ކިނބިދޫ ބިން ހިއްކުން ހުއްޓިފައި، ފެށޭނެ ދުވަހެއް ނޭނގޭ!

ތ. ކިނބިދޫ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްޓަކައި ވެލި ބެޑް ޖަހާފައި. -- ފޮޓޯ: އަހުމަދު ރަޝީދު (ދޮންކޮޅު)

ތ. ކިނބިދޫ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްޓަކައި ވެލި ބެޑް ޖަހާފައި. -- ފޮޓޯ: އަހުމަދު ރަޝީދު (ދޮންކޮޅު)

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ފެށި ތ. ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓިފައި އޮންނަތާ އެތައް މަހެއް ވެއްޖެ އެވެ.

މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އެ މަޝްރޫއު ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ އެމްޓީސީސީއާ ހަވާލުކުރީ ރިޔާސީ އިންތިހާބާ ދިމާކޮށް އޯގަސްޓު 2023 ގައި، އޭރު ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރުންނެވެ.

އެ މަޝްރޫއުގައި ހިމެނެނީ ކިނބިދޫ އިރުމަތީ ފަރާތުން 25 ހެކްޓަރުގެ ބިން ހިއްކުމެވެ. އެ މަސައްކަތް ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް 148 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް، އަމަލީ މަސައްކަތް ފެށީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް މި އަހަރުގެ އޭޕްރީލް 18 ގަ އެވެ.

Advertisement

ވޭތުވެދިޔަ ތިން މަސް ދުވަހު ހަމައެކަނި ކޮށްފައިވާ މަސައްކަތަކީ ބިން ހިއްކަން ވެލި ބެޑް ޖެހުމެވެ. އެ މަސައްކަތަށް ކިނބިދޫއަށް ގެންގޮސްފައިވަނީ އެންމެ ހައިމާކެކެވެ.

"މިނިސްޓަރު މުއްތޮލިބު ރަށަށް ވަޑައިގެން، ބޮޑު ރަސްމިއްޔާތެއް ބާއްވާފައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީއޭ ވިދާޅުވިޔަސް މަސައްކަތް ހަގީގަތުގައި ނުފެށޭ. ވެލި ބެޑް ޖެހުން ވެސް ކުރިޔަށް ދިޔައީ ބަރަވެލި ދުވެލީގައި. މިހާރު އެކަން ވެސް އޮތީ ހުއްޓިފައި،" ކިނބިދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ އަބްދުﷲ ޒިޔާދު އަދަދު ނޫހަށް ވިދާޅުވީ ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓިފައި ވަނީ ފައިސާގެ ދަތިކަމާއެކު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭނެ ތަރުތީބެއް އަލުން އެކުލަވާ ލުމަށް ކަމަށެވެ.

ސިއްހީ މަރުކަޒުގެ މަސައްކަތް ވެސް ހުއްޓިފައި

ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ކިނބިދޫ ސިއްހީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ވެސް ހުއްޓިފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވިއިރު، ސިއްހީ މަރުކަޒުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިހާރު ނިމިފައި ވަނީ އަށެއްގެ ޕަސެންޓު މަސައްކަތް ކަމަށް ވާހަކަ ދެއްކި މީހުން ބުންޏެވެ.

"އެ މަސައްކަތް ވެސް ވަނީ ހުއްޓާލާފައި. ފެށޭނެ ދުވަހެއް ވެސް ނޭނގޭ،" ވާހަކަ ދެއްކި އެކަކު ބުންޏެވެ.

މި މަސައްކަތްތަކާ ގުޅޭ ގޮތުން ރަށު ކައުންސިލުން ރަސްމީކޮށް ބަހެއް ނުބުނެ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox