ހުޅަނގު އެފްރިކާއިން މާބާގް ވައިރަސް ފެނިއްޖެ

މާބާގް ވައިރަސް އިންސާނުންނާ ހަމައަށް ފޯރަނީ ވާލުގެ ގައިން.-- ފޮޓޯ: ބެންކޮކް ޕޯސްޓް

މާބާގް ވައިރަސް އިންސާނުންނާ ހަމައަށް ފޯރަނީ ވާލުގެ ގައިން.-- ފޮޓޯ: ބެންކޮކް ޕޯސްޓް

ޖެނީވާ، ސްވިޓްޒަލޭންޑް (އޯގަސްޓު 10) - ނުރައްކާތެރި އެބޭލޯ ވައިރަހާ ގުޅިފައިވާ މާބާގް ވައިރަސްގެ ކޭސްއެއް ފުރަތަމަ ފަހަރަށް ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީން ފެނިއްޖެ އެވެ.

ކޮވިޑް-19 ފަދައިން މާބާގް ވައިރަހަކީ ވެސް ޖަނަވާރުންގެ ގައިން އިންސާނުންގެ ހަށިގަނޑަށް އެތެރެވި އެއްޗެކެވެ. މިއީ ވާލުގެ ހަށިގަނޑުގައި އުޅޭ ވައިރަހަކަށް ވާއިރު، ބަލި ޖެހޭ މީހުންގެ 88 ޕަސެންޓު މަރުވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ ގިނީގެ ދެކުނު ގުއެކެޑޫ ޕްރީފެކްޗާގައި އޯގަސްޓު ދެ ވަނަ ދުވަހު މަރުވި މީހެއްގެ ހަށިގަނޑުން ނެގި ސާމްޕަމް މާބާގް ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"މާބާގް ވައިރަސް ހަލުވިކަމާއެކު ބޮޑު ސަރަހައްދަކަށް ފެތުރުމުގެ ކުރިން ކޮންޓްރޯލް ކުރަން ޖެހޭނެ،" ޑަބްލިއުއެޗްއޯއިން އެފްރިކާއަށް ކަނޑައަޅާފައި ހުންނަ ޑިރެކްޓަރު ޑރ. މަޓްޝިޑީސޯ މޮއޭޓީ ވިދާޅުވި އެވެ.

މިދިޔަ އަހަރު ގިނީގައި އެބޯލާ ވެސް ފެތުރެނެވެ. އެ ފަހަރު 12 މީހަކު މަރުވިއިރު، އެބޯލާ ފެތުރުން ހުއްޓުނު ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ މީގެ ދެ މަސް ކުރިންނެވެ. އެއީ ގިނީގައި އެބޯލާ ފެތުރުނު ދެ ވަނަ ފަހަރެވެ.

"އަޅުގަނޑުމެން މި ދަނީ ކަމާ ބެހޭ އިދާރާތަކާ އެކު އެބޯލާ ކޮންޓްރޯލް ކުރަން ކުރި މަސައްކަތް ފަދައިން ރޭވުންތެރިކަމާ އެކު މި ފަހަރު ވެސް މަސައްކަތް ކުރެވޭތޯ ބަލަމުން،" މާބާގް އާއި އެބޯލާ ވައިރަސް ފެތުރެނީ ދާދި އެއް ގޮތަކަށް ކަން ފާހަގަކުރައްވަމުން މޮއެޓީ ވިދާޅުވި އެވެ.

މާބާގް ވައިރަސް އާއްމު ގޮތެއްގައި ޖެހެނީ ވާލުގެ ބާވަތެއް ކަމަށްވާ ރޮސެޓަސް، ދިރިއުޅޭ ހޮހޮޅަތަކާއި މައިނުތަކަށް އެކްސްޕޯޒްވުމުންނެވެ. މި ވައިރަސް އިންސާނެއްގެ ހަށިގަނޑަށް ވަދެއްޖެ ނަމަ، އެހެން މީހުންނަށް ފެތުރެނީ ހަށިގަނޑުގައި ފްލުއިޑުންނެވެ. ނުވަތަ ބަލި ޖެހިފައިވާ މީހަކު އަތްލާ ތަންތަނުން ވެސް ވައިރަސް އެހެން މީހެއްގެ ގަޔަށް އެތެރެވެދާނެ އެވެ.

ޑަބްލިއުއެޗްއޯގެ 10 ތަޖުރިބާކާރުން މިހާރު ވެސް ތިބީ ގިނީގަ އެވެ. އޭގެ ތެރޭގައި އެޕިޑެމިއޮލޮޖިސްޓުންނާއި ސޯޝިއޯ އެންތްރޮޕޮލޮޖިސްޓުން ހިމެނެ އެވެ.

ބަލި ކޮންޓްރޯލް ކުރަން އަޅާ އަވަސް ފިޔަވަޅުތަކުގެ ތެރޭގައި ނުރައްކާ އޮތް މިންވަރު ދެނެގަތުމާއި، ބައްޔަށް ސްކްރީން ކުރުމާއި ކްލިނިކަލް ފަރުވާ ފޯރުކޮށްދިނުން ހިމެނެ އެވެ.

އޭގެ އިތުރުން އެހެން ގައުމަކަށް ބަލި އެތެރެވިޔަ ނުދިނުމަށް ގިނީގެ ބޯޑަރު ހުރަސްކޮށް ދަތުރު ކުރާ ފަރާތްތައް ބޮޑަށް މޮނީޓާ ކުރުމުގެ މަސައްކަތް ވެސް ވަނީ ހަރުދަނާކޮށްފަ އެވެ.

މީގެ ކުރިން މާބާގް ވައިރަސް ފެނިފައި ވަނީ ދެކުނު އެފްރިކާ، އެންގޯލާ، ކެންޔާ، ޔުގެންޑާ އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިންނެވެ. ނަމަވެސް މިއީ ހުޅަނގު އެފްރިކާގެ ގައުމަކުން މި ވައިރަސް ފެނުނު ފުރަތަމަ ފަހަރެވެ.

ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ގަދަޔަށް ހުން އައުމާއި، ގަދަޔަށް ބޮލުގައި ރިހުމާއި، ހަށިގަނޑަށް އުނދަގޫވުން ހިމެނެ އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ކުރިން ބަލި ފެތުރިފައިވާ ގޮތަށް ބަލާއިރު މީހުން މަރުވުމުގެ ރޭޓު އުޅެނީ 24 ޕަސެންޓުން ފެށިގެން 88 ޕަސެންޓާ ދެމެދުގައި ކަމަށެވެ. އެކަން ބިނާވަނީ ވައިރަހުގެ ސްޓްރެއިން އާއި މެނޭޖުކުރާ ގޮތެއްގެ މައްޗަށެވެ.

މި ބައްޔާ ދެކޮޅަށް އެއްވެސް ވެކްސިނެއް އަދި ފަރުވާއެއް ވެސް ހޯދިފައެއް ނުވެ އެވެ. ނަމަވެސް ހަށިގަނޑުގެ ހައިޑްރޭޝަން އިތުރުކޮށް، އަލާމާތްތަކަށް ހާއްސަ ފަރުވާ ދީގެން ހާލު ރަނގަޅުވެ، ދިރިހުރުމުގެ ފުރުސަތު އޮވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox