ކެރަލާ އިން ޒިކާ ވައިރަސް ފެނިއްޖެ

ޒިކާ ވައިރަސް ފެތުރެނީ މަދިރީގެ ޒަރިއްޔާއިން.--

ޒިކާ ވައިރަސް ފެތުރެނީ މަދިރީގެ ޒަރިއްޔާއިން.--

ނިއު ދިއްލީ، އިންޑިއާ (ޖުލައި 9) - އިންޑިއާގެ ދެކުނު ކެރަލާ ސްޓޭޓުން ޒިކާ ވައިރަހުގެ ކޭސްއެއް ފެނުނުކަން ޔަގީންވުމާއެކު އެ ސްޓޭޓް އެލާޓަށް ގެނެސްފި އެވެ.

ސްޓޭޓް ހެލްތު މިނިސްޓަރު ވީނާ ޖޯޖް އޭއެފްޕީއަށް ވިދާޅުވީ އެއް ކޭސް ޔަގީންވެފައި ވާއިރު، ޝައްކު ކުރެވޭ އިތުރު 13 ކޭސްގެ ތަހުލީލުތައް ކުރަމުންދާ ކަމަށެވެ.

ޔަގީންވެފައިވާ ކޭސްގައި ހިމެނެނީ އުމުރުން 24 އަހަރުގެ މާބަނޑު އަންހެނެކެވެ. މަދިރީގެ ޒަރިއްޔާއިން ފެތުރޭ މި ބަލީގެ ސަބަބުން އޭނާއަށް ދަނީ ޓްރިވެންޑްރަމް ސިޓީ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ.

މި ބަލި އެންމެ ނުރައްކާ ވަނީ މާބަނޑު އަންހެނުންނަށެވެ. އެއީ ބަނޑުގައި އޮންނަ ދަރިފުޅަށް ވައިރަސް ވާސިލްވެ، ތުއްތު ދަރިފުޅަށް އެކި ކަހަލަ ބޮޑެތި މައްސަލަތަކާ ދިމާވާތީ އެވެ.

ޒިކާ ވައިރަސް އާއްމު ގޮތެއްގައި ފެތުރެނީ އީޑީޒް މަދިރި ހެފުމުންނެވެ. ނަމަވެސް މި ވައިރަހަކީ ޖިންސީ ގުޅުމުން ވެސް ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެ އެވެ.

މި ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 1947 ގައި ޔުގެންޑާގެ ޒިކާ ޖަންގަލީގައި އުޅޭ ރާމާމަކުނުތަކެއްގެ ގައިންނެވެ. މި ވައިރަހާ ދެކޮޅަށް އެއްވެސް ވެކްސިނެއް އަދި ބޭހެއް ވެސް ހޯދިފައެއް ނުވެ އެވެ.

ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހަމުގައި ލައްތަކެއް ނެގުމާއި، ލޮލު ރޯގާ ޖެހުމާއި، މަސްތަކާއި ހުޅުތަކުގައި ރިއްސުން ހިމެނެ އެވެ. ނަމަވެސް މި ބަލީގައި މަރުވަނީ މަދު ފަހަރަކު އެވެ.

މީގެ ކުރިން 2017 އަދި 2018 ގައި އިންޑިއާގެ ގުޖަރާތު އަދި ރާޖަސްތާން އަދި މަދްޔަ ޕްރަދޭޝްގައި ވެސް މި ބަލި ފެތުރިފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox