90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ރަށްތަކަށް ދާން ޕީސީއާރެއް ބޭނުމެއް ނުވޭ

އއ. މަތިވެރި: ޕީސީއާރާ ނުލައި ދަތުރުކުރެވޭނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރާ ރަށްތަކަށް.

އއ. މަތިވެރި: ޕީސީއާރާ ނުލައި ދަތުރުކުރެވޭނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރާ ރަށްތަކަށް.

ކޮވިޑުން ދިފާއުވާން ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90ޕަސެންޓް މީހުން ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރަށްތަކަށް ޕީސީއާރު ޓެސްޓު ނުހަދައި އަންނަ މަހުގެ އެކަކުން ފެށިގެން ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސެންޓަށް ވުރެން ދަށް ރަށްތަކުން ދަތުރުކުރާއިރު ހަދަން ޖެހޭ ޕީސީއާރަށް ލުޔެއް ދީފައިވާ ކަމަށެވެ. އެކަމަކު އެއީ ވެކްސިން ޖަހާ އުމުރު ފުރައިގެ 12 އަހަރުން މަތީގެ އެންމެން ހިމެނޭ ގޮތުން 90 ޕަސެންޓް މީހުންނަށް ވެކްސިން ފުރިހަމަ ކުރެވެމުންނެވެ.

އެ ރަށެއްގައި ގެސްޓް ހައުސް ހިންގާ ނަމަ އެ ދާއިރާގެ 95 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކުރަން ޖެހެ އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާ ނަމަ ޕީސީއާރު ނުހަދައި 30 އަށް ވުރެން ގިނަ ރަށަށް އަންނަ މަހުގެ އެކަކުން ފެށިގެން ދަތުރުކުރެވިދާނެ އެވެ. އެއީ, އެ ރަށްތަކުން ވެކްސިން އާބާދީގެ 90 ޕަސެންޓް ދެ ޑޯޒު މިހާތަނަށް ވެސް ފުރިހަމަކޮށްފައިވާތީ އެވެ.

ބައެއް ރަށްތަކުގައި ކުޑަކުދިންނަށް ވެކްސިން ޖަހަން ނުފަށަ އެވެ. އެޗްޕީއޭ ބުނާ ޝަރުތު ހަމަވާނީ 12 އަހަރުން ފެށިގެން އެންމެން ވެކްސިން ފުރިހަމަ ކުރުމުންނެވެ.

މީގެ އިތުރުން މިއަދު އިއުލާންކުރި ލުއިތަކުގެ ތެރޭގައި ކެފޭތަކާއި ރެސްޓޯރަންޓްތައް ކޮވިޑުގެ ކުރިއެކޭ އެއްގޮތަށް ހުޅުވާފައި ބަހައްޓާ ގަޑިތަކަށް ހިދުމަތް ދިނުމުގެ ފުރުސަތު ދިނުމާއި ކައިވެނި ޕާޓީތަކާއި ހަފުލާތައް ބޭއްވުމުގެ ހުއްދަ ދިނުން ހިމެނެ އެވެ.

މި ލުއި ދިނުމާ އެކު ވެކްސިން ނުޖަހާ މީހުންނަށް އިތުރަށް ދަތިވާ ގޮތަށް އުސޫލް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ވެކްސިން ނުޖަހާ ދަތުރުކުރާއިރު ކަރަންޓީންވެފައި ނަގާ ރިލީޒް ސާމްޕަލަށް ފައިސާ ދައްކަން ޖެހޭނީ އަމިއްލަ އަށެވެ. މިހާރު އެ ސާމްޕަލް ނަގައިދެނީ ހިލެ އެވެ.

ސަރުކާރުގެ އަމާޒަކީ މި މަސް ނިމެންވާއިރަށް ވެކްސިނަށް ޝަރުތު ހަމަވާ އާބާދީގެ 90 ޕަސެންޓަށް ޖަހައި ނިންމުމެވެ. އެ އަދަދަށް ވެކްސިން ރާއްޖެ އަށް ވަނީ ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox