ކިނބިދޫ އީދު ފޯރި؛ "އީދު ކުނބުސް" އަޅައި، ރަހަ ހެޔޮވަރުކޮށްލައިފި!

ކިނބިދޫ އީދު ފޯރި؛ "އީދު ކުނބުސް" އަޅައި، ރަހަ ހެޔޮވަރުކޮށްލައިފި!

"އަޅުގަނޑުގެ އުމުރުން މިހާރު ފަންސާހުން މަތިވެއްޖެ. ހަނދާނެއް ނުހުރޭ އީދަށް ކުނބުސް ނާޅާ ދުވަހެއް. ކާފައިންގެ ޒަމާނުގައި ވެސް ކުނބުސް އަޅާ."

މިއީ ކާބަފައިންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް ތ. ކިނބިދޫގައި އުވި ނުގޮސް އޮތް ރީތި ސަގާފަތެއްގެ ވާހަކަ ރަށު ކައުންސިލުގެ މެންބަރު ހުސައިން ޝިޔާމް ފެއްޓެވި ގޮތެވެ. ކުޑަ އިރުއްސުރެ މިއަދާ ހަމައަށް އޭނާގެ އުފަން ރަށުގައި ބޮޑު އީދަށް މަރުހަބާ ކިޔުމުގެ ފުރަތަމަ ރަސްމު ފެށެނީ ރަށު މީހުންގެ "އީދު ކުނބުސް" ތައްޔާރީތަކާ އެކުގަ އެވެ.

"މިކަމެއް ފެށޭނެ ހައްޖު ދުވަހަށް އެއް ދުވަހަށްވީމަ،" ޝިޔާމް ވިދާޅުވި އެވެ.

Advertisement

ތ ބުރުނީ އީދު ކުނބުސް ކެއްކުން:  ބޮޑުއީދަށް ތިން ދުވަސް އޮންނަ އިރު ކުނބުސް އެޅުމުގެ ތައްޔާރީތައް ފަށާ
ތ ބުރުނީ އީދު ކުނބުސް ކެއްކުން: ބޮޑުއީދަށް ތިން ދުވަސް އޮންނަ އިރު ކުނބުސް އެޅުމުގެ ތައްޔާރީތައް ފަށާ

ތ ބުރުނީ އީދު ކުނބުސް ކެއްކުން: ބޮޑުއީދަށް ތިން ދުވަސް އޮންނަ އިރު ކުނބުސް އެޅުމުގެ ތައްޔާރީތައް ފަށާ

ކޮރޯނާ ވައިރަހުގެ ދިގު ފެންޑެމިކަށް އީދު ފާހަގަކުރުން މެދުކެނޑުނު ގޮތަށް، ހަ ސަތޭކަ އެއްހާ މީހުން ދިރިއުޅޭ ކިނބިދޫ އަށް ވެސް މިދިޔަ ދޮޅު އަހަރު ތެރޭ އީދުގެ އުފާވެރިކަމެއް ނާދެ އެވެ. އެކަމަކު މިފަހަރުގެ އީދު ހާއްސަ އެވެ. ޒަމާންވީ ތާރީހީ ރަސްމަކާ އެކު ކިނބިދޫ އިން ބޮޑު އީދަށް މަރުހަބާ ކިޔައިފި އެވެ.

"މި ފަހަރު އަޅުގަނޑުމެން އީދަށް ބޮޑު ކުނބުސް އެޅިޔަސް އަސްލު އެހެން ފަހަރުތަކަށް ވުރެ ކުޑަކޮށް މި އެޅީ. އެއީ ދެން ހާލަތުގެ ވެސް ގޮތުން. އެކަމަކު ކުނބުސް އަޅާތީ އެތައް ދުވަހެއް ފަހުން ފުރިހަމަ އީދެއްގެ އުފާވެރިކަން ރަށުގައި އެބަ އޮތް،" ޝިޔާމް ވިދާޅުވި އެވެ.

"އާންމުކޮށް ކުނބުސް އަޅައި އުޅެނީ ދެ ބަސްތާ ފުށާއި ދެ ބަސްތާ ހަކުރަށް ވާ ވަރަށް. އެކަމަކު މިފަހަރުގެ ކުނބުސް މި އެޅީ އެއްް ބަސްތާ ފުށާއި އެއް ބަސްތާ ހަކުރަށް ވާ ވަރަށް،"

ބުރިނީގެ ފިރިހެން ވެރިން ކުނބުސް އެޅުމަށް ބޭނުންވާ ގަބުޅި ތައްޔާރުކުރަނީ: ކުނބުސް އެޅުމަށް މިފަހަރު ހަސަތޭކަ ގަބުޅިން ހުނި ގޭނި
ބުރިނީގެ ފިރިހެން ވެރިން ކުނބުސް އެޅުމަށް ބޭނުންވާ ގަބުޅި ތައްޔާރުކުރަނީ: ކުނބުސް އެޅުމަށް މިފަހަރު ހަސަތޭކަ ގަބުޅިން ހުނި ގޭނި

ބުރިނީގެ ފިރިހެން ވެރިން ކުނބުސް އެޅުމަށް ބޭނުންވާ ގަބުޅި ތައްޔާރުކުރަނީ: ކުނބުސް އެޅުމަށް މިފަހަރު ހަސަތޭކަ ގަބުޅިން ހުނި ގޭނި

އީދު ކުނބުސް އެޅުމުގެ ރަސްމިއްޔާތު ކިނބިދޫ އިން ފެށީ މީގެ ތިން ދުވަސް ކުރިންނެވެ. އެންމެ ފުރަތަމަ ދިޔައީ ދިވެހި ހަކުރު ގަންނަން އެ އަތޮޅުގެ ބުރުންޏަށެވެ. އެރަށުން މިފަހަރު ގަނެވުނީ 4500 ރުފިޔާ އަށް ވާ ވަރުގެ ދިޔާ ހަކުރެވެ. ދެން ރަށަށް އައިސް ހަކުރަށް ވާވަރަށް ހަކުރާއި ފުށާއި ގަބުޅި ހުނި ތައްޔާރުކުރި އެވެ.

"ދިޔާ ހަކުރު ލިބޭ ވަރަކަށް ބަލާފަ ދެން ހުރި އެއްޗެހި މި ހަމަކުރަނީ. ހަކުރާއި ފުށް، ވައްތަރަކުން ބަސްތާއެއް ގަތީ އެހެންވެ، މި އެއްޗިއްސަށް ހުނީގެ ގޮތުގައި 600 ގަބުޅި ގޭނީ،" ޝިޔާމް ކިޔައިދެއްވި އެވެ.

ދެން އޮންނާނީ ކުނބުސް އެޅުމެވެ. އެއް ބަސްތާ ފުށުގެ ތެރެއަށް ގަބުޅި ގާނާލައިފައި ގަބުޅި އާއި ބަސްތާ ހަކުރާއި ގަނެފައި ހުރި ދިޔާ ހަކުރު އަޅައި، ރަނގަޅަށް އެއްކޮށްލުމަށްފަހު ބޮޑެތި ތާސްތަކަށް ބަހާލައިގެން ހުނިތައް ކައްކާނީ އެވެ. ރަހަ މީރުކުރަން އަޅާ ރާނބާ ފަތާއި ފޮނިތޮށި ކާފުރުތޮޅި ފަދަ އެއްޗެހި ވެސް އެއްކުރެ އެވެ. މި ކެއްކުމުގައި ރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވެ އެވެ. މުޅި ކިނބިދޫ އެއް މައިދާނަކަށް ޖަމާކޮށްލަ އެވެ.

ކައްކައި ނިމުމުން އެކަމަށް ތައްޔާރުކުރާ ބޮޑު ހަތަރެސްކަން ޓްރޭއަކަށް ތެލިތަކުގައި ކައްކާފައި ހުރި ހުނި އަޅާލުމަށްފަހު އެކީ އެކީ އެކައްޗަކަށް ކުނބުސް އެއްކޮށްލާފައި ޓްރޭގެ ބައްޓަމަށް ހެޔޮވަރުކޮށްލާނީ އެވެ.

ދެން އޮންނާނީ ކުނބުސް ހަރުކުރަން ވަޅު އެންދުމެވެ. ގާތްގަނޑަކަށް ފޫޓެއްގެ ފުންމިނަށް ކުނބުސް ލެވޭ ވަރުގެ ބޮޑު ވަޅުގަނޑެއް ކޮނުމަށްފަހު ބޮނބި އާއި ނާށި ފަދަ އެއްޗެހި ވަޅުގަނޑުގައި އަންދަ އެވެ. ހައެއްކަ ގަޑި އިރު އެގޮތުގައި އެންދުމަށްފަހު ނިމުމުން، ހޫނު އަޅިތަކުގެ މަތީގައި ކެޔޮނިރު ފަތް އަތުރަ އެވެ. އަދި ޓްރޭގައި އެކައްޗަކަށް ބޮޑުކޮށް ދަމާފައި އޮތް ކުނބުސް އަތުރާފައި ހުރި ފަތްތަކުގެ މަތީގައި ބާއްވާލަ އެވެ.

ކުނބުސް ފިހަން އަންދާ އަލިފާންގަނޑު
ކުނބުސް ފިހަން އަންދާ އަލިފާންގަނޑު

ކުނބުސް ފިހަން އަންދާ އަލިފާންގަނޑު

އެގޮތުގައި ހައްޖު ވިލޭރެއިން ފެށިގެން ހައްޖު ދުވަހުގެ ހަވީރު 5:00 އާ ހަމައަށް އެންދި އަލިފާނުގެމަތީގައި ކުނބުސް ބާއްވާނެ އެވެ.

ބޮޑު ދަގަނޑު ޓްރޭ އެއްގައި ކެޔޮނިރު ފަތް އަތުރާފައި އޭގެ މަތީގައި ކުނބުސް އަތުރައިފައި ފިހަން ރެޑީކޮށްފައި
ބޮޑު ދަގަނޑު ޓްރޭ އެއްގައި ކެޔޮނިރު ފަތް އަތުރާފައި އޭގެ މަތީގައި ކުނބުސް އަތުރައިފައި ފިހަން ރެޑީކޮށްފައި

ބޮޑު ދަގަނޑު ޓްރޭ އެއްގައި ކެޔޮނިރު ފަތް އަތުރާފައި އޭގެ މަތީގައި ކުނބުސް އަތުރައި ފިހަން ރެޑީކޮށްފައި

ހައްޖު ދުވަހުގެ ހަވީރު އޮންނާނީ ކުނބުސް ނެގުމުގެ ރަސްމިއްޔާތެވެ. ނަގައި ބޮޑު އައްޓެއްގައި ކުނބުސް ބާއްވާލުމަށްފަހު ކޮންމެ ގެއަކަށް އެތިކޮޅެއް ވާ ގޮތަށް ކުނބުސް ބަހައި ތަށިތަކުގައި އީދު ދުވަހު ކެއުމަށް ގޭގެއަށް ބަހާނެ އެވެ.

އެއް ރޭ އެއް ދުވާލަށް އެންދި އަލިފާނުގެ ހޫނު މަތީގައި ކުނބުސް ފިހެލާފައި ނަގާފައި
އެއް ރޭ އެއް ދުވާލަށް އެންދި އަލިފާނުގެ ހޫނު މަތީގައި ކުނބުސް ފިހެލާފައި ނަގާފައި

އެއް ރޭ އެއް ދުވާލަށް އެންދި އަލިފާނުގެ ހޫނު މަތީގައި ކުނބުސް ފިހެލާފައި ނަގާފައި

"ރޭގަ އަޅުގަނޑުމެން ބަހަން ފެއްޓީ. ހުރިހާ ގެއަކަށް އަދި ބަހައި ނުނިމޭ. އެކަމަކު މިއަދު އެކަން ނިމޭނެ. އީދު ކުޅިވަރު ކުޅޭ ތަންތަނުގައި ވެސް ތަށިތަކަށް އަޅާފައި ވެސް ކުނބުސް ބަހައްޓާނެ އާންމުކޮށް،"

ގޭގެއަށް ކުނބުސް ބެހުމަށް ޕާރުސަލް ތަށި ތަކަށް އަޅައި ރެޑީކޮށްފައި
ގޭގެއަށް ކުނބުސް ބެހުމަށް ޕާރުސަލް ތަށި ތަކަށް އަޅައި ރެޑީކޮށްފައި

ގޭގެއަށް ކުނބުސް ބެހުމަށް ޕާރުސަލް ތަށި ތަކަށް އަޅައި ރެޑީކޮށްފައި

ކިނބިދޫގައި މިފަހަރު ވެސް ކޮރޯނާގެ ކުރިން އީދު ފާހަގަކުރި ގޮތަށް އީދު ފާހަގަކުރުމެއް ނެތެވެ. އެކަމަކު ކޮންމެވެސް ވަރަކަށް އީދުގެ އުފާ އެރަށުގެ ރައްޔިތުން މިފަހަރު ހޯދާނެ އެވެ. ކުރިއަށްވުރެ ބޮޑުތަން ކުލަ ފަނޑުކޮށެވެ. އެކަމަކު ދޮޅު އަހަރު ފަހުން ރަށަށް އީދު އައުމުން އެންމެން ތިބީ އުފަލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

Newsletter

Get the latest news delivered straight to your inbox