ރާއްޖެއަށް ވެކްސިންގެ ނަސީބު، އެކަމަކު ސެންޓަރުތައް ހުހަށް!

ވެކްސިން ސެންޓަރެއް ހުހަށް: ސިއްހީ މާހިރުން ގޮވާލަނީ ވީހާވެސް އަވަހަކަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމަށް.

ވެކްސިން ސެންޓަރެއް ހުހަށް: ސިއްހީ މާހިރުން ގޮވާލަނީ ވީހާވެސް އަވަހަކަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމަށް.

ކޮވިޑުގެ ހަތަރު ވަނަ ރާޅާ އެކު ރާއްޖެ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ބަލި ކޮންޓްރޯލުން ނެއްޓި ހޮސްޕިޓަލްގެ އެނދުތައް ފުރި، ކުރު މުއްދަތެއްގެ ތެރޭގައި އެތައް ބަޔަކު މަރުވި އެވެ. ސިއްހީ ހިދުމަތްތެރިން މަދުވެ އެކަށީގެންވާ ފަރުވާ ނުދެވުނު ހާލަތަށް ދިޔަ އެވެ.

މި ހިތްދަތިކަމާ އެކު މުޅި ދިރިއުޅުން ހުއްޓާލައި ކޮވިޑަށް ފިލައި ބަންދުވެގެން ތިބެން ޖެހުމަކީ ވެސް ހިތްދަތި ތަޖުރިބާއެކެވެ. ސްކޫލަށް ނުދެވި، ކުދިންނަށް ނަފްސާނީ އެތައް ގެއްލުމެކެވެ. ވިޔަފާރިތައް ހުއްޓި އެތައް ބައަކަށް ދިރިއުޅުމުގައި ދިމާވި ދަތިތަކުން އަދިވެސް އަރައެއް ނުގަނެވެ އެވެ.

ފަސް ވަނަ ރާޅަކުން އެ ހާލަތު އިޔާދަވެ އަލުން ލޮކްޑައުންއަކަށް ދާން އެކަކު ވެސް ތައްޔާރެއް ނޫނެވެ؛ އެ ހާލަތުން އަރައިގަތުމުގައި އެންމެން ބައިވެރިވުމުގެ ނަސީބު ދިވެހިންނަށް މިހާރު އޮތީ ފަހިވެފަ އެވެ.

އެއީ ކޮވިޑުގެ ހަމައެކަނި ދިފާއު، ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ބަލިން އަރައިގަނެވެން އޮތް ހަމައެކަނި މަގަކީ އާބާދީގެ ބޮޑު ޕަސެންޓެއް ވެކްސިން ފުރިހަމަ ކުރުމެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާ އެކު ސަރުކާރުން ވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ހޯދައިފަ އެވެ. ފެބުރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ފެށި ވެކްސިނޭޝަން ޕްރޮގްރާމް މެދުކަނޑާލަން ޖެހުނީ ވެކްސިންގެ ތާށިކަން ރާއްޖެއަށް ވެސް ކުރިމަތިވެގެންނެވެ.

އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްވެ ކުރެއްވި މަސައްކަތުން ރާއްޖެ އަށް މިހާރު ވަނީ ވެކްސިން ކަށަވަރުކޮށްފަ އެވެ. އެންމެންނަށް ދެ ޑޯޒު ހަމަކުރެވޭވަރަށް ވެކްސިން ރާއްޖެ ގެނެސްފައިވާ ކަމުގެ އުފާވެރިކަން އެމަނިކުފާނު ދެއްވީ ރާއްޖޭގެ 57 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގަ އެވެ.

ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ހޯދައި ހަ ސެންޓަރެއްގައި ވެކްސިން ޖަހަން ފެށިއަސް ތަރުހީބު ކުޑަ އެވެ.

ދުވާލަކު 5،000 މީހުންނަށް ވެކްސިން ޖެހޭނެ ލުއި ގޮތްތަކެއް

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން މިއަދު ވިދާޅުވީ ވެކްސިންގެ ދަތިކަން ރާއްޖެ އަށް ކުރިމަތިވެފައި އޮތުމަށް ފަހު، ގައުމުތަކާ ކުރެވުނު ގިނަ މަޝްވަރާތަކާއި ގިނަ މަސައްކަތްތަކުން ވެކްސިން ލިބުމާ އެކު އަމާޒަކަށް ވީ ފަސް ވަނަ ރާޅަކުން ސަލާމަތްވެ ތިބުން ކަމަށެވެ. އެއީ ވެކްސިން ނުޖަހާ މިހާރު ތިބި ގިނަ މީހުން ދެ ޑޯޒު ފުރިހަމަ ކުރުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

ހަމްދާން ވިދާޅުވި ގޮތުގައި ހަ ސެންޓަރެއްގައި ވެކްސިން ޖެހޭނެ ލުއި އިންތިޒާމްތަކެއް ވަނީ ހަމަޖައްސައިފަ އެވެ. އެޕޮއިންޓްމަންޓް ހައްދަން އުނދަގޫ ނަމަ ވެކްސިން ސެންޓަރުތަކަށް ދިއުމުން ހެލްޕް ޑެސްކްތަކުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

ވެކްސިން ސެންޓަރެއް ހުހަށް: ވީހާވެސް ގިނަ ބަޔަކު އަވަހަށް ވެކްސިން ފުރިހަމަ ކުރުމަކީ ބަލިން އަރައިގަތުމަށް އޮތް ހައްލު.
ވެކްސިން ސެންޓަރެއް ހުހަށް: ވީހާވެސް ގިނަ ބަޔަކު އަވަހަށް ވެކްސިން ފުރިހަމަ ކުރުމަކީ ބަލިން އަރައިގަތުމަށް އޮތް ހައްލު.

ވެކްސިން ސެންޓަރެއް ހުހަށް: ވީހާވެސް ގިނަ ބަޔަކު އަވަހަށް ވެކްސިން ފުރިހަމަ ކުރުމަކީ ބަލިން އަރައިގަތުމަށް އޮތް ހައްލު.

ވެކްސިން ޕްރޮގްރާމް އަލުން ފެށީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސެންޓަރުތަކުން މަދުވެގެން ދުވާލަކު 4،500 މީހުންނަށް ވެކްސިން ޖެހޭ ގޮތަށެވެ. މީހުން އިތުރުވެއްޖެ ނަމަ ދުވާލަކު 5،000 ޑޯޒު ދެވޭ ވަރަށް ވެސް ސެންޓަރުތައް ތައްޔާރުވެފައިވާ ކަމަށް ހަމްދާން ވިދާޅުވި އެވެ.

އެކަމަކު މި އަދަދާ ގާތްކުރާ މިންވަރަށް ވެސް ވެކްސިން ޖަހަން މީހުން ނުދެ އެވެ.

"ކެޕޭސިޓީ ހުއްޓަސް ވެކްސިން ސެންޓަރުތަކުގައި ތަރުހީބު ކުޑަ. މިފަހަރު ވެކްސިން ޖެހުމުގެ އިންތިޒާމްތައް ވެސް ވަރަށް ފަސޭހަކޮށް ފެށީ،" ހަމްދާން ވިދާޅުވި އެވެ.

ވެކްސިން ޖަހަމުން އަންނަނީ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި އާޓް ގެލަރީ އާއި ދަމަނަވެއްޓާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ވިލިމާލެ ޔޫތު ސެންޓަރެވެ. ހެނދުނު ހައަކުން ހަވީރު ހަތަރަކަށް ވެކްސިން ޖަހައިދެ އެވެ.

ރަށްރަށަށް ވެކްސިން ފޮނުވައި މާލޭގައި ވެކްސިން ޖަހަން ފެށީ ކުރިން ކިޔޫތަކަށް އަރައިގެން ވެސް ދެ ޑޯޒު ނުޖެހުނު މީހުންނާއި އެއްވެސް ޑޯޒެއް ފުރިހަމަނުކުރާ މީހުންނަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ވެކްސިން ހިސާބުތައް ދައްކާ ގޮތުގައި، އަތޮޅުތަކުން ހޮނިހިރުދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 92 މީހުންނެވެ. މާލެ އިން 854 މީހުންނެވެ.

ދެ ވަނަ ޑޯޒު އަތޮޅުތަކުން 2،204 މީހުން ޖެހިއިރު މާލެ ސަރަހައްދުގެ އަދަދު އުޅެނީ 1،127 ގަ އެވެ.

ހަމްދާން އެދިވަޑައިގަތީ ކޮވިޑުން އަރައިގަތުމުގައިި ހިއްސާވެ ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށެވެ. އާއިލާ އާއި ރައްޓެހިންނާ އެކު ކުރީގެ ގާތްގުޅުންތަކަށް އެނބުރި ދިއުމަށާއި ވިޔާފާރިތައް ކުރިއަރުވައި އިގްތިސާދީ އަދި އިޖުތިމާއީ ކަންކަމުގެ ދުވެލި ބާރުކުރެވެން އޮތީ ކޮވިޑާ ދެކޮޅަށް ދިފާއުވެތިބެގެން ކަން އޭނާ ހަނދާންކޮށްދެއްވި އެވެ.

ރާއްޖޭގައި ކޮވިޑުގައި 221 މީހުން މިހާތަނަށް މަރުވެފައިވާ އިރު 80 ޕަސެންޓް މީހުން ވެކްސިންގެ އެންމެ ޑޯޒެއް ވެސް ފުރިހަމައެއް ނުކުރެ އެވެ. މި ހިސާބުތަކާއި މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ދިން ލުއިތަކުން ރާއްޖޭގެ ކޮވިޑު ހާލަތު ގޯސްވެ އެންމެންނަށް ކުރިމަތިވި ހިތްދަތި ހާލަތު އިޔާދަވިޔަ ނުދޭން މަސައްކަތް ކުރެވެން އެބައޮތެވެ.

އެއީ ވީހާވެސް އަވަހަކަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox