ރާއްޖެ އާއި ލަންކާ އިން ސާފް ހޯސްޓްކުރަން ޝައުގުވެރިވޭ

ރާއްޖެ އާއި ލަންކާ އިން ސާފް ހޯސްޓްކުރަން ޝައުގުވެރިވޭ

މި އަހަރު ބާއްވަން މަސައްކަތް ކުރަމުން އަންނަ ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރުމުގެ ޝައުގުވެރިކަން ރާއްޖެ އާއި ސްރީ ލަންކާ އިން ގެންގުޅޭ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ރާއްޖެ އާއި ލަންކާ ގުޅިގެން ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ވެސް ހޯސްޓްކޮށްފަ އެވެ. އެއީ ރާއްޖޭން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަހަރެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެންމެ ފުރަތަަމަ މިދިޔަ އަހަރު ބާއްވަން ނިންމި މުބާރާތެކެވެ. އެކަމަކު، ކޮވިޑް-19ގެ ނުރައްކާ އިންތިހާ އަށް ބޮޑުވެފައިވާތީ އެ މުބާރާތް މި އަހަރަށް ފަސްކުރަން ނިންމީ އެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މުބާރާތް ބަންގްލަދޭޝްގައި ބާއްވަން ކުރާ މަސައްކަތުގައި އަދި އަލިމަގެއް ނުފެނެ އެވެ.

ސްޕޮންސަރެއް ހަމަނުޖެހުމާއި ބަންގްލަދޭޝްގައި މިހާރު އަނެއްކާ ވެސް ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނާތީ އެ ގައުމުގައި ސާފް ބޭއްވުމުގެ ފުރުސަތު ކުޑަވެފައިވާއިރު، ސެޕްޓެމްބަރު މަހު ސާފް ނުބޭއްވިއްޖެނަމަ މި އަހަރު އެ މުބާރާތް އެ ގައުމުގައި ހޯސްޓްނުކުރެވޭނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކާޒީ ސަލާހުއްދީން ވަނީ ވިދާޅުވެފަ އެވެ.

ނޭޕާލުން ވެސް ސެޕްޓެމްބަރު މަހު ސާފް ބޭއްވުމަށް ބޭނުންވާކަން އިއުލާނު ކޮށްފައިވާއިރު، ރާއްޖެ އާއި ލަންކާ އިން ވެސް މުބާރާތް ހޯސްޓްކުރަން ޝައުގުވެރިވެ އެވެ.

އެފްއޭއެމްގެ ޖެނެރަަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)، "އަދަދު" އަށް ވިދާޅުވީ ލަންކާއާ އެކު ސާފް ބޭއްވޭތޯ އެ ގައުމާ އެކު ކޮންމެ ވެސް ވަރަކަށް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި އެ ފަދަ ޕްރޮޕޯސަލަކާ މެދު އެ ގައުމުގެ ވެސް އޮތީ ޕޮޒިޓިވް ވިސްނުމެއް ކަމަށެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސާފް ބޭއްވުމުގެ ވިސްނުމައިގެން ކުރިއަށްދިއުމުގައި ސަރުކާރާ މަޝްވަރާ ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމަކަށް އެބަ އާދޭ ރާއްޖެ އާއި ލަންކާއާ ގުޅިގެން ކީއްވެގެންބާއޭ ނުކުރެވެން ވީ. އެހެންވީމަ އަޅުގަނޑަށް ސީދާ އަޅުގަނޑުމެން ބިޑް ކުރާނެއޭ ނުވަތަ ރާއްޖޭގައި ބާއްވަން މަސައްކަތް ފަށާނެއޭ ދެންނެވޭނީ އަޅުގަނޑު ސަރުކާރާ އެކު މަޝްވަރާ ކުރުމަށްފަހު،" ބައްސާމް ވިދާޅުވި އެވެ.

މިދިޔަ ދެ އަހަރު ތެރޭ ރާއްޖޭން ވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރަން ބިޑް ކުރަން ހުޅުވާލި ފުރުސަތުގައި ތިން ފަހަރު ބިޑް ކާމިޔާބުކޮށްފަ އެވެ.

އެންމެ ފުރަތަމަ މިިދިޔަ އަހަރު ރާއްޖޭން އެކަނި ބިޑްކުރިއިރު، މި އަހަރު ފުރަތަމަ ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ. އަދި އަންނަ މަހު މެޗުތައް ހޯސްޓްކުރަން ހުޅުވާލި ފުރުސަތުގައި ރާއްޖޭން ބިޑް ކާމިޔާބުކުރީ ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދުމަށް ފަހު އެވެ. ކޮންމެ ފަހަރަކު ބިޑް ކާމިޔާބު ކުރުމަށް ވެސް އެފްއޭއެމަށް ސަރުކާރުގެ އެހީ ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox