ރަޝިއާގެ ހޮސްޕިޓަލެއްގައި އޮކްސިޖަން ހޮޅި ފަޅައިގެން ގޮސް 9 މީހުން މަރުވެއްޖެ

ކޮވިޑް ބަލި މީހަކަށް އޮކްސިޖަން ގުޅާފައި.-- ފޮޓޯ: ޖިއީ ޓީވީ

ކޮވިޑް ބަލި މީހަކަށް އޮކްސިޖަން ގުޅާފައި.-- ފޮޓޯ: ޖިއީ ޓީވީ

މޮސްކޯ، ރަޝިއާ (އޯގަސްޓު 10) - ރަޝިއާގެ އުތުރު އޮސޭޓިއާގެ ވެރިރަށް ވްލެޑިކަވްކާޒްގެ ހޮސްޕިޓަލެއްގެ އޮކްސިޖަން ހޮޅިއެއް ފަޅައިގެން ގޮސް، ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ނުވަ މީހަކު މަރުވެއްޖެ އެވެ.

"ރިޕަބްލިކް ކްލިނިކަލް ހޮސްޕިޓަލް އޮފް ވްލެޑިކަވްކާޒްގައި ތިބި ކޮވިޑް ބަލީގެ ނުވަ މީހަކު މަރުވީ އޮކްސިޖަން ނުލިބުމުގެ ސަބަބުން،" ރަޝިއާގެ ނިއުސް އޭޖެންސީތަކުން ހެލްތު މިނިސްޓްރީއާ ހަވާލަދީ ބުންޏެވެ.

ވްލެޑިކަވްކާޒްގެ އެކްޓިން ހެޑް ސާގެއި މިންޔައިލޯ ވިދާޅުވީ އޮކްސިޖަން ސަޕްލައި އަށް ހުރަސް އެޅުނީ ހޮސްޕިޓަލުގެ އޮކްސިޖަން ޕައިޕެއް ފަޅައިގެން ދިޔުމުން ކަމަށެވެ.

ޓަސް ނިއުސް އެޖެންސީން ބުނީ ރަޝިއާގައި ބޮޑެތި ކުށްތައް ތަހުގީގު ކުރާ އިންވެސްޓިގޭޓިވް ކޮމިޓީން އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ހާދިސާ ހިނގިއިރު 71 ބަލި މީހުން ތިބީ އައިސީޔޫގައި ކަމަށާއި 13 މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. މަރުވި ނުވަ މީހުންނަކީ ވެސް ވެންޓިލޭޓަރުގައި އޮތް މީހުންނެވެ.

މިންޔައިލޯ ވިދާޅުވީ އޮކްސިޖެން ކެނޑުމުގެ ކުރިން ވެސް އެ ނުވަ މީހުންގެ ފުއްޕާމެޔަށް ވަނީ 90 ޕަސެންޓު ގެއްލުންވެފައި ކަމަށާއި އެހެންކަމުން މަރުވީ އެ ހާދިސާގެ ސަބަބުން ކަމަށް ބުނަން މާ އަވަސް ކަމަށެވެ.

އޭނާ ވިދާޅުވީ އޮކްސިޖެން ކެނޑިފައިވާ މައްސަލަ ފާހަގަވީ 30 މިނެޓު ފަހުން ކަމަށާއި އެއާއެކު ބަލި މީހުންނަށް އޮކްސިޖަން ސިލިންޑަރުގެ އެހީގައި އޮކްސިޖަން ފޯރުކޮށްދޭން ފެށި ކަމަށެވެ.

ކޮވިޑުގެ ބަލިމަޑުކަމުގައި ރަޝިއާގެ ހޮސްޕިޓަލުތަކުގައި ހިނގާ އެކި ހާދިސާތަކުގައި ބަލި މީހުން މީގެ ކުރިން ވެސް މަރުވެފައި ވެ އެވެ.

އެގޮތުން ރިޔަޒަން ސިޓީގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މިދިޔަ ޖޫން މަހު ތިން މީހަކު މަރުވި އެވެ. އަލިފާން ރޯވީ ވެންޓިލޭޓަރެއްގައި މައްސަލަ ޖެހިގެން ކަމަށް ރިޕޯޓުތައް ބުންޏެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ މޭ މަހު މޮސްކޯ އާއި ސެއިންޓް ޕީޓާޒްބާގްގެ ބައެއް ހޮސްޕިޓަލްތަކުގައި ވެސް އެގޮތަށް ރޯވެ ބައެއް މީހުން މަރުވި އެވެ.

އޭއެފްޕީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ކޮވިޑުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކުގެ ތެރެއިން ހަތަރު ވަނަ އަށް އޮތޯ ރަޝިއާ އެވެ. އެ ގައުމުން ޖުމްލަ 6.5 މިލިއަން ކޭސް ފެނިފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox