ލަންކާ ހުޅުވާލިޔަސް ޑިމާންޑެއް ނެތް، އީދު މިފަހަރު އޮތީ ދުބާއީ، ތުރުކީ ގައި

ފޮށިތަކެއް ހިފައިގެން ދެ މީހަކު ސައިކަލެއްގައި ދަނީ: އީދު ބަންދާއި ސްކޫލް ޗުއްޓީއާ ދިމާކޮށް ލުއިތައް ދިނުމުން ގިނަ ބަޔަކު ދަނީ މާލޭން ބޭރަށް ދަތުރުކުރަމުން -- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

ފޮށިތަކެއް ހިފައިގެން ދެ މީހަކު ސައިކަލެއްގައި ދަނީ: އީދު ބަންދާއި ސްކޫލް ޗުއްޓީއާ ދިމާކޮށް ލުއިތައް ދިނުމުން ގިނަ ބަޔަކު ދަނީ މާލޭން ބޭރަށް ދަތުރުކުރަމުން -- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

ކޮވިޑާ ގުޅިގެން އަވަށްޓެރި ސްރީލަންކާގައި އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ދުވަސްތަކަކަށްފަހު ލުއިތައް ދީފައިވީ ނަމަވެސް، ދިވެހިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަށް ކުރިއަށް މިއޮތް އީދު ބަންދަށް މާބޮޑު ޑިމާންޑެއް ނެތެވެ.

ލަންކާ އިން ދިން ލުއިތަކުގެ ތެރޭގައި ވެކްސިން ފުރިހަަމަކޮށް 14 ދުވަސް ވެފައިވާ މީހުން ކަރަންޓީނުވާންޖެހޭ މުއްދަތު ވަނީ އެންމެ ދުވަހަކަށް މަދުކޮށްފަ އެވެ.

ނަމަވެސް، ލަންކާގެ ގައުމީ އެއާލައިންގެ ރާއްޖޭގެ އޭޖެންޓު އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ކުރިއަށް އޮތް އީދު ބަންދުގައި ލަންކާއަށް ދާން ދިވެހިންގެ ޑިމާންޑު ވަރަށް ކުޑަ ކަމަށެވެ.

އެގޮތުން، ކޮންމެ ދުވަހަކު ސްރީލަންކަންގެ ފްލައިޓެއް އޮޕަރޭޓް ކުރަމުންދިޔަ ނަމަވެސް، ދަތުރުކުރާ މީހުންގެ އަދަދު މަދު ކަމުން ކުރިން ގާތްގަނޑަކަށް 200 ޑޮލަރަށް ހުރި ލަންކާއަށް ދެކޮޅު ޓިކެޓެއްގެ އަގު މިހާރު 650 އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށެވެ.

"ފްލައިޓެއް އޮޕަރޭޓުކުރަން ބޮޑެތި ހަރަދުތައް ހިނގާއިރު، މިކޮޅުން އެބަދޭ އެންމެ ނުވަ މީހުން. ގިނަވެގެން ވެސް މިއުޅެނީ 20-25 ވަރަކަށް މީހުން،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ވަގުތު ލަންކާއަށް ދަނީ، ގިނަ ދުވަހު އާއިލާ ކައިރިއަށް ނުދެވި ތިބި މީހުންނާއި، ވިސާ ޖެއްސުން ފަދަ ކަންކަމުގައި ދާ މީހުން ކަމަށެވެ.

"ލަންކާއަށް އިމްޕޯޓުގެ ތާއްޓެއްވެސް އުޅޭތީ ޝޮޕިން ކަހަލަ ކަމެއް ވެސް ނެތް އެކޮޅުގަ މާބޮޑަކަށް. ދެން [ޑިމާންޑް] ރަނގަޅުވާން ދުވަސްކޮޅެއް ނަގާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" އިތުރަށް ވިދާޅުވި އެވެ.

ކޮވިޑުގެ ހަތަރު ރާޅުން އަރައިގަނެ، ރާއްޖޭގައި ވެސް ކޭސްތަކުގެ އަދަދު ދަށްވާން ފެށުމާއެކު ގިނަ ލުއިތަކެއް ދީފައިވަނީ ސްކޫލުގެ ރަސްމީ ބަންދާއި އީދު ބަންދާ ވެސް ދިމާކޮށެވެ.

އީދު ބަންދާއި މިނިވަން ދުވަހާ ދިމާކޮށް އަންނަ ހުކުރުން ދުވަހުން ފެށިގެން 12 ދުވަސް ސަރުކާރު ބަންދު ކުރަން ވަނީ ނިންމައިފަ އެވެ.

ލަންކާއަށް ޑިމާންޑެއް ނެތަސް، މިފަހަރުގެ އީދު ބަންދަށް ރާއްޖޭން ބޭރަށްދާ ދިވެހިންގެ އަމާޒު ބޮޑަށް ހުރީ ތުރުކީގެ އިތުރުން ދުބާއީ އަށް ކަމަށް ފިރާގު ވިދާޅުވި އެވެ.

"މިފަހަރު އެންމެ ބާރު ބޮޑުކޮށް އުޅެނީ ތުރުކީ އާއި ދުބާއީ. ދުބާއީ މަގުން ވެސް ތުރުކީއަށް އެބަދޭ ވަރަށް ގިނަ މީހުން. މިހާރު ވެސް މިކޮޅުން ގާތްގަނޑަކަށް 90 ޕަސަންޓް ފުލްކޮށް އެބަދޭ އެތަންތަނަށް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭން ބޭރަށް ދާ ދިވެހިންގެ އިތުރުން، ކުރިއަށް އޮތް ބޮޑު ޗުއްޓީއާ ދިމާކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ދަތުރު ކުރާ މީހުންގެ އަދަދު ބޮޑުތަން އިތުރުވެ ޓިކެޓްތަކުގެ ބާރު ވަނީ ބޮޑުވެފަ އެވެ.

އެއާއެކު މާލޭން އަތޮޅު ތެރެއަށް ދަތުރު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ޗުއްޓީ އަށް ތަންތަނަށް ދަތުރުކުރާއިރު އަދި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

އެގޮތުން، ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅާ، ތިމާއާއި އެއްކޮށް ދިރިއުޅޭ މީހުން ފިޔަވައި އެހެންމީހުންނާ މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ހިދުމަތްތައް ހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކު އެޅުމަށް ވެސް ހަނދާކޮށްދީފައި ވެ އެވެ.

އޭގެ އިތުރުން، އެޗްޕީއޭއިން ބުނީ އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ހަރަކާތްތައް އިހުތިޔާރުކުރުމާއެކު، އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ހަރަކާތްތަކާއި ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ކަރަންޓީނުގައި ތިބެންޖެހޭ ފަރާތްތަކުން ކަރަންޓީނު އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމުގެ އިތުރުން، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ފްލޫ ކްލިނިކަށް ދައްކާ ޓެސްޓުކުރަން ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox