މެލޭޝިއާގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ލުއިތަކެއް

ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މެލޭޝިއާގެ ޑިސްޓްރިކްޓުތަކުގެ ބޯޑަރު ހުރަސްކޮށް ދަތުރު ކުރެވޭނެ.--

ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މެލޭޝިއާގެ ޑިސްޓްރިކްޓުތަކުގެ ބޯޑަރު ހުރަސްކޮށް ދަތުރު ކުރެވޭނެ.--

ކުއަލަ ލަމްޕޫރް، މެލޭޝިއާ (އޯގަސްޓް 8) - ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ބޮޑެތި ލުއިތަކެއް ދޭން މެލޭޝިއާއިން ނިންމައިފި އެވެ.

އަންނަ އަންގާރަ ދުވަހުން ފެށިގެން އަމަލު ކުރާ އުސޫލުގެ ދަށުން އެތައް މިލިއަން ބަޔަކަށް ޑިސްޓްރިކްޓުތަކުގެ ބޯޑަރު ހުރަސްކޮށް ދަތުރު ކުރުމުގެ މަގުފަހިވާނެ އެވެ. އޭގެ އިތުރުން ބޭރުގައި ކުޅިވަރު ކުޅުމާއި ރެސްޓޯރެންޓުތަކުގައި ކެއުމުގެ ފުރުސަތު ވެސް އަށް ސްޓޭޓެއްގައި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ލިބޭނެ އެވެ.

މި ލުއި ދިނުމަށް ސަރުކާރުން ކަނޑައެޅި އަށް ސްޓޭޓުގައި މުޅި އަބާދީގެ 50 ޕަސެންޓު މީހުން ދިރިއުޅޭ އިރު އެ ތަންތަނުގައި ވެކްސިން ޖެހުން އިތުރުވެ، ކޮވިޑްގެ އާ ކޭސްތައް ވަނީ މަދުވެފަ އެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ލޮކްޑައުން ކުރުމުގެ ސަބަބުން އެތައް ހާސް ވިޔަފާރިއަކަށް ބުރޫ އެރުމުގެ އިތުރުން އާއިލާތަކުގެ މެމްބަރުންނާ ބައްދަލުނުވެ އެތައް ދުވަހެއް ވި އެވެ.

"ގިނަ މީހުން ދަނީ ވެކްސިން ފުރިހަމަ ކުރަމުން... އެއާއެކު އާއްމު ސިއްހީ ނިޒާމަށް އޮތް ބުރަ ކުޑަވެގެން ދާނެ،" ބޮޑު ވަޒީރު މުހްޔިއްދީން ޔާސީން ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

"އިގްތިސާދީ އަދި އިޖުތިމާއީ އެކި ހަރަކާތްތަކަށް އެކި މަރުހަލާތަކުގެ ދަށުން ފުރުސަތު ދެމުން ދާނެ. ރާވައިގެން ވިސްނުންތެރިކަމާ އެކު މި ބަލިމަޑުކަމުން އަރައިގަނެވޭނެ".

ލުއިތަކެއް ދިން ނަމަވެސް ވެރިރަށް ކުއަލަ ލަމްޕޫރް އާއި ސެލަންގޯ ފަދަ ކޮންމެ ދުވަހަކު ވެސް އެތައް ހާސް އާ ކޭސް ފެންނަމުންދާ ސްޓޭޓުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.

ދެކުނު އިރުމަތީ އޭޝިއާގައި އޮންނަ މެލޭޝިއާގެ ވެކްސިން ޕްރޮގްރާމް ފެށީ ވަރަށް ދުވެލި މަޑުކޮށް ނަމަވެސް މިހާރު ކޮންމެ ދުވަހަކު 400،000 އަށް ވުރެ ގިނަ ޑޯޒް ދަނީ ޖަހަމުންނެވެ.

އާބާދީގެ 33 މިލިއަން މީހުންގެ ތެރެއިން 8.25 މިލިއަން މީހުން ވެކްސިން ފުރިހަމަކޮށްފައި ވާއިރު 23.6 މިލިއަން މީހުން ވަނީ އެއް ޑޯޒް ޖަހާފަ އެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ލުއިތަކެއް ދޭން ނިންމިއިރު، މި ވަގުތު މެލޭޝިއާއަށް ދިމާވެފައިވާ ރާޅަކީ މި ބަލިމަޑުކަމުގައި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ރާޅެވެ.

އެގޮތުން ދުވާލަކު 20،000 ކޭސް ފެންނަމުން ދާއިރު، އެތައް ސަތޭކަ ބަޔަކު މަރުވެ އެވެ. އާދީއްތަ ދުވަހު ރިކޯޑު އަދަދަކަށް 360 މީހުން މަރުވި އެވެ. އެއާއެކު މަރުވި މީހުންގެ ޖުމްލަ ވަނީ 10،749 އަށް އަރާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox