އެމްޑީޕީއަށް ގެއްލުންވާ ކަމެއް ދެ ރައީސުން ވެސް ނުކުރައްވާނެކަމުގެ ޔަގީންކަން

އެމްޑީޕީން ބޭއްވި ހަރަކާތަކަށް ރައީސް ސޯލިހު ވަޑައިގެންނެވުމުން ރައީސް ނަޝީދު މަރުހަބާ ކިޔުއްވަނީ. -ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީން ބޭއްވި ހަރަކާތަކަށް ރައީސް ސޯލިހު ވަޑައިގެންނެވުމުން ރައީސް ނަޝީދު މަރުހަބާ ކިޔުއްވަނީ. -ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ގޮތުން ހިޔާލުތަފާތުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި މަސައްކަތް ނުކުރެވޭ ހިސާބަށް ގުޅުން ގޯސްވެފައިވީ ނަމަވެސް، އެމްޑީޕީއަށް ގެއްލުމެއް ލިބޭ ކަމެއް ދެ ރައީސުން ވެސް ނުކުރައްވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ނަޝީދާއި ރައީސް ސޯލިހާ ދެމެދު ސިޔާސީ ހިޔާލުތަފާތުވުން ބޮޑުވެފައިވާ ތަން ފެންނަން ފެށީ، ބަރުލަމާނީ ނިޒާމުގެ ވާހަކަތަކުންނެވެ. ނަޝީދު ވަނީ އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެންފަ އެވެ. އެކަމަކު ނިޒާމް ބަދަލުކުރުމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ތަކުރާރުކޮށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

އަދި އޭގެ ފަހުން، ރައީސް ސޯލިހްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ނަމަވެސް، އެމަނިކުފާނާ އެކު ސިޔާސީ ގޮތުން ދެން ހުންނެވެން ނެތް ކަމަށް ނަޝީދު ވަނީ ފާޅުގައި ވިދާޅުވެފަ އެވެ.

އަދި ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއަށްފަހު، އިސްލާމް ދީނާ ގުޅުވައިގެން ނަފްރަތު އުފައްދަން ހުއްޓުވަން ސަރުކާރުން ހުށަހެޅި ބިލާމެދު ފާޑުކިޔުންތައް ބޮޑުވުމުން އެ ބިލު ފާސްކުރަން ސަރުކާރުން ފަހަތު ފަޔަށް ބުރަވި މައްސަލައިގައި ވެސް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ނުރުހުންފާޅު ކުރައްވައިފަ އެވެ.

އޭގެ އިތުރުން، ވެރިކަމުގެ ނިޒާމު، ބަދަލުކުރަން އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންއާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވެސް ނަޝީދު ވަނީ މި ފަހުން އިއުލާނު ކުރައްވައިފަ އެވެ.

ދެ ރައީސުންގެ ކޯޅުމުގެ އަސަރު އެމްޑީޕީގެ ތެރެއިން ވެސް މިހާރު ފެންނަމުންދާއިރު، އެކަމުގައި ޕާޓީގެ ކަމާބެހޭ ގުނަންތަކުން ވަކި ގޮތެއް ނިންމަން ނުޖެހޭތޯ "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް ނޫޅޭ ކަމަށެވެ.

ނަމަވެސް، ބައެއް ކަންކަމުގައި ހިޔާލުތަފާތުވުންތަކެއް އުޅޭކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަން ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި މަޝްވަރާކުރެވި ހައްލު ހޯދަންޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ހިޔާލުތަފާތުވުންތައް އުޅޭ ކަންކަން. އެކަންކަން ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެވި ހައްލުތަކެއް ހޯދަންޖެހޭ. އަދި އެކަން އެމްޑީޕީގެ އާންމު މެމްބަރުންނާ ހިއްސާ ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއި އެކަމަށް އިދިކޮޅާ އެކު މަސައްކަތް ކުރުން ފަދަ ވާހަކަތަކެއް އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދު ފާޅުގައި ދައްކަވާއިރު، އެކަމުގައި ޕާޓީން ވަކި ގޮތްތަކެއް ނިންމުމާމެދު ކުރި ސުވާލަށް ހަސަން ސީދާ ޖަވާބެއް ނުދެއްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ ގޮތުން ޕާޓީގެ ކުރި މަގު ކަނޑައަޅާނީ ޕާޓީގެ ރައީސެވެ. އަދި އެކަމުގައި ޕާޓީގެ ގުނަންތަކުން ކަމެއް ނިންމަންޖެހޭނަމަ އެކަން ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ނަމަވެސް، އެމްޑީޕީގެ ރައީސް އާއި ޕާޓީގެ އެންމެ އިސް މަގާމުގައި މިވަގުތު ހުންނެވި ރައީސް ސޯލިހާ ދެމެދު ހިޔާލުތަފާތުވިޔަސް، ދެ ބޭފުޅުން ވެސް ޕާޓީއަށް ގެއްލުމެއް ލިބޭ ފަދަ ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox