ޔޫރޯ ފައިނަލް: އިޓަލީ ނޫ ޖާޒީގައި، އިންގްލެންޑް ހުދު ޖާޒީގައި

Jul 11, 2021, 6:29 AM
އިޓަލީ އަދި އިންގްލެންޑް މިރޭ ބޭނުންކުރާނެ ކިޓް. --ފޮޓޯ: އޭއެފްޕީ

އިޓަލީ އަދި އިންގްލެންޑް މިރޭ ބޭނުންކުރާނެ ކިޓް. --ފޮޓޯ: އޭއެފްޕީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ އިޓަލީން ނޫ ޖާޒީގައި ކުޅޭއިރު އިންގްލެންޑް ކުޅޭނީ ހުދު ޖާޒީގައި ކަމަށް ޔުއެފާއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިރޭގެ މެޗު އިންގްލެންޑުގެ ވެރިރަށް ލަންޑަނުގައި ކުޅުނު ނަމަވެސް ހޯމް ޓީމަކީ އިޓަލީ އެވެ. އެއީ ގުރުނެގިއިރު، ފައިނަލުގެ ހޯމް ޓީމަކަށް ވާ ގޮތަށް އޮތީ ފުރަތަމަ ސެމީން މޮޅުވި ޓީމަށް ވާތީ އެވެ.

އެހެންވެ ބޭނުން ކުލައެއް އިހުތިޔާރުކުރުމުގެ ފުރުސަތު ލިބުނީ އިޓަލީ އަށެވެ. އެ ޓީމު ކުޅޭނީ ޖޫ ޖާޒީ މަތިން ލައި ހުދު ސޯޓު އަދި ނޫ އިސްޓާކީނުގަ އެވެ. މިއީ އެ ޓީމުގެ ރަސްމީ ކުލަތަކެވެ. އިޓަލީގެ ގޯލްކީޕަރުން ލާނީ ރީނދޫ ޖާޒީ އެވެ. އެ ކިޓުގައި މި ފަހަރު އިޓަލީ ކުޅުނު ހަމައެކަނި މެޗުން ގްރޫޕް ސްޓޭޖުގައި ވޭލްސް އަތުން 1-0 އިން މޮޅުވީ އެވެ.

އިޓަލީން ގްރޫޕް ސްޓޭޖުގައި ތުރުކީ އަތުން 3-0 އިން އަދި ކުއާޓާ ފައިނަލުން ބެލްޖިއަމް އަތުން 2-1 އިން މޮޅުވިއިރު ލީ ފުލް ހުދު ކިޓެވެ. އަދި ގްރޫޕް ސްޓޭޖުގައި ސްވިޒަލެންޑް އަތުން 3-0 އިން، ދެ ވަނަ ބުރުގައި އޮސްޓްރިއާ އަތުން 2-1 އިން އަދި ސެމީ ފައިނަލުން ސްޕެއިން އަތުން ޕެނަލްޓީ ޖަހައިގެން 4-2 އިން މޮޅުވިއިރު ލީ ފުލް ނޫ ޖާޒީ އެވެ.

އަވޭ ޓީމަށް އިންގްލެންޑްވީ ނަމަވެސް، އިޓަލީގެ ކުލަތަކަކާ އެ ޓީމުގެ ހޯމް ޖާޒީ ކުލައިގެ ގޮތުން ތަފާތުވުމުން އެ ޓީމަށް ވެސް ހޯމް ޖާޒީ ލުބުމުގެ ފުރުސަތު ލިބުނީ އެވެ. އިންގްލެންޑް ލާނީ ހުދު ޖާޒީ އާއި ގަދަ ނޫކުލައިގެ ސޯޓު އަދި ހުދު އިސްޓާކީނެވެ. ގޯލްކީޕަރުން ލާނީ ފެހި ކުލަ އެވެ. އިންގްލެންޑުން ކުއާޓާ ފައިނަލުން ޔޫކްރޭން އަތުން 4-0 އިން އަދި ސެމީ ފައިނަލުން ޑެންމާކް އަތުން 2-1 އިން މޮޅުވީ އެ ކިޓުގަ އެވެ. ކުރީ ހަތަރު މެޗުގައި އިންގްލެންޑް ލީ މުޅިން ހުދެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންގްލެންޑް ބައެއް ސަޕޯޓަރުން ވަނީ އެ ޓީމަށް މިހާތަނަށް ލިބުނު ހަމައެކަނި ތަށި ކަމަށްވާ 1966 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ފައިނަލުގައި ބޭނުންކުރި ރަތްޖާޒީ ބޭނުން ކުރަން ގޮވާލައިފަ އެވެ. އެކަމަކު އިންގްލެންޑުގެ މި އަހަރުގެ ކިޓްބައިގައި ރަތް ނުހިމެނެ އެވެ.

ޒަމާނީ ކިޓްތައް ބޭނުން ކުރި ފަހުން އިޓަލީ ހޯދި ތަށިތަކުގެ ތެރެއިން 1968 ގެ ޔޫރޯ އަދި 1982 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ލީ ނޫ ޖާޒީ، ހުދު ސޯޓް އަދި ނޫ އިސްޓާކީނެވެ. އެ ޓީމު 1970 އާއި 1994 ގެ ވޯލްޑް ކަޕް އަދި 2012 ގެ ޔޫރޯ ފައިނަލުން ބަލިވިއިރު ބޭނުންކުރީ ވެސް އެ ކިޓެވެ. އެކަމަކު 2000 ގެ ޔޫރޯ ފައިނަލުން ބަލިވިއިރު ބޭނުންކުރީ ފުލް ހުދު ކިޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox