މެކްސިކޯ ބަލިކޮށް އެމެރިކާ އިން ގޯލްޑް ކަޕް ކާމިޔާބުކޮށްފި

Aug 2, 2021, 4:58 AM
އެމެރިކާ އިން ގޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެމެރިކާ އިން ގޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނެވާޑާ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 2) - އުތުރު އެމެރިކާ (ކޮންކާކަފް)ގެ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ގޯލްޑް ކަޕްގެ ފައިނަލުގައި 1-0 އިން މެކްސިކޯ ބަލިކޮށް އެމެރިކާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިދިޔަ ޖޫން މަހު ހަ ވަނަ ދުވަހު އުތުރު އެމެރިކާގެ ނޭޝަންސް ލީގުގެ ފައިނަލުގައި އެމެރިކާ އިން ވަނީ 3-2 އިން މެކްސިކޯ ބަލިކޮށްފަ އެވެ. އަދި ރޭގެ ފައިނަލުގައި ވެސް އެމެރިކާ އިން ވަނީ 1-0 އިން މެކްސިކޯގެ މައްޗަށް ކުރި ހޯދައިފަ އެވެ. ދެ ފަހަރު ވެސް އެމެރިކާ މޮޅުވީ އިތުރު ވަގުތުގެ ދެ ވަނަ ހާފްގައި ގޯލު ޖަހައިގެންނެވެ.

ނެވާޑާގެ އެލިޖަންޓް ސްޓޭޑިއަމްގައި 60،000 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގައި އެމެރިކާގެ ގޯލު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ ހާފްގެ ވެސް ފަހު ކޮޅުގަ އެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފްގެ ކުޅުން ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް މެޗުގެ 117 ވަނަ މިނިޓްގައި އެމެރިކާ މޮޅުކޮށްދިން ގޯލު ޖެހީ މައިލްސް ރޮބިންސަން އެވެ. ކެލީން އަކޮސްޓާ ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ ރޮބިންސަން ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މިއީ އެމެރިކާ އިން ގޯލްޑް ކަޕް ކާމިޔާބުކުރި ހަތް ވަަނަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ގޯލްޑް ކަޕް ކާމިޔާބުކުރީ 2017 ވަނަ އަހަރު ފައިނަލުގައި ޖެމެއިކާ ބަލިކޮށްފަ އެވެ. އެންމެ ފަހުން މެކްސިކޯ ބަލިކޮށް އެމެރިކާ ގޯލްޑް ކަޕް ތަށި އުފުލާލީ 2007 ވަނަ އަހަރު އެވެ.

މެކްސިކޯ އިން ވަނީ 2019 ވަނަ އަހަރު އެމެރިކާ ބަލިކޮށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެހެންކަމުން ރޭގެ ފައިނަލަކީ އެ މެޗުގެ ރަނގަޅު ބަދަލުހިފުމެކެވެ.

އެމެރިކާ އިން މި ފަހަރުގެ ގޯލްޑް ކަޕް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މި ފަހަރުގެ މުބާރާތުގައި އެމެރިކާ އިން ކުޅުނީ މަޝްހޫރު ކުޅުންތެރިން ނުލަ އެވެ. އޭގެ ތެރޭގައި ކްރިސްޓިއަން ޕުލިސިޗް އާއި ޖިއޯ ރެއިނާ އަދި ސާޖީނިއޯ ޑެސްޓް ފަދަ ކުޅުންތެރިން ހިމެނެ އެވެ.

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox