ބިލިއަނަރު ބްރެންސަން ޖައްވަށް ހިނގައްޖެ

އިނގިރޭސި ބިލިއަނަރު ރިޗަޑް ބްރެންސަން.-- ފޮޓޯ: އޭއެފްޕީ

އިނގިރޭސި ބިލިއަނަރު ރިޗަޑް ބްރެންސަން.-- ފޮޓޯ: އޭއެފްޕީ

ވާޖިން ގެލެކްޓިކްގެ ހާއްސަ އުޅަނދެއްގައި އިނގިރޭސި ބިލިއަނަރު ރިޗަޑް ބްރެންސަން ޖައްވަށް ހިނގައްޖެ އެވެ.

ބްރެންސަން އާއި ކްރޫ މެމްބަރުން ގޮވައިގެން ނިއު މެކްސިކޯގެ ސްޕޭސް ޕޯޓުން ދަތުރު ފެށީ އެ ތަނުގެ ގަޑިން އާދީއްތަ ދުވަހު ހެނދުނު 08:40 ގަ އެވެ.

އެ ދަތުރުގައި 50،000 ފޫޓު މައްޗަށް ވާޖިން ގެލެކްޓިކްގެ އުޅަނދު އެރި އެވެ. އެއަށްފަހު އެ "މަދާޝިޕުން" ވައްޓާލީ ރޮކެޓުން ބާރު ދީފައިވާ ޖައްވީ އުޅަނދެކެވެ.

އެ އުޅަނދަށް ދީފައިވާ ނަމަކީ "ވީއެސްއެސް ޔުނިޓީ" އެވެ. އެ ހިސާބުން ބްރެންސަން އާއި އިތުރު ތިން ޕަސެންޖަރުން އަދި ދެ ޕައިލެޓުން ދަތުރުގެ ބާކީ ބައި ފުރިހަމަ ކުރީ އެ އުޅަނދު ގަ އެވެ.

ދުނިޔެއަށް ދަމާ ގްރެވިޓީގެ ބާރު ކެނޑޭ ހިސާބަށް ދެވުމާއެކު ޕަސަންޖަރުން ސީޓު ބެލްޓު ނައްޓާލާއި، ކުޑައިރުކޮޅަކަށް އެކަން ތަޖުރިބާ ކުރަން ލިބުނެވެ.

އޭގެ އިތުރުން ޖައްވީ އުޅަނދުގައިވާ 17 ކުޑަ ދޮރުގެ އެހީގައި ދުނިޔެ ވަށްބުރެއް ހެން އޮންނަ މަންޒަރު ބަލާލުމުގެ ފުރުސަތު ވެސް އެ މީހުންނަށް ލިބުނެވެ.

ބްރެންސަން މަސައްކަތް ކުރީ ބިލިއަނަރުންގެ ޖައްވީ ރޭހުން އެއް ވަނަ ހޯދުމަށެވެ. އެގޮތުން އެމޭޒަންގެ ފައުންޑަރު ޖެފް ބެޒޯސް ވެސް މި މަހު ޖައްވަށް ދާނެ ކަމަށް ބުނެފައި ވެ އެވެ.

ނަމަވެސް އޭގެ ކުރިން ބްރެންސަން މިކަން ހާސިލް ކުރުމުން ރޭހުގެ ކުރި އޭނާއަށް ލިބުނީ އެވެ. ބްރެންސަން އާއި ބެޒޯސްގެ އިތުރުން ބިލިއަނަރު އިލޯން މަސްކް ވެސް އަންނަނީ ޖައްވަށް ދާން ތައްޔާރުވަމުންނެވެ.

އޭނާ އާއި ބްރެންސަން އެކުގައި ހުރި ފޮޓޯއެއް ބްރެންސަން ވަނީ އާއްމުކޮށްފަ އެވެ. މަސްކް ވަނީ ބްރެންސަންގެ ޖައްވީ މިޝަނަށް ތާއީދު ކުރާ ކަމަށް ބުނެފަ އެވެ.

މީގެ ކުރިން 2000 ގެ އަހަރުތަކުގައި ރަޝިއާގެ ރޮކެޓުތަކުގައި ބައެއް ފަތުރުވެރިން ޖައްވަށް ގޮސް، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ބަލާލާފައި ވެ އެވެ.

ބްރެންސަން މަސައްކަތް ކުރަނީ މި ދަތުރުގައި އޭނާއަށް ކުރެވޭ ތަޖުރިބާގެ ބޭނުން ހިފައި، ފަތުރުވެރިން ޖައްވަށް ގެންދާނެ ގޮތުގެ ފުރިހަމަ ވިޔަފާރިއެއް ފެށުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox