97 އަހަރަށް ފަހު ފިލިޕީންސަށް އޮލިމްޕިކްސް އިން ފުރަތަމަ ރަން މެޑަލް

Jul 27, 2021, 3:55 AM
ފިލިޕީންސްގެ ވެއިޓްލިފްޓަރު ޑިއާޒް މެޑަލް ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ފިލިޕީންސްގެ ވެއިޓްލިފްޓަރު ޑިއާޒް މެޑަލް ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ (ޖުލައި 27) - އޮލިމްޕިކްސްގައި ވާދަކުރާތާ 97 އަހަރުވީ ފަހުން ފިލިޕީންސަށް މި ގޭމްސް އިން ފުރަތަމަ ފަހަރަށް ރަން މެޑަލް އެއް ލިބިއްޖެ އެވެ.

ފިލިޕީންސަށް މި ތާރީހީ ކާމިޔާބީ ހޯދައިދިނީ ވެއިޓްލިފްޓަރު ހިޑިލީން ޑިއާޒް އެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސް އިން ރިހި މެޑަލް ހާސިލްކުރި ޑިއާޒް އިއްޔެ ރަން މެޑަލް ގެނައީ 55 ކިލޯގެ ކެޓަގަރީންނެވެ.

ފިލިޕީންސަކީ ކޮވިޑް-19ގެ ނުރައްކާ ވަރަށް ބޮޑުވި ގައުމެކެވެ. އެހެންވެ، ޑިއާޒް ޖެހުނީ އޮލިމްޕިކްސް އަށް ފަރިތަކުރަން އަމިއްލަ އާއިލާއާ ދުރުގައި ހުންނާށެވެ. ހަތް މަހެއްހާ ދުވަހު މެލޭޝިއާގައި ޓްރެއިނިން ފުރިހަމަކުރަން ހުންނަން ޖެހުނެވެ.

"މަންމަ އަތުން ކައިގެން ގޭގައި ހުރެ އަރާމް ކޮށްގެން ޓްރެއިނިން ކުރިއަށް ގެންދަން އެންމެ ބޭނުންވީ އެކަމަކު އެކަމެއް ނުވި. އަހަރެން އާއިލާއާ ދުރުގައި ހުރެ އުނދަގޫ ވަގުތެއްގައި ކުރި މަސައްކަތުގެ ނަތީޖާ މިއީ. ގައުމަށް ފުރަތަމަ ރަން މެޑަލް ހޯދައިދެވުމުން އާދަޔާހިލާފު އިހުސާސެއް ކުރެވެނީ،" ޑިއާޒް ބުންޏެވެ.

އިވެންޓް ނިމުމާ އެކު ޑިއާޒް އުފަލުން ރޮނީ.-- ފޮޓޯ: އޭއެފްޕީ

ޑިއާޒްގެ މި ކާމިޔާބީއާ އެކު ފިލިޕީންސް ސަރުކާރުން އޭނާ އަށް 660،000 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭނެ އެވެ. މީގެ އިތުރުން ފިލިޕީންސްގެ ސްޕޯޓްސް ކޮމިޝަންގެ ފަރާތުން ޑިއާޒަށް ގާތްގަނޑަކަށް 500،000 ޑޮލަރު ލިބޭނެ އެވެ.

އަދި ފިލިޕީންސްގެ އެކި މަހުޖަނުން އަންނަނީ މި ތާރީހީ ކާމިޔާބާ ގުޅިގެން އެކި އަދަދުތަކުން ޑިއާޒަށް ފައިސާގެ އިނާމް ދެމުންނެވެ. ޑިއާޒަށް ލިބުނު ކާމިޔާބީތަކުގެ ތެރޭގައި ވަނީ ގެޔެއް ވެސް ލިބިފަ އެވެ.

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ތަރުޖަމާން އެ ގައުމުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ މުޅި ފިލިޕީންސް ފަހުރުވެރިކޮށްދިން ޑިއާޒްގެ ޝަރަފްގައި ގިނަ ކަންތައްތަކެއް ސަރުކާރުން ކޮށްދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox