ކައުންސިލްތަކަށް އެސްޖީން އަންނަ މަހު އައްޔަންކުރަން ފެށޭނެ: ސީއެސްސީ

ކައުންސިލްތަކުގެ އެސްޖީންގެ މަގާމަށް ކުރިމަތިލާފައިވާ މީހުންނަށް އިމްތިހާނު ދެނީ: އަންނަ މަހު އެސްޖީން އައްޔަން ކުރަން ފެށޭނެ ކަމަށް ސީއެސްސީން ބުނޭ-- ފޮޓޯ: ސީއެސްސީ

ކައުންސިލްތަކުގެ އެސްޖީންގެ މަގާމަށް ކުރިމަތިލާފައިވާ މީހުންނަށް އިމްތިހާނު ދެނީ: އަންނަ މަހު އެސްޖީން އައްޔަން ކުރަން ފެށޭނެ ކަމަށް ސީއެސްސީން ބުނޭ-- ފޮޓޯ: ސީއެސްސީ

ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ން އަންނަ މަހު އައްޔަންކުރަން ފަށާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ކުރިން މަސައްކަތް ކުރަމުން އައީ މި މަހުގެ ތެރޭގައި އައްޔަންކުރާށެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ އެކަން ލަސްވީ ކަމަށް ސީއެސްސީން ބުންޏެވެ.

ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަކީ އެ ކައުންސިލެއްގެ އެންމެ އިސް އިދާރީ މުވައްޒަފެވެ. ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން އެ މަގާމަށް މީހުން އައްޔަނުކުރަނީ އެ ކައުންސިލެއްގެ ލަފާގެ މަތިން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިންނެވެ.

ހުރިހާ ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފުރުސަތު ހުޅުވާލުމުން 511 މީހަކު ވަނީ ކުރިމަތިލައިފަ އެވެ. އެއީ ރަށު ކައުންސިލްތަކަށް ކުރިމަތިލި 371 މީހަކާއި އަތޮޅު ކައުންސިލްތަކަށް ކުރިމަތިލި 86 މީހެއްގެ އިތުރުން ސިޓީ ކައުންސިލްތަކަށް ކުރިމަތިލި 54 މީހެކެވެ.

ކައުންސިލްތަކުގެ އެސްޖީންގެ މަގާމަށް ކުރިމަތިލާފައިވާ މީހުންނަށް އިމްތިހާނު ދެނީ: އަންނަ މަހު އެސްޖީން އައްޔަން ކުރަން ފެށޭނެ ކަމަށް ސީއެސްސީން ބުނޭ-- ފޮޓޯ: ސީއެސްސީ
ކައުންސިލްތަކުގެ އެސްޖީންގެ މަގާމަށް ކުރިމަތިލާފައިވާ މީހުންނަށް އިމްތިހާނު ދެނީ: އަންނަ މަހު އެސްޖީން އައްޔަން ކުރަން ފެށޭނެ ކަމަށް ސީއެސްސީން ބުނޭ-- ފޮޓޯ: ސީއެސްސީ

ކައުންސިލްތަކުގެ އެސްޖީންގެ މަގާމަށް ކުރިމަތިލާފައިވާ މީހުންނަށް އިމްތިހާނު ދެނީ: އަންނަ މަހު އެސްޖީން އައްޔަން ކުރަން ފެށޭނެ ކަމަށް ސީއެސްސީން ބުނޭ-- ފޮޓޯ: ސީއެސްސީ

ސީއެސްސީން އިއްޔެ ވަނީ އެސްޖީންގެ މަގާމަށް ޝޯޓް ލިސްޓް ކޮށްފައިވާ މީހުންނަށް އިމްތިހާން ބާއްވައިފަ އެވެ. މި އިމްތިހާނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 272 މީހަކު ބައިވެރިވެފައިވެ އެވެ.

ސީއެސްސީގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު، "އަދަދު" އަށް ވިދާޅުވީ އެސްޖީން އައްޔަން ކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. އެގޮތުން އިންޓަވިއު ކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ އިތުރުން އިވެލުއޭޝަނަށް ފަހު ލިބޭ މާކްސް އާއްމުކޮށް ޝަކުވާއެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު ވެސް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއަށް ފަހު ސީއެސްސީން ނަންތަކެއް ފާސްކޮށް އެ ކައުންސިލަކުން ދެކޭ ގޮތެއް ބެލުމަށް ފޮނުވަން ޖެހެ އެވެ.

"އަދިވެސް ވަގުތު ނަގާނެ ކަންކަން އެބަހުރި މީގެ ތެރޭގައި. އެކަމަކު އަޅުގަނޑުމެން މި ބަލަނީ އަންނަ މަހުގެ ތެރޭގައި އައްޔަން ކުރަން ފެށޭނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.

ބައެއް ކައުންސިލްތަކުގެ އެސްޖީންގެ މަގާމަށް ކުރިމަތި ނުލާވާތީ އެ މަގާމުތަކަށް އަލުން ހުޅުވާލާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 18،170 ރުފިޔާ ލިބެ އެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 21،000 ރުފިޔާ އެވެ. ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މަހަކު 35،500 ރުފިޔާ ލިބޭނެ އެވެ.

ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox