ޖަޕާނުން ވެކްސިން ހަދިޔާ ކުރާ 10 ގައުމުގެ ލިސްޓުގައި ރާއްޖެ

ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވި ރަސްމިއްޔާތުގެ ތެރެއިން: ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރުމަށް ނިންމި ނިންމުމަކީ ރާއްޖެއާއި ޖަޕާނާއި ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ ހެއްކެއްކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވޭ-- ފޮޓޯ: ރައިސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވި ރަސްމިއްޔާތުގެ ތެރެއިން: ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރުމަށް ނިންމި ނިންމުމަކީ ރާއްޖެއާއި ޖަޕާނާއި ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ ހެއްކެއްކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވޭ-- ފޮޓޯ: ރައިސް އޮފީސް

ޖަޕާނު ސަރުކާރުން ވެކްސިން ހަދިޔާކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.

ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާ އިން ހަދިޔާކުރީ 200،000 ޑޯޒުންނެވެ. ގިނަ ބަޔަކު ކޮވީޝީލްޑްގެ ފުރަތަމަ ޑޯޒު ޖަހައި، ދެވަނަ ޑޯޒުގެ އިންތިޒާރުގައި ތިއްބައި ވެކްސިން ނެތިގެން ދެވަނަ ޑޯޒު ޖެހުން މެދުކަނޑާލި އެވެ. އޭރު ގިނަ ބަޔަކު ފުރަތަމަ ޑޯޒު ޖެހިތާ އަށް ހަފުތާ އޮތީ ވެފަ އެވެ.

ނަމަވެސް އަމިއްލަ ފަރާތަކުން ދިން ކޮވިޝީލްޑްގެ އާ ޝިޕްމެންޓަކާއެކު އަނެއްކާވެސް ވަނީ ވެކްސިން ޕްރޮގްރާމް ފަށައިފަ އެވެ.

Advertisement

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ޖަޕާނުން ކޮވެކްސް ފެސިލިޓީއަށް ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒް ދޭން ހަމަޖެހިފައިވާ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

ނަމަވެސް ޖަޕާނުން ރާއްޖެއަށް ހަދިޔާކުރަނީ ކިހާ އަދަދެއްގެ ވެކްސިނެއްކަމެއް އަދި އެއީ ކޮން ބާވަތެއްގެ ވެކްސިނެއްކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ޖަޕާނުގައި އާންމުކޮށް ބޭނުންކުރަނީ ފައިޒާ، މޮޑާނާ އަދި އެސްޓްރާޒެނެކާ ވެކްސިނެވެ.

ރާއްޖޭގައި ވެސް އެ ތިން ވެކްސިން ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ.

އަދި މިކަމަކީ ރާއްޖެއާއި ޖަޕާނާއި ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ ހެއްކެއްކަމަށް ޝާހިދު ވިދާޅުވި އެވެ.

ޖަޕާނުން ވެކްސިން ލިބޭނެ ކަމަށް ބުނެފައިވާއިރު، މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 318،756 މީހުންނެވެ. އޭގެތެރެއިން 235،615 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.

އާދިއްތަ ދުވަހުގެ ނިޔަލަށް ޖުމްލަ 7513 މީހަކަށް ވަނީ ކޮވިޑް ވެކްސިން ޖަހާފަ އެވެ. އޭގެ ތެރެއިން 306 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް ޖަހާފަ އެވެ. އެއީ މާލެ ސަަހައްދުން 240 މިހަކާއި އަތޮޅުތެރެއިން 66 މީހެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox