ބްރެޒިލްގެ ރިޗާލިސަން އަށް އޮލިމްޕިކްސްގައި ރެކޯޑެއް

Jul 23, 2021, 3:35 AM
ބްރެޒިލްގެ ރިޗާލިސަން އަށް އޮލިމްޕިކްސްގައި ރެކޯޑެއް

ޓޯކިޔޯ، ޖަޕާން (ޖުލައި 23) - އިއްޔެ ފެށި އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުގައި ޖަރުމަނު އަތުން ބްރެޒިލް 4-2 އިން މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް ރިޗާލިސަން ހެޓްރިކެއް ހަދައި ރެކޯޑެއް ގާއިމްކޮށްފި އެވެ.

އިއްޔެ ޖަރުމަނު ކޮޅަށް 30 މިނިޓް ތެރޭ ހެޓްރިކެއް ހެދި ރިޗާލިސަން އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަން އަށް ކުޅޭ ކުޅުންތެރިއެކެވެ. އޭނާ އަކީ ޕްރިމިއާ ލީގުގެ ކްލަބެއްގައި ހުރެ، އޮލިމްޕިކްސްގައި ބައިވެރިވެގެން ހެޓްރިކެއް ހެދި ފުރަތަމަ ކުޅުންތެރިޔާ އެވެ. ރިޗާލިސަން ވަނީ ދާދި ފަހުން އެ ގައުމުގައި ނިމުނު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލްގެ ސީނިއާ ޓީމަށް ވެސް ކުޅެފަ އެވެ. ފައިނަލުގައި އާޖެންޓީނާ އަތުން ބްރެޒިލް ބަލިވި މެޗުގައި ވެސް ރިޗާލިސަން ކުޅުނެވެ.

އުމުރުން 24 އަހަރުގެ ރިޗާލިސަން އަށް ބްރެޒިލުން 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ރަން މެޑަލް ހާސިލްކުރި ޓީމުން ޖާގަ ކެޓީ ފަހު ވަގުތުގަ އެވެ. އެއީ ފިޓްނަސް މައްސަލަތަކެއްގެ ސަބަބުންނެވެ. އޮލިމްޕިކްސްގައި ކުޅެނީ 23 އަހަރުން ދަށުގެ ޓީމު ނަމަވެސް އުމުރުން ދޮށީ ތިން ކުޅުންތެރިއަކު ޓީމު ލިސްޓުގައި ޖެހޭ ގޮތަށް ގަވާއިދުގައި އޮވެ އެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި ބްރެޒިލްގެ ކެޕްޓަންކަން ކުރަނީ އުމުރުން 38 އަހަރުގެ ޑެނީ އަލްވޭސް އެވެ.

ބްރެޒިލުން އަމިއްލަ ފަސްގަނޑުގައި ކުޅެ، 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލުން ޖަރުމަނު ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. އެކަމަކު، އިއްޔެގެ މެޗުގައި ބްރެޒިލުން ވަނީ ޖަރުމަނަށް މާ ބޮޑު ފުރުސަތެއް ނުދީ މެޗުން މޮޅުވެފަ އެވެ.

ރިޗާލިސަންގެ އިތުރުން ދެން ބްރެޒިލްގެ ގޯލު ޖެހީ ބެޔާ ލެވަކޫސަންގެ ފޯވާޑް ޕައުލީނިއޯ އެވެ. ޖަރުމަނުގެ ދެ ގޯލު ޖެހީ ނަދިއެމް އަމީރީ އާއި ރަގްނާ އަކޭ އެވެ.

މި ފަހަރުގެ އޮލިމްޕިކްސް އަށް އެންމެ ވަރުގަދަ ސްކޮޑަކާ އެކު ނުކުތް ސްޕެއިން ވަނީ ކުޅުނު ފުރަތަމަ މެޗުން ލަނޑެއް ނުޖެހި 0-0 އިން މިސްރާ އެއްވަރުވެފަ އެވެ.

ސްޕެއިނަށް މި މެޗުގައި ލަނޑެއް ޖަހައިދޭން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ފުރަތަމަ ހާފުގައި ޑެނީ ސެބާޔޯސް އެވެ. އޭރިއާބޭރު ރޮނގުކައިރިން ސެބާޔޯސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ސްޕެއިނުގެ ފޯވާޑް ރަފާ މީރް ބޮލުން ޖެހި ބޯޅަ މިސްރުގެ ކީޕަރު މުހައްމަދު އަލް ޝެނާވީ ވަނީ މަތަކޮށްފަ އެވެ.

އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުގައި އިއްޔެ ފްރާންސް ވަނީ 4-1 އިން މެކްސިކޯ އަތުން ބަލިވެފަ އެވެ. އަދި އޮސްޓްރޭލިއާ އިން ވަނީ 2-0 އިން އާޖެންޓީނާ ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox