންމެ ޕްރެޝަރު ވަގުތުތަކުގައި ކެނޑިނޭޅި ޓެކްނިކަލް ޒޯންގެ ލައިން މަތީގައި ހުރެގެން ކުޅުންތެރިންނަށް އިރުޝާދުދީ ބަދަލުތައް ކުރުމުގައި ކޯޗަށް ލަފާދީ ހެދުމުގައި ނެގި ނިންމުންތައް ރަނގަޅު ވުމުންނެވެ.

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ދިވެހި ފުޓްބޯޅައިގެ ކާމިޔާބީގެ އާ ޗެޕްޓަރެއް ލިޔުނީ ޒުވާން ޓީމަކާ އެކު އެވެ. އެ ޒުވާން ޓީމު އަންނަ މަހު 1-16 އަށް މާލޭގައި ކުޅޭ މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނުކުންނާނީ ޔަގީނުން ވެސް ކުރިއަށް ވުރެ ވަރުގަދަކޮށެވެ. އެންމެ ބޮޑު އަޒުމަކީ އަމިއްލަ ގައުމުގައި ކުޅޭ މި މުބާރާތް ކާމިޔާބު ކޮށް ތަށި ދިފާއުކުރުމެވެ.

"ދިވެހިންނަށް އެޑްވާންޓޭޖެއް އެބައޮތް މެޗުތައް ހަމަޖެހިފައި އެ ހުރި ގޮތުން ވެއްޖިއްޔާ. އެޑްވާންޓޭޖް މިހާރު މިހުރި ޝެޑިއުލްގެ އިތުރުން ސަޕޯޓަރުން ދަނޑަށް ވެއްދިއްޖިއްޔާ އެއީ ވަރަށް ބޮޑު އެޑްވާންޓޭޖަކަށް ވާނެ،" ޝާކިއްޓެ ބުންޏެވެ.

"އަޅުގަނޑުމެންނަށް މި ފުރުސަތުގައި ދަނޑަށް ސަޕޯޓަރުން ވެއްދި 2008 ގައި އަޅުގަނޑުމެން ގައުމުގައި ކުޅުނުއިރު އެ ފޯރި އަލުން ގެނެވޭނެ އިންތިޒާމެއް ހަަަމަޖެހޭނެ ކަމަށް. އޭރުން ފިކްސްޗާސްގެ އިތުރުން 12 ވަނަ ކުޅުންތެރިޔާގެ އެޑްވާންޓޭޖް ނެގޭނެ."

ޝާކިއްޓެ އަންނަނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރަމުން އަންނަ ގައުމީ ޓީމަށް އެހީވަމުންނެވެ.

ދިވެހި ފުޓްބޯޅައިގައި ޝާމިލުވެ އުޅޭ އެންމެން ވެސް މިހާރު ބޭނުންވަނީ ރާއްޖޭން އެންމެ ފުރަތަމަ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް، ލަންކާއާ ގުޅިގެން ހޯސްޓްކުރިއިރު އެ އޮތް ފޯރި އަލުން ގެނައުމަށެވެ.

އެ ފަހަރު 2008 ވަަނަ އަހަރު ރާއްޖޭން ލަންކާގައި ކުޅުނު ފައިނަލުން މޮޅުވެ ތަށި ހޯދިއިރު، އޭގެ 10 އަހަރު ފަހުން 2018 ވަނަ އަހަރު ތަށި އުފުލާލީ ބަންގްލަދޭޝްގައި ކުޅުނު ފައިނަލަކުން މޮޅުވެ އެވެ. މި ފަހަރު ރާއްޖޭގައި ފައިނަލް ކުޅޭނެކަން ޔަގީންވެފައިވާއިރު، ރާއްޖޭގެ އަމާޒަކީ އަމިއްލަ ގައުމުގައި ކުޅޭ ފައިނަލުން މޮޅުވެ، ތިން ވަނަ ފަހަރަށް ސަރަހައްދުގެ ތަށި އުފުލާލުމެވެ. މިއީ އަމިއްލަ ފަސްގަނޑުގައި ތަށި ދިފާއުކުރާ ފަހަރަށް ހެދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox