ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް

2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް (ވ.2) އާއި ޖެނެރަލް ސެކްރެޓަރީ ޖަވާޒް (ކ.2)، ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރު ހޯދި ކެޕްޓަން އައްސަދު (ކ) އަދި 2018 ވަނަ އަހަރު ތަށި ހޯދި ޓީމުގެ ކެޕްޓަން އަކުރަމް.-- ފޮޓޯ: އިމޭޖަސް.އެމްވީ

2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް (ވ.2) އާއި ޖެނެރަލް ސެކްރެޓަރީ ޖަވާޒް (ކ.2)، ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރު ހޯދި ކެޕްޓަން އައްސަދު (ކ) އަދި 2018 ވަނަ އަހަރު ތަށި ހޯދި ޓީމުގެ ކެޕްޓަން އަކުރަމް.-- ފޮޓޯ: އިމޭޖަސް.އެމްވީ

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ދޭން ސައުތު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިިފި އެވެ.

މިއަދު ކުރިއަށް ދިޔަ ސާފްގެ މެމްބަރު ގައުމުތަކުގެ ބައްދަލުވުމުގައިވަނީ ރާއްޖެ އަށް މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ދޭން ނިންމައިފަ އެވެ. މިއީ ރާއްޖޭން ސަރަހައްދުގެ ފުޓްބޯޅަ މުބާރާތް ހޯސްޓްކުރާނެ ދެ ވަަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް ކުރިއަށްދާނީ އޮކްޓޫބަރު 1-15 އަށެވެ.

Advertisement

ރާއްޖޭން އެންމެ ފުރަަތަމަ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރީ 2008 ވަނަ އަހަރު ސްރީލަންކާއާ ގުޅިގެންނެވެ. މި ފަހަރު ވެސް ސާފް ބާއްވަން އެންމެ ފުރަތަމަ ރާއްޖޭން ބިޑް ކުރަން މަޝްވަރާކުރީ ލަންކާއާ ގުޅިގެންނެވެ. އެކަމަކު، ފަހުން ނިންމީ ރާއްޖޭން އެކަނި ސާފް ބޭއްވުމަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމި މުބާރާތެކެވެ. އެކަމަކު މި އަހަރަށް ފަސްކުރަން ޖެހުނީ މިދިޔަ އަހަރު ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުންނެވެ. ގިނަ މަސައްކަތްތަކެއް ކޮށްގެން ވެސް މި އަހަރު ބަންގްލަދޭޝްގައި މުބާރާތް ހޯސްޓްކުރަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއްނުވި އެވެ. އެހެންވެ، ޖެހުނީ މުބާރާތް ބާއްވާނެ ގައުމެއް ކަނޑައަޅަން ބިޑަށް ހުޅުވާލާށެވެ.

ސާފް ހޯސްޓްކުރަން މި ފަހަރު އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރީ ރާއްޖެ އާއި ނޭޕާލް އަދި އިންޑިއާ އިންނެވެ. އެކަމަކު، ރަސްމީކޮށް ބިޑްކުރީ ރާއްޖެ އާއި ނޭޕާލުންނެވެ. ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ރާއްޖޭގައި ސާފް ބޭއްވުމުގެ ފުރުސަތު ދޭން ނިންމީ ނޭޕާލަށް ވުރެ ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވުމުން ކަމަށެވެ.

މިއީ މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ އެފްއޭއެމުން ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތެއްގެ މެޗުތައް ހޯސްޓްކުރުމުގެ ބިޑް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރުމުގެ ބިޑް ތިން ފަހަރެއްގެ މަތިން ކާމިޔާބުކުރި އެވެ. އަދި މި ފަހަރު ސާފް ޗެމްޕިއަންޝިޕްގެ ބިޑް ވެސް މި ވަނީ ކާމިޔާބުކޮށްފަ އެވެ. އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް މި މަހު މާލޭގައި ކުރިއަށްގެންދާނެ އެވެ.

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ވަނީ ދެ ވަނަ ފަހަރަށް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޔަގީނުން ވެސް ޕާކިސްތާނަށް ނުކުޅެވޭނެ އެވެ. އެއީ އެ ގައުމު މި ވަގުތު އޮތީ ފީފާގެ ސަސްޕެންޝަނެއްގައި ކަމަށްވާތީ އެވެ. ބޫޓާނުން މީގެ ކުރިން މުބާރާތުގައި ނުކުޅެވޭނެކަމަށް އަންގާފައިވީ ނަމަވެސް މުބާރާތް ރާއްޖޭގައި ހޯސްޓްކުރާނަަމަ ބޫޓާން ވެސް ކުޅުމުގެ ފުރުސަތު ބޮޑެެވެ. އެއީ މިދިޔަ އޭޕްރީލް މަހު ބޫޓާންގެ ތިމްޕޫ ސިޓީ، މާލެ އައިސް އޭއެފްސީ ކަޕްގެ ކޮލިފައިން މެޗެއްގައި އީގަލްސްއާ ދެކޮޅަށް ކުޅެފައިވާތީ އެވެ.

ފަސް ގައުމު ކުޅޭނަމަ ސާފްގެ ވިސްނުމަކީ މި ފަހަރުގެ މުބާރާތް ލީގު އުސޫލުން ކުޅުމެވެ. އެކަމަކު، ބޫޓާން ކުޅޭނަމަ މި ފަަހަރުގެ ސާފްގެ މެޗުތައް ކުރިއަށްދާނީ ހަ ގައުމުގެ މެދުގައި ދެ ގްރޫޕަށް ބަހާލައިގެންނެވެ. އެއީ ރާއްޖެ، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ސްރީ ލަންކާ އަދި ބޫޓާންގެ މެދުގަ އެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ދެ ފަހަރު (އިންޑިއާ އާއި ބަންގްލަދޭޝްގައި) ބޭއްވިއިރު، މުބާރާތުގެ ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ސުޒުކީ އެވެ. އެހެންވެ، މުބާރާތަށް ނަން ދެވިފައި އޮތީ ވެސް ސާފް ސުުޒުކީގެ ނަމުންނެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) މީގެ ކުރިން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސާފް އަށް ލޯކަލް އަދި އިންޓަނޭޝަނަލް ވަރަށް ގިނަ ސްޕޮންސަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެކަން ކަމަށް މަސައްކަތް ފެށޭނީ ބިޑް ކާމިޔާބު ކުރެވޭ ހިސާބުން ކަމަށެވެ.

ރާއްޖޭން އެންމެ ފުރަތަަމަ ސާފް ޗެމްޕިއަންކަން 2008 ވަަނަ އަހަރު ހޯދިއިރު، މެޗުތައް ބަލަން ދަނޑަށް ވަންނަން ސަޕޯޓަރުންގެ މެދުގައި ޓިކެޓްގެ ޑިމާންޑް ވަރަށް ބޮޑަށް އުފުލުނެވެ. އެކަމަކު، މި ފަހަރު ރާއްޖޭން މުބާރާތް ހޯސްޓްކުރާއިރު، ކޮވިޑް-19ގެ ސަބަބުން ގިނަ އަދަދެއްގެ ސަޕޯޓަރުން ނުވެއްދޭނެ އެވެ. އަނެއް ކޮޅުން ބާވެ، މަރާމާތުކުރަން ޖެހިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގަލޮޅު ދަނޑުގެ ދެ ފަޅިއެއްގެ ސިޑިބަރި އޮތީ ބަންދުކޮށްފަ އެވެ. އެހެންވެ، އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ވެސް ގިނަ ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox