މުލީއާގެ ގޮއްވާލާނެ ކަމުގެ އިންޒާރުދިން މީހާއަށް ޓެރަރިޒަމްގެ ތުހުމަތާއެކު 7 ދުވަސް

މުލިއާގެ ކައިރީ މީގެކުރިން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ: އެ ތަނުގައި ބޮމެއް އޮތް ކަމަށް ބުނި މީހާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނޭ-- ފޮޓޯ: އަދަދު

މުލިއާގެ ކައިރީ މީގެކުރިން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ: އެ ތަނުގައި ބޮމެއް އޮތް ކަމަށް ބުނި މީހާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނޭ-- ފޮޓޯ: އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރިޔާސީ ގެކޮޅު ކަމަށްވާ، މުލިއާގެ ކައިރިއަށް ގޮސް ބޮމެއް އޮތް ކަމަށް ބުނެ އިންޒާރުދިން މީހާގެ މައްޗަށް ޓެރަރިޒަމް ތުހުމަތު ކޮށް ހަތް ދުވަސް ޖަހައިފި އެވެ.

މުލިއާގެ ކައިރިން އިއްޔެ ދަބަހަކާއި ރަތްކުލައިގެ ކޮތަޅެއް އަދި ކަރުދާސް ފޮއްޓެއް ހިފައިގެން ދަމުން ދެ މީހަކު ވަނީ މުލިއާގެ ގޮއްވާލާނެ ކަމަށާއި ގެންގުޅުނު ފޮށިގަނޑު ތެރޭ ބޮމެއް އޮތް ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅިގެން މުލިއާގެ ސެކިއުރިޓީން އެ ދެ މީހުން ހިފެހެއްޓި އެވެ. އޭގެފަހުން، ފުލުހުންގެ ހާއްސަ ޓީމެއް އެ ސަރަހައްދަށް ގޮސް އެމީހުން ގެންގުޅުނު ތަކެތި ބެލުމަށްފަހު ހައްޔަރުކޮށްގެން ގެނދިޔަ އެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ވަނީ އިއްޔެ ދޫކޮށްލައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ ބަންދުގައި ހުރީ ބޮން އޮތް ކަމަށް ބުނި މީހާ ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އިއްޔެ ހަތް ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގައި ފުލުހުންގެ ބަންދުގައި ހުރީ މުހައްމަދު ޝިއުނީޒް އިބްރާހީމް، ވ. ރީތިބަހާރު، 28އ އެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމަށް އިންޒާރުދިނުން ނުވަތަ ބިރުދެއްކުމާއި ދޮގު ހަބަރު ދިނުމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުުގެ އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ތަނުގައި ކަން ހިންގާފައި ގޮތް އެނގޭ ތަހުގީގު ބަޔާނާއި ފޮޓޯ ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މީހާ އެ ތަނުގައި ތިބި ސިފައިންނާއި ދިމާލަށް އެއްޗެއް ބުނެވުނު ކަމަށް މުއްދަތުގެ މަޖިލީހުގައި އިއުތިރާފް ވެފައިވާ ކަމަށެވެ.

އެ ހެކިތަކުން ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށާއި އޭނާ ބަންދުގައި ބަހައްޓާފައި ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަަމަށް ވެސް އަމުރުގައިވެ އެވެ.

މިކަން މި ހިނގީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެމަނިކުފާނުގެ ގެކޮޅު ކައިރީގައި ދިން ހަމަލާއަށްފަހު މުލިއާގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައި ވަނިކޮށެވެ. އެ ހަމަލައާ ގުޅިގެން ސަލާމަތީ ހިދުމަތްތަކުގެ އެލާޓް ލެވެލް ވެސް އޮތީ މަތިކޮށްފަ އެވެ.

އެ ހަމަލާއަށް ފަހު ފުލުހުންނާއި ސިފައިން ޓެރަރިޒަމްއާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގައި، މާލެ އާއި ހުޅުމާލެ އަދި އައްޑޫ ސިޓީން މީހުން ހައްޔަރުކުރި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މުލިއާގެ ކައިރިން ބޮމެއް ފެނިގެން ފުލުހުންނާއި ސިފައިން އޮޕަރޭޝަނެއް ހިންގި އެވެ. އެ މައްސަލާގައި ބަޔަކު ހައްޔަރުކޮށް ދައުވާ ވެސް ކުރި އެވެ. ނަމަވެސް، އެ އޮޕަރޭޝަނުގައި ވެސް ފުލުހުންނާއި ސިފައިން އަމަލުކުރި ދޯހަޅި އެތައް ކަމެއް ސުޕްރީމް ކޯޓުން މިފަހުން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox