ސިންގަޕޫރުގެ ނަރުދަމާ ފެން ރީސައިކަލްކޮށް ބޯފެނަށް!

ސިންގަޕޫރުގައި ހުންނަ ބެޑޮކް ނިއުވޯޓާ ޕްލާންޓް.-- ފޮޓޯ: އޭއެފްޕީ

ސިންގަޕޫރުގައި ހުންނަ ބެޑޮކް ނިއުވޯޓާ ޕްލާންޓް.-- ފޮޓޯ: އޭއެފްޕީ

ސިންގަޕޫރު (އޯގަސްޓު 10) - ސިންގަޕޫރުގެ ނަރުދަމާ ފެން ޕްރޮސެސްކޮށް، އިންސާނުންނަށް ބޯން އެކަށޭނަ ސާފު ފެން އުފައްދަމުން އެބަދެ އެވެ.

ސިންގަޕޫރަކީ ގުދުރަތީ ވަސީލަތްތައް މަދު ކުޑަ ގައުމެކެވެ. ޒަމާންތަކެއް ވަންދެން ސިންގަޕޫރަށް ބޭނުންވާ ސަޕްލައި ހޯދަން ބަރޯސާ ވާން ޖެހިފައި ވަނީ ކައިރީގައި އޮންނަ މެލޭޝިއާ އަށެވެ.

އެހެންވެ އެހެން ގައުމުތަކަށް ބަރޯސާވުން ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ނަރުދަމާ ފެން ރީސައިލް ކުރެވޭނެ އެޑްވާންސް ސިސްޓަމެއް އުފައްދާފަ އެވެ. އެ ސިސްޓަމުގައި ހިމެނެނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ޕްލާންޓުތަކާއި ބިމު އަޑީގައިވާ ޓަނަލް ނެޓްވޯކެވެ.

އެއާއެކު ރީސައިކް ކޮށްފައިވާ ނަރުދަމާ ފެނުގެ އެހީގައި ސިންގަޕޫރަށް ބޭނުންވާ ބޯ ފެނުގެ 40 ޕަސެންޓު މިހާރު ދަނީ އުފައްދަމުންނެވެ. އެ ގައުމުގެ ފެނާބެހޭ އޭޖެންސީން ބުނީ އާ ސިސްޓަމުގެ އެހީގައި 2060 ވަނަ އަހަރާ ހަމައަށް ދާއިރު، ގައުމަށް ބޭނުންވާ ފެނުގެ 55 ޕަސެންޓު އުފެއްދޭނެ ކަމަށެވެ.

ރީސައިކަލް ކުރާ ފެނުގެ ބޮޑު ބައި ބޭނުން ކުރަނީ ސިނާއީ ބޭނުންތަކަށެވެ. ނަމަވެސް 5.7 މިލިއަން މީހުން ދިރިއުޅޭ އެ ގައުމުގެ ބޯފެން ސަޕްލައިއަށް ވެސް އޭގެ ތެރެއިން ބައެއް ފޯރުކޮށްދެ އެވެ.

ފެން ފޯރުކޮށްދިނުމުގެ އިތުރުން ކަނޑު ތަގައްޔަރުވުމުގެ މައްސަލައަށް ވެސް އެ އާ ނިޒާމުގެ ސަބަބުން ވަނީ ހައްލު ލިބިފަ އެވެ. މިހާރު ސިންގަޕޫރުގައި ޓްރީޓު ކުރާ ނަރުދަމާ ފެނުގެ ތެރެއިން ކަނޑަށް ބޭރު ކުރަނީ މަދު މިންވަރެކެވެ.

މިއީ އެހެން ގައުމުތަކާ މުޅިން ތަފާތު ކަމެކެވެ. އދ. އިން އަންދާޒާ ކުރާ ގޮތުގައި ދުނިޔޭގައި އުފައްދާ ނަރުދަމާ ފެނުގެ 80 ޕަސެންޓު ކަނޑަށް ނުވަތަ އިކޯސިސްޓަމަށް ދޫކޮށްލަނީ ޓްރީޓު ނުކޮށް އަދި ރީސައިކަލް ނުކޮށެވެ.

"ސިންގަޕޫރުގެ ގުދުރަތީ ވަސީލަތްތައް މަދު، ބިން ވެސް މަދު. ފެން ލިބޭނެ އިތުރު ގޮތްތައް ފެނޭތޯ އަބަދު މަސައްކަތް ކުރަން ޖެހެނީ އެހެންވެ، އަޅުގަނޑުމެންގެ މައިގަނޑު ސްޓްރެޓެޖީ އަކީ ކޮންމެ ފެން ތިއްކެއް ވެސް ރައްކާކުރުމަށް ފަހު އަލުން ބޭނުން ކުރެވޭނެ އެންމެ ގިނަ ދުވަހެއް ވަންދެން ބޭނުން ކުރުން،" " ޕަބްލިކް ޔުޓިލިޓީޒް ބޯޑުގެ ވޯޓާ ރިކްލެމޭޝަން ޑިޕާޓްމަންޓުގެ ޗީފް އިންޖިނިއަރު ލޯ ޕެއި ޗިން އޭއެފްޕީއަށް ވިދާޅުވި އެވެ.

ފެނުގެ ސަޕްލައި ހުއްޓުމެއް ނެތި ލިބޭނެ ކަން ކަށަވަރު ކުރުމަށް ސިންގަޕޫރުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން ފެން އިމްޕޯޓުކޮށް، އަދި ލޮނުފެން ޑީސެލިނޭޓް ކުރެ އެވެ.

މި ރީސައިކްލިން މަސައްކަތުގައި އެންމެ ފާހަގަކުރެވެނީ ހައި ޓެކް ޗަންގީ ވޯޓާ ރިކްލެމޭޝަން ޕްލާންޓެވެ. އެ ތަން ހުންނަނީ ސިންގަޕޫރުގެ އިރުމަތީ އައްސޭރި ފަށުގަ އެވެ.

ބިމުގެ ދަތިކަން އޮންނާތީ ރީސައިކަލް ކުރާ ފެސިލިޓީގެ ބައެއް ބައިތައް ހުންނަނީ ބިމު އަޑީގަ އެވެ. އެގޮތުން ބިމު އަޑިއަށް 25 ފަންގިފިލާއަށް ވާ ތަންތަން ވެސް ހުރެ އެވެ. އެ ތަނަށް ނަރުދަމާ ފެން އަންނަނީ 48 ކިލޯމީޓަރު ދިގު ޓަނަލް އަކުންނެވެ.

އެތަނުގައި ސްޓީލް ހޮޅި އާއި، ޓިއުބާއި، ޓޭންކު އަދި ފިލްޓްރޭޝަން ނިޒާމު ފަދަ އެކި މެޝިން ހުރެ އެވެ. ދުވާލެއްގެ މައްޗަށް 900 މިލިއަން ލީޓަރުގެ ފެން ޓްރީޓު ކުރެވެ އެވެ.

އެ އިމާރާތުގައި ވެންޓިލޭޓަރު ނެޓްވޯކް ގާއިމްކޮށްފައި ހުންނަނީ ނުބައި ވަސް ބޭރު ކުރުމަށެވެ.

އެ ޕްލާންޓަށް އަންނަ ނަރުދަމާ ފެން ފިލްޓަރު ކުރުމަށް ފަހު ބާރުގަދަ ޕަމްޕުތަކެއްގެ އެހީގައި ބިމުގެ މަތީގައި ހުންނަ ފެސިލިޓީތަކަށް ފޮނުވަނީ އިތުރަށް ސާފު ކުރުމަށެވެ. ފެނުގައި ހުންނަ ބެކްޓީރިއާ އާއި ވައިރަސް ނައްތާލުމަށް ފަހު އަލްޓްރާ ވަޔަލެޓް ރޭގެ އެހީގައި ޑިސްއިންފެކްޓު ކުރެ އެވެ.

ފެން ޓްރީޓުކޮށް ނިމުމުން ކިޔާ ނަމަކީ "ނިއުވޯޓާ" އެވެ. މި ފެން އާއްމުކޮށް ބޭނުން ކުރަނީ މައިކްރޯޗިޕް އުފައްދާ ޕްލާންޓުތަކާއި އިމާރަތްތަކުގެ ކޫލިން ސިސްޓަމަށެވެ.

އޭގެ އިތުރުން ބޯ ފެނުގެ ސަޕްލައި އަށް ވެސް ބަޔެއް ލިބެ އެވެ. ފެނުގެ ދަތިކަން ދިމާވާން ފެށުމުން ނުވަތަ ވާރޭ ނުވެހޭ ދުވަސްވަރު އެ ފެން ފޮނުވަނީ އެކި ފެސިލިޓީތަކަށެވެ. އެ ތަންތަނުގައި އިތުރަށް ޓްރީޓް ކުރުމަށް ފަހު ގެތަކުގެ ފެން އިސްކުރަށް ދޫކުރެ އެވެ.

ސިންގަޕޫރުން އަދިވެސް މަސައްކަތް ކުރަނީ ފެން ރީސައިކަލް ކުރާ ނިޒާމް ބޮޑު ކުރުމަށެވެ.

އެގޮތުން ބިމު އަޑީގެ އިތުރު ޓަނެލް އަކާއި ބޮޑު ރިކްލެކްމޭޝަން ޕްލާންޓެއް ސިންގަޕޫރުގައި 2025 ގެ ކުރިން ގާއިމް ކުރާނެ އެވެ. އެ މަސައްކަތް ނިމޭއިރު ފެން ޓްރީޓް ކުރުމުގެ އިންފްރާސްޓްރަކްޗާއަށް 7.4 ބިލިއަން ޑޮލަރު ހޭދަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox