24 ހަފްތާގައި ވިހޭ "އެންމެ ތުއްތު" ކުއްޖާ 13 މަހަށް ފަހު ގެޔަށް

ޔޫ ޒުއާން ހޮސްޕިޓަލުން ދޫކޮށްލީ 13 މަހަށް ފަހު.-- ފޮޓޯ: ނޭޝަނަލް ޔުނިވާސިޓީ ހޮސްޕިޓަލް

ޔޫ ޒުއާން ހޮސްޕިޓަލުން ދޫކޮށްލީ 13 މަހަށް ފަހު.-- ފޮޓޯ: ނޭޝަނަލް ޔުނިވާސިޓީ ހޮސްޕިޓަލް

ދުނިޔޭގައި މިހާތަނަށް ވިހެއި "އެންމެ ތުއްތު" ކުއްޖާގެ ގޮތުގައި ބެލެވިފައިވާ ކްވެކް ޔޫ ޒުއާން އަށް ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި 13 މަސް ވަންދެން ފަރުވާ ކުރުމަށް ފަހު ގެޔަށް ދޫކޮށްލައިފި އެވެ.

ޔޫ ޒުއާން ވިހެއި އިރު ބަރުދަނަކީ އެންމެ 212 ގްރާމެވެ. އެއީ ކުޑަ އާފަލެއްގެ ބަރުދަނެވެ. އޭރު އޭނާގެ ދިގު މިނަކީ 24 ސެންޓިމީޓަރެވެ. ޔޫ ޒުއާން ވިހާފައި ވަނީ އޭނާގެ މަންމަގެ ބަނޑަށް 25 ހަފްތާ ވާން ގާތްވެފައި ވަނިކޮށެވެ.

މީގެ ކުރިން ވިހެއި އިރު "އެންމެ ތުއްތު" ކުއްޖާގެ ރިކޯޑު އޮތީ 245 ގްރާމާ އެކު އެމެރިކާގައި 2018 ވަނަ އަހަރު އުފަންވި އަންހެން ކުއްޖެކެވެ.

ޔޫ ޒުއާންގެ މަންމަ ވިއްސަން ޖެހުނީ އެމެޖެންސީގައި ސިޒޭރިއަން ހަދައިގެންނެވެ. ވިހަން ތާވަލު ކުރި ދުވަހަށް ވުރެ ހަތަރު މަސް ކުރިން ވިއްސަން ޖެހުނީ މަންމަ އާއި ދަރިފުޅަށް ނުރައްކާތެރި ހާލަތެއް ކަމަށްވާ "ޕްރީ އެކްލޭމްޕިސާ" ހުރިކަން އެނގުމުންނެވެ.

މާބަނޑުއިރު ދިމާވާ "ޕްރީ އެކްލޭމްޕްސިއާ" ގައި މަންމަގެ ލޭގެ ޕްރެޝަރު އާދަޔާ ހިލާފަށް މައްޗަށް ގޮސް، މުހިއްމު ގުނަވަންތަކަށް ގެއްލުން ލިބުމުގެ ފުރުސަތު އޮވެ އެވެ.

ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީ ހޮސްޕިޓަލުން ދޫކޮށްލިއިރު، ޔޫ ޒުއާންގެ ބަރުދަނުގައި 6.3 ކިލޯ އެބަ ހުއްޓެވެ. އޭނާއަށް ފަރުވާ ދޭން ފެށިއިރު ހޮސްޕިޓަލުން ބުނީ "ދިރިހުރުމުގެ ފުރުސަތު ކުޑަ" ކަމަށެވެ.

"ވިހެއި އިރު އެކި ސިއްހީ މައްސަލަތައް ދިމާވި ނަމަވެސް، ޔޫ ޒުއާން މި ވަނީ އޭނާ ވަށައިގެންވާ މީހުންނަށް ނަމޫނާއެއްގެ ގޮތުގައި ހިތްވަރާ އެކު ބޮޑުވެ، އާދަޔާ ހިލާފު ކޮވިޑް-19 "ބޭބީއެއްގެ" ލަގަބު ހޯދާފައި،" ހޮސްޕިޓަލުގެ ބަޔާނުގައި ބުންޏެވެ.

ޔޫ ޒުއާން.-- ފޮޓޯ: ކްވެކް އާއިލާ
ޔޫ ޒުއާން.-- ފޮޓޯ: ކްވެކް އާއިލާ

ޔޫ ޒުއާން.-- ފޮޓޯ: ކްވެކް އާއިލާ

ޔޫ ޒުއާން އަށް ތަފާތު އެކި ފަރުވާތައް ކުރިއިރު، އޭނާގެ ހަށިގަނޑުގެ އެކި ގުނަވަންތައް ރަނގަޅަށް އުފެދެން ދެން އެކި މެޝިން ބޭނުން ކުރި އެވެ. ޑޮކްޓަރުން ބުނީ ފަރުވާތަކަށް ފަހު ހާލު މިހާރު ރަނގަޅު ކަމަށާއި ގެޔަށް ދޫކޮށްލަން ނިންމީ އެހެންވެ ކަމަށެވެ.

ޔޫ ޒުއާންގެ ފުއްޕާމޭގެ ބައްޔެއް އަދިވެސް ހުރިއިރު، ނޭވާ ލުމަށް އެހީ ބޭނުންވާނެ އެވެ. ނަމަވެސް އެންޔޫއެޗްގެ ޑޮކްޓަރުން ބުނީ ދުވަސް ވާ ވަރަކަށް އެކަން ވެސް ރަނގަޅުވަމުން ދާނެ ކަމަށެވެ.

ޔޫ ޒުއާންގެ މަންމަ ވޮންގް މެއި ލިންގް ބުނީ ދަރިފުޅު ވިހަން ޖެހުނު ގޮތާއި ވިހެއި އިރު ތުއްތު ކަމުން ބޮޑު ޝޮކެއް ލިބުނު ކަމަށެވެ. އޭނާގެ ފުރަތަމަ ދަރިފުޅަށް މިހާރު ހަތަރު އަހަރު ފުރިފައި ވާއިރު، އެ ކުއްޖާ ވިހެއީ 40 ހަފްތާ ހަމަކުރުމަށް ފަހު އެވެ.

ޔޫ ޒުއާންގެ ހޮސްޕިޓަލްގެ ބިލްތަކަށް ފައިސާ ހަމަޖެއްސީ ކްރައުޑް ފަންޑިން ކެމްޕޭނެއްގެ ދަށުން ހޯދި 270،601 ޑޮލަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox