ޔޫކޭގައި ބޭއްވި މޫސުމީ ބަދަލާ ގުޅޭ ބައްދަލުވުމުން މާ ބޮޑު ކުރިއެރުމެއް ނުލިބުނު

މޫސުމީ ބަދަލާ ގުޅޭ ނިންމުންތައް ލަސްވާތީ ބޭއްވި މުޒާހަރާއެއް.-- ފޮޓޯ: އެންޑީ ރެއިން

މޫސުމީ ބަދަލާ ގުޅޭ ނިންމުންތައް ލަސްވާތީ ބޭއްވި މުޒާހަރާއެއް.-- ފޮޓޯ: އެންޑީ ރެއިން

ލަންޑަން، އިނގިރޭސި ވިލާތް (ޖުލައި 27) - ގައުމުތަކުގެ ތިމާވެށި މިނިސްޓަރުންގެ މެދުގައި 18 މަސް ތެރޭ ބޭއްވި ފުރަތަމަ ބައްދަލުވުމުން މާ ބޮޑު ނަތީޖާއެއް ނެރެވިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިނގިރޭސި ވިލާތުގައި ބޭއްވި ބައްދަލުވުމުގެ ބޭނުމަކީ އަންނަ ނޮވެމްބަރު މަހު އޮންނަ ކޮޕް26 ސަމިޓަށް ދިޔުމުގެ ކުރިން މޫސުމީ ބަދަލާ ގުޅޭ މުހިއްމު ކަންކަމުގައި ގައުމުތަކުން އެއްބަސްވުމަކަށް އައުމެވެ.

ކޮޕް26 ގެ ރިޔާސަތު ބެލެހެއްޓުމަށް ހަމަޖެހިފައިވާ އިނގިރޭސި ތިމާވެށި މިނިސްޓަރު އަލޮކް ޝަރުމާ ވިދާޅުވީ އެ ބައްދަލުވުމުގައި ގައުމުތަކުން މުހިއްމު މަޝްވަރާތަކެއް ކުރި ނަމަވެސް އެއް ގަލަކަށް އެރިފައި ނުވާ ކަމަށެވެ.

އެގޮތުން އެއްބަސްނުވެވުނު އެންމެ މުހިއްމު ކަމަަކީ ހަކަތަ އުފެއްދުމަށް ކޯލް ބޭނުން ކުރުން ހުއްޓާލާނެ ގޮތަކާ މެދު އެވެ. ޝަރުމާ ވިދާޅުވީ ކޯލް އަންދަމުން ދިޔުމަކީ މޫސުމީ ބަދަލު ކުޑަކުރުމުގެ ޓާގެޓާ ހަމައަށް ދިޔުމަށް އޮތް ހުރަހެއް ކަމަށެވެ.

އިނގިރޭސި ވިލާތުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވުމަށް 51 ގައުމެއްގެ މަންދޫބުން ވަނީ ފާއިތުވި ހަފްތާ ބަންދުގައި ލަންޑަނަށް ޖަމާވެފަ އެވެ.

ކޮޕް26 ސަމިޓު ފެށެން އެންމެ ތިން މަހަށް ވެފައި ވާއިރު، އެ ސަމިޓަށް ދިޔުމުގެ ކުރިން ގައުމުތަކުން ވަކި ގޮތްތަކަކަށް އެއްބަސްވެވޭތޯ ކުރާ މަސައްކަތް މިހާރު ވަނީ އިތުރުކޮށްފަ އެވެ.

ކޮޕް26 ގެ މައިގަނޑު އަމާޒަކީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށް ހުރިހާ ގައުމުތައް އެއް ގަލަކަށް އެރުވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox